Roadha Mihaaru

ލާޒިމް ނޫން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އުޅޭ ނަމަ ހުއްޓުވަނީ!

ގާނޫނާއި ގަވާއިދުތަކުން ލާޒިމް ކޮށްފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ތަންތަނުގައި ހެލްމެޓް އަޅައިގެން އުޅޭ މީހުން ހުއްޓުވާނެ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

ލާޒިމްނޫން ތަންތަނުގައި ހެލްމެޓް އަޅާ މީހުން ހުއްޓުވަނީ

ގާނޫނާއި ގަވާއިދުތަކުން ލާޒިމް ކޮށްފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ތަންތަނުގައި ހެލްމެޓް އަޅައިގެން އުޅޭ މީހުން ހުއްޓުވާނެ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ހެލްމެޓް އެޅުން ލާޒިމް ނޫން އެހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ، ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި، ބަލައި ފާސްކުރާނެ ކަމަށެވެ.

"މިއީ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާން ވެއްޓެއް ގާއިމް ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ،" ފުލުހުންގެ ބަޔާނުގައި ވެ އެވެ.

އެ ފިޔަވަޅު އަޅަން ބުނިގޮތުގައި، ހެލްމެޓް އެޅުން ގާނޫނުތަކުން ލާޒިމް ނޫން ސަރަހައްދުތަކުގައި، ކާކުކަން "ވަންހަނާކޮށް" ކުށްތަކަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭ ކަން މިހާރަކަށް އައިސް ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފަ އެވެ. އެފަދަ މީހުން ވިޔަފާރިކުރާ ތަންތަނާއި އެކިއެކި ހިދުމަތް ދޭ ތަންތަނަށް ވަދެ އުޅޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގަވާއިދުގައިވާ ގޮތުން އުޅަނދު ދުއްވަން އިންނަ މީހާ އާއި އޭނާގެ ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމް ވަނީ 30 ކިލޯ މީޓަރަށް ވުރެ ބާރަށް ސައިކަލް ދުއްވަން ހުއްދަ ކޮށްފައިވާ ސަރަހއްދުތަކުގަ އެވެ. މާލެ ސަރަހަައްދުގައި ނަމަ އެއީ ސިނަމާލެ ބްރިޖާއި ބްރިޖުގެ ހައިވޭ އެވެ.

"އެ ސަރަހައްދުތަކުގައި އުޅަނދު ދުއްވޭ ބާރު މިން އަންގައިދޭ ބޯޑެއް ހަރުކޮށްފައި ހުންނާނެ އެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

މާލޭގައި މި ދުވަސްވަރު މާރާމާރީތައް އިތުރުވެފައިވާއިރު އޭގެ ސަބަބުތައް ފުލުހުން އަދި ނުބުނެ އެވެ.