Roadha Mihaaru

ބްރިޖުގެ އެއް ފަޅި މާދަމާގެ ވަކި ވަގުތެއްގައި ބަންދުކުރަނީ

ސިނަމާލެ ބްރިޖުގެ އެއް ފަޅި މާދަމާގެ ވަކި ވަގުތެއްގައި އާންމު ދަތުރުފަތުރަށް ބަންދުކުރަން ނިންމައިފި އެވެ.

ބްރިޖުގެ އެއް ފަޅި މާދަމާ ވަކި ވަގުތަކަށް ބަންދުކުރަނީ

ސިނަމާލެ ބްރިޖުގެ އެއް ފަޅި މާދަމާގެ ވަކި ވަގުތެއްގައި އާންމު ދަތުރުފަތުރަށް ބަންދުކުރަން ނިންމައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ "އެއާޕޯޓް އިމަޖެންސީ ޕްލޭން" ޓެސްޓްކުރަން ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް މާދަމާ ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

އެމްއޭސީއެލްއިން ބުނިގޮތުގައި އެ އެކްސަސައިޒް ކުރިއަށް ދާނީ މާދަމާ ހަވީރު 4:00 ން ރޭގަނޑު 9:00 އާ ދެމެދު އެވެ.

އެމްއޭސީއެލްއިން ކުރި ޕޯސްޓް

އެ ވަގުތުތަކުގައި ބްރިޖުގެ އުތުރު ފަޅި އާންމު ދަތުރުފަތުރަށް ބަންދުވާނެ އެވެ. އެ ފަޅި ހާއްސަކޮށްފައިވަނީ ކުއްލި ހާލަތަކަށް ތައްޔާރުވާން ހިންގާ އެމެޖެންސީ އެކްސަސައިޒަށެވެ.

ނަމަވެސް އެވަގުތުތަކުގައި ބްރިޖުގެ ދެކުނު ފަޅިން ދެކޮޅަށް ވެހިކަލް ދުއްވޭނެ އެވެ.