Roadha Mihaaru

"ސޮރީ ބޯއީސް" ފަޅާލައިފި، ވަގަށްނެގި ތަކެތި ފެނިއްޖެ

މާލޭގައި ހުންނަ ލަންޖަރީ ފިހާރައެއް ކަމަށްވާ "ސޮރީ ބޯއީސް" ފަޅާލައިގެން ގެންދިޔަ ބައެއް ތަކެތި ފުލުހުން ހޯދައިފި އެވެ.

"ސޮރީ ބޯއީސް" ފަޅާލައިފި، ވަގަށްނެގި ތަކެތި ފެނިއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

19 ޖޫން 2024

މާލޭގައި ހުންނަ ލަންޖަރީ ފިހާރައެއް ކަމަށްވާ "ސޮރީ ބޯއީސް" ފަޅާލައިގެން ގެންދިޔަ ބައެއް ތަކެތި ފުލުހުން ހޯދައިފި އެވެ.

ފުލުހުން މިއަދު ބުނީ މާފަންނުގައި ހުންނަ "ސޮރީ ބޯއީސް" ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ އެ އިދާރާ އަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 3:45 ހާއިރު ކަމަށެވެ.

އެއީ މަޖީދީމަގުގައި ނަލަހިޔާ ކުރިމަތީގައި ހުންނަ ފިހާރައެކެވެ.

"މި ފިހާރަ އިން ގެއްލުނު ތަކެތި ރިކަވާ ކުރެވިފައިވޭ،" ފުލުހުން ބުންޏެވެ.

ތަފްސީލެއް ނުދީ ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.