Roadha Mihaaru
ދަންވަރު 1 ން ހެނދުނު 9 އަށް ބްރިޖު ބަންދު

ދަންވަރު 1 ން ހެނދުނު 9 އަށް ބްރިޖު ބަންދު

14 މެއި 2020

ރާއްޖޭގައި ކޮވިޑް-19ގެ "ސާޖެއް" (ކުއްލި އިތުރު ވުމެއް) އަޔަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިރެއިން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ސިނަމާލެ ބްރިޖު ވަކި ގަޑިތަކެއްގައި ބަންދުކުރަން ފުލުހުން މިއަދު ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގައި ކޮވިޑް-19ގެ "ސާޖެއް" (ކުއްލި އިތުރު ވުމެއް) އަޔަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިރެއިން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ސިނަމާލެ ބްރިޖު ވަކި ގަޑިތަކެއްގައި ބަންދުކުރަން ފުލުހުން މިއަދު ނިންމައިފި އެވެ.

ފުލުހުން ބުނީ ކުރިއަށް އޮތް ދެ ހަފުތާގައި ސިނަމާލެ ބްރިޖު ބެލެހެއްޓުމުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ދަންވަރު 1:00 އިން ހެނދުނު 9:00 އަށް އާންމުންނަށް ބްރިޖު ބޭނުން ކުރުން މަނާ ވާނެ ކަމަށް ފުލުހުން ބުންޏެވެ.

އެ ވަގުތުގައިވެސް އަސާސީ ހިދުމަތް ދިނުމަށް ހަރަކާތްތެރިވާ މީހުންނާއި ދިފާއީ ބާރުތަކުގައި މަސައްކަތް ކުރާ މީހުންނަށް ބްރިޖު ބޭނުން ކުރެވެ އެވެ.

މާލެ ސަރަހައްދު ލޮކްޑައުުން ކޮށްފައިވާތާ މަހަކާ ގާތް ވެފައިވާއިރު މީގެ ކުރިން މިފަދަ ފިޔަވަޅެއް ނާޅަ އެވެ. ލޮކްޑައުންގެ މުއްދަތު ރޭ ވަނީ މި މަހުގެ 28 ގެ ނިޔަލަށް އަނެއްކާވެސް އިތުރުކޮށްފަ އެވެ.

މާލޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި މައްޗަށް ހިނގައިދާނެ ކަމަށް ސިއްހީ މާހިރުން ލަފާކުރައްވަ އެވެ. އެހެންވެ މި ދެ ހަފްތާފައި ފަރުވާތެރިކަމާއި ވިސްނުންްތެރިކަމާ އެކު މަސައްކަތް ކުރަން ސަރުކާރުން ވަނީ އަންގައިފަ އެވެ.

ރާއްޖޭން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 900 އަށް ވުރެ މަތިވެފަ އެވެ. އަދި އެ ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.