ހެލްމެޓް އަޅައިގެން ތިބި ބަޔަކު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ދިޔަ މީހަކަށް ވަޅިން ހަމަލާދީ ފޭރިގަތް 2.3 މިލިއަން ރުފިޔާ އަދިވެސް ނުފެންނަ ކަމަށާއި މައްސަލައިގެ ތުހުމަތުގައި ހަ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
19 މާޗް 2019
ހެލްމެޓް އަޅައިގެން ތިބި ބަޔަކު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ދިޔަ މީހަކަށް ވަޅިން ހަމަލާދީ ފޭރިގަތް 2.3 މިލިއަން ރުފިޔާ އަދިވެސް ނުފެންނަ ކަމަށާއި މައްސަލައިގެ ތުހުމަތުގައި ހަ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މި މަހުގެ 10 ވަނަ ދުވަހު އެސްބީއައި ކައިރިން ފޭރިގަތީ ބީއެޗްއެމް ޓްރޭޑާސް އިން އެސްބީއައި އަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެކެވެ. ފުލުހުން އޭރު ބުނި ގޮތުގައި އެ ފައިސާތައް ފޭރުނީ ހެލްމެޓު އަޅައިގެން ދެ ސައިކަލެއްގައި ތިބި ހަތަރު މީހެކެވެ.
ފުލުހުން ބުނީ ފޭރުމުގެ ހާދިސާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަ ތިން ކުއްޖަކު ހިމެނޭ ކަމަށެވެ. އަނެއް ތިން މީހުންގެ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު، އެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހަކު ކުރިން ދޫކޮށްލި އެވެ. އެހެންކަމުން ފޭރުމުގެ މައްސަލައިގައި ޖުމްލަ އަށް މީހަކު ހައްޔަރު ކުރި ނަމަވެސް، މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ހަ މީހެކެވެ.
ހެލްމެޓް އަޅައިގެން ތިބެ ހިންގި ފޭރުމުގެ އެ ހާދިސާއަކީ ބްރިޖާއި ހުޅުމާލެ އާއި ހުޅުލެއާ ދެމެދު އޮންނަ ހައިވޭގައި ދުއްވާއިރު ހެލްމެޓް އަޅަންޖެހޭ ގޮތަށް ހަމަޖެއްސި ފަހުން ހިނގި މިފަދަ ފުރަތަމަ ހާދިސާ އެވެ. މިއީ، ފަހުގެ ތާރީހެއްގައި އެހާ ގިނަ ފައިސާތައް ފޭރުނު ފުރަތަމަ ފަހަރެވެ.
ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ފޭރުން ވަރަށް ބޮޑަށް އާންމުވެފައިވާއިރު، ފޭރޭ މީހުންގެ އަމާޒަކީ ބޮޑެތި އަދަދުތަކުން ފައިސާ ހިފައިގެން ދާ މީހުންކަން ހިނގާފައިވާ ގިނަ ހާދިސާތަކުން އެނގެ އެވެ.
ފުލުހުން ވަނީ ގިނަ އަދަދެއްގެ ފައިސާ އާއި ޗެކް ހިފައިގެންދާ ނަމަ، ފުލުހުންގެ ސެކިއުރިޓީއާ އެކު ނޫނީ ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ.
ހެލްމެޓް އަޅައިގެން ފޭރުނު މީހުން ހައްޔަރުކޮށްފި
ބޭންކުން ނުކުތް މީހެއް ރަހީނުކޮށް، ފޭރިއްޖެ
ބައި ލައްކަ ރުފިޔާ ފޭރިގެން ދަނިކޮށް އަތުލައިގެންފި
2.3 މިލިއަން ފޭރުނު މައްސަލައިގެ ދެ މީހަކު ދޫކޮށްފި
"ސޮރީ ބޯއީސް" ފަޅާލައިފި، ވަގަށްނެގި ތަކެތި ފެނިއްޖެ
1.4 މިލިއަން "ފޭރުނުމީހާ" ގެ ބަންދަށް 15 ދުވަސް
ގެއަކުން ފައިވާންތަކެއް ވަގަށް ނެގި ބަޔަކު ހޯދަނީ
ޕޮލިސް އިންޓެލިޖެންްސުން ކަމަށް ބުނެ ތަނަކުން ފޭރިއްޖެ
ފޭރެން އުޅުނު މީހުންގެ ވަނަވަރު އާއްމުކޮށްފި
ޔޫރޯ އޮފީހުގެ ތިޖޫރީ ފަޅާލައި، ފައިސާތަކެއް ނަގައިފި