އެމްއޭސީއެލްގެ މުވައްޒަފުންނަށް މެޕްސް ކޮލެޖުގައި ހެޔޮ އަގުގައި ކިޔެވުމުގެ ފުރުސަތު ހޯދާދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
12 ޖެނުއަރީ 2024
އެމްއޭސީއެލްގެ މުވައްޒަފުންނަށް މެޕްސް ކޮލެޖުގައި ހެޔޮ އަގުގައި ކިޔެވުމުގެ ފުރުސަތު ހޯދާދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި މެޕްސް ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ މެޕްސް ކޮލެޖުގެ ވައިސް ރެކްޓަރު - އެޑްމިނިސްޓްރޭޓިވް އެފެއާސް އައިމިނަތު އަބްދުލް ވާހިދެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ އެވެ.
މެޕްސް ކޮލެޖުން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން އެ ކޮލެޖުގައި ހިންގަމުންދާ އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކާއި އެ ކޮލެޖުގައި ހިންގަމުންދާ ޔުނިވާސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމް އާއި ޕްރީމާސްޓަސް ޕްރޮގްރާމް އަދި ޔުނިވާސިޓީ އޮފް ބެޑްފޮޑްޝަޔާގެ މާސްޓާސް ކޯސްތައް ހެޔޮ އަގުތަކެއްގައި ކިޔެވުމުގެ ފުރުސަތު އެއާޕޯޓުގެ މުވައްޒަފުންނަށް ލިބޭނެ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކޮށް ތަމްރީނު ހޯދުމަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށެވެ. އަދި ވަކި އުމުރެއް ބެލުމެއް ނެތި މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ މުވައްޒަފުން ތައުލީމު ހޯދުމަށް ހިތްވަރު ދެއްވި އެވެ.
މި ރަސްމިއްޔާތުގައި މެޕްސް ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ މެޕްސް ކޮލެޖުގެ ވައިސް ރެކްޓަރު އެޑްމިނިސްޓްރޭޓިވް އެފެއާސް އައިމިނަތު އަބްދުލްވާހިދު ވިދާޅުވީ މި ފަދަ އެއްބަސްވުމެއްގެ އަމާޒަކީ ދާއިރާތަކުން ފެންވަރު ރަނގަޅު ހުނަރު ހުރި ކުދިން މުޖްތަމައުއަށް ނެރެ ވަޒީފާގެ މަގާމުތަކުގައި އެ ކުދިންނަށް އިތުރު ކުރިއެރުން ހޯދައިދިނުމަށް އެހީތެރިވެދިނުން ކަމަށެވެ. އަދި އެމްއޭސީއެލްގެ ގިނަ މުވައްޒަފުން މި އެއްބަސްވުމުގެ ބޭނުން ހިފާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
މެޕްސް ކޮލެޖަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮލެޖެވެ. 1999 ވަނަ އަހަރު ހުޅުވި މި ކޮލެޖުން މި އަހަރު ރިހި ޔޫބިލް ފާހަގަކުރަމަށް ދަނީ ތައްޔާރުވަމުންނެވެ.
މި ކޮލެޖުން ދަނީ 2019 ވަނަ އަހަރުން ފެށިގެން އެމްކިއުއޭގެ ހުއްދައާ އެކު ގިނަ އޮންލައިން ކޯސްތަކެއް ވެސް ހިންގަމުންނެވެ.
އާ ޓާމިނަލް ޖުލައި 26ގައި ހުޅުވަން ކައުންޓްޑައުންއެއް
ވީއައިއޭގައި ޓޯބާލެސް ވެހިކަލް ބޭނުންކުރަން ފަށަނީ
އެއާޕޯޓަށް ބާރުބޮޑުވުމުން އަވަހަށް ޗެކިން ވާން އެދެފި
އެމްއޭސީއެލްއަށް ބިލިއަން ރުފިޔާގެ ފައިދާ
އެމްއޭސީއެލަށް ނޫރްއައިން، އެޗްޑީސީއަށް ޝަހީރު
ވީއައިއޭގެ އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވަނީ
އެއާޕޯޓަށް ބާރުބޮޑުވާނެތީ އަވަހަށް ޗެކިން ވާން އެދެފި
ވެލާނާ އެއާޕޯޓަށް 74 ސެކިއުރިޓީ އޮފިސަރުން ހޯދަނީ
އެމްއޭސީއެލްގެ ސްޓާފުން ތިމާވެއްޓަށް އަހުލުވެރި ކުރުވަނީ
ނިޔާމަ ދަތުރެއްގައި އެއާޕޯޓުގެ މި މުވައްޒަފުންގެ ހިއްސާ