ޕާޓީއަކަށް ގޮސްފައި ގެއަށް ދިޔަ މަގުމަތީގައި ކުޑަކަމުންދާން މަޑުކުރުމަށް ފަހު، މަގެއްގެ އެއްފަރާތުގައި މީހަކު ކުޑަކަމުދާން ހުއްޓައި އޭނާގެ ބީއެމްޑަބްލިއު ކާރާ އެކު ވަގުންތަކެއް ފިލި މައްސަލައެއް އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ނޮއިޑާ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
18 މާޗް 2020
ޕާޓީއަކަށް ގޮސްފައި ގެއަށް ދިޔަ މަގުމަތީގައި ކުޑަކަމުންދާން މަޑުކުރުމަށް ފަހު، މަގެއްގެ އެއްފަރާތުގައި މީހަކު ކުޑަކަމުދާން ހުއްޓައި އޭނާގެ ބީއެމްޑަބްލިއު ކާރާ އެކު ވަގުންތަކެއް ފިލި މައްސަލައެއް އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ނޮއިޑާ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
މި ހާދިސާއާ ބެހޭ ގޮތުން ސީނިއާ ފުލުސް އޮފިސަރު ހަރީޝް ޗަންދަރު ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓިއައި) އަށް ވިދާޅުވީ ސައިކަލެއްގައި ދިޔަ ވަގުންތަކެއް ކާރާ އެކު ފިލީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. ކާރާ އެކު ވަގުން ފިލި އިރު އެ ދުއްވަން އިނީ ކާރުގެ ވެރިމީހާގެ ޅިޔަނެކެވެ. އޭނާގެ ނަމަކީ ރިޝަބް އަރޯރާ ކަމަށާއި އޭނާ ކާރު ދުއްވީ މަސްތުގެ ހާލަތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރިޝަބްއާ ހަވާލާދީ ހަރީޝް ވިދާޅުވީ މަގުގެ އެއް ފަރާތަށް ކާރު މަޑުކުރުމަށް ފަހު، އޭނާ ފައިބައިގެން ގޮސް ކުޑަކަމުންދާން މަޑުކޮށްލިތަނާ ކޮން ބައެއްކަން ނޭނގޭ ބަޔަކު ސައިކަލެއްގައި ގޮސް މަޑުކުރުމަށް ފަހު، އޭނާގެ ބުރަކަށީގައި ބަޑިޖައްސައި ބިރު ވެސް ދެއްކުމަށް ފަހު ކާރަށް އަރައިގެން ނައްޓާލީ އެވެ. އަދި އެ މީހުން ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ނޮއިޑާ ކަހަލަ ސިޓީއެއްގެ މަގެއްގެ މަތީގައި މިފަދަ ހާދިސާއެއް ހިނގުމަކީ ވަރަށް ސީރިއަސް މައްސަލައެއް،" ހަރީޝް ވިދާޅުވި އެވެ.
ރިޝަބާ ހަވާލާދީ ފުލުހުން ބުނީ ބީއެމްޑަލިއު ކާރާ އެކު ވަގުންތަކެއް ފިލި އިރު، ލޯނެއް ނަގައިގެން ގަތް ކާރަކީ އަދި އަގު ވެސް ދައްކައި ހަލާސްނުކުރެވޭ އެއްޗެކެވެ. އެގޮތުން އަދި ބާކީ 40 ލައްކަ ރުޕީސް ދައްކަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ރިޝަބް ބުނެފައިވާ ގޮތުން ކާރު ވަގަށް ނެގި އިރު އޭނާ ޅިޔަނުގެ އަތުން ކާރު ހޯދައިގެން ދުއްވާތާ ހައެއްކަ ދުވަސް ވެސް ވެދާނެ." ހަރީޝް ވިދާޅުވި އެވެ.
ހެލްމެޓް އަޅައިގެން ފޭރުނު މީހުން ހައްޔަރުކޮށްފި
ފުރަތަމަ 10 ގައި ގެވެށިއަނިޔާގެ 19 މައްސަލަ
ފިހާރައެއްގެ ވަތްގަނޑުން ވައްކަން ކުރުމުން ބަންދަށް
ލާޒިމްނޫން ތަންތަނުގައި ހެލްމެޓް އަޅާ މީހުން ހުއްޓުވަނީ
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ފާލުބެލުމުގެ ހިދުމަތް ދޭ ގުރޫޕު ހިފަހައްޓައިފި
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ވަގަށް ނެގި 2 މިލިއަން ރުފިޔާގެ ތަކެތި ހޯދައިފި
ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދަށް 15 ދުވަސް