16 އެޕްރީލް 2019
އަންނަ ރޯދަ މަހު ހަވީރު 3:00 އިން ރޭގަނޑު 9:00 އާ ދެމެދު މާލޭގައި އެއްގަމު އުޅަނދުފަހަރުގައި މުދާ ނުއުފުލޭ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސައިފި އެވެ.
އަންނަ ރޯދަ މަހު ހަވީރު 3:00 އިން ރޭގަނޑު 9:00 އާ ދެމެދު މާލޭގައި އެއްގަމު އުޅަނދުފަހަރުގައި މުދާ ނުއުފުލޭ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސައިފި އެވެ.
އެ އޮތޯރިޓީން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި މާލޭގައި މުދާ އުފުލޭނީ ހެނދުނު 9:00 އިން ހަވީރު 3:00 އަށް އަދި ރޭގަނޑު 9:00 އިން ހެނދުނު 6:00 އާ ދެމެދުގެ ވަގުތުތަކުގަ އެވެ.
އެކަމަކު މުދާ އުފުލަން ސިނަމާލެ ބްރިޖް ބޭނުންކުރެވޭ ވަގުތު އެއަށް ވުރެ ވެސް ވަނީ މަދުކޮށްފަ އެވެ. އެގޮތުން ހަވީރު 3:00 އިން ފެށިގެން ދަންވަރު 1:00 އާ ދެމެދު މުދާ އުފުލާ އެއްވެސް އުޅަނދަކަށް ބްރިޖް ބޭނުމެއް ނުކުރެވޭނެ އެވެ. މި ގޮތަށް ހަމަޖެއްސީ، ބެލެވޭ ގޮތުގައި، މާލެ އާއި ހުޅުމާލެއާ ދެމެދު އާންމުން ދަތުރުކުރާ މިންވަރު ރޯދަމަހުގެ އެ ވަގުތުތަކުގައި ގިނަވާނެތީ އެވެ.
- ހެނދުނު 9:00 އިން ހަވީރު 3:00 އަށް އަދި ރޭގަނޑު 9:00 އިން ހެނދުނު 6:00 އާ ހަމައަށް ހުރިހާ ބާވަތެއްގެ މުދާ އުފުލެވޭނެ
- ހެނދުނު 9:00 އިން ހަވީރު 3:00 އާ ހަމައަށް ފެނާއި ގޭސް އުފުލާ ނަމަ ބޭނުންކުރެވޭނީ 350 ކިލޯއަށް ވުރެ ލުއި މުދާ އުފުލަން ހުއްދަކުރާ އުޅަނދު ފަހަރު
- ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އާއި ދަންވަރު 1:00 އިން ހެނދުނު 6:00 އާ ހަމައަށް ސިނަމާލެ ބްރިޖު މަތިން ހުރިހާ ބާވަތެއްގެ މުދާ އުފުލެވޭނެ
- ހަވީރު 3:00 އިން ފެށިގެން ރޭގަނޑު 9:00 އާ ދެމެދު އެއްވެސް ބާވަތެއްގެ މުދާ ވިޔަފާރީގެ އުސުލުން ގަނޑުކޮށް އުފުލުމަކީ މަނާކަމެއް
ރޯދަމަހު 1 ވަނަ ދުވަހުން ފެށިގެން ޝައްވާލް 7 އާ ހަމައަށް އަމަލްކުރަން ކަނޑައެޅި މި އުސޫލުގައި ބުނެފައިވާ ގޮތުގައި ރޯދަމަހު ހެވީ އެއްވެސް ވެހިކަލަކަށް ސިނަމާލެ ބުރިޖެއް ބޭނުމެއް ނުކުރެވޭނެ އެވެ.
ރޯދަމަހު މާލޭ ކޮޅުން ސިނަމާލެ ބްރިޖަށް އެރޭނީ ބޮޑުތަކުރުފާނު މަގުން އެކަންޏެވެ. އެހެންކަމުން ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ގޮސް ބްރިޖަކަށް ނޭރޭނެ އެވެ.
މާލެ ސަރަހައްދުން 281 ވެހިކަލް ނައްތާލައިފި
ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މަޖީދީމަގު ވަންވޭ ކުރަނީ
އަގުބޮޑުކޮށް ދަތުރުކުރާ ޓެކްސީތަކުގެ ހުއްދަ ބާތިލްކުރަނީ
މާލެ-ހުޅުމާލޭގެ ޓެކްސީ ދަތުރެއްގެ އަގު 40ރ.
ބްރިޖުން ވެހިކަލްގައި އެއާޕޯޓަށް ވަދެވޭ ގޮތް ހަދައިފި
ޓެކްސީތަކަށް ރަން ޒަމާން: ދަތުރެއް 150-200ރ
ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް!
ތޮއްޖެހުން ކުޑަކުރަން މަގުތަކުން 108އުޅަނދު ނަގައިފި
ސިނަމާލެ ބްރިޖުން ފީ ނެގުމުގެ ވިސްނުމެއް ނެތް: ނަހުލާ
ޓެކްސީތަކުން ބޮޑު އަގު ނަގާ ނަމަ ޖޫރިމަނާ ކުރަނީ