Roadha Mihaaru
އުމުރުން ދުވަސްވީ މީހެއްގެ އަތުން 4000ރ. ފޭރިއްޖެ

އުމުރުން ދުވަސްވީ މީހަކު ގެސްޓު ހައުސްއަކަށް ވައްދައި ފޭރިއްޖެ

16 ޖެނުއަރީ 2020

އުމުރުން ދުވަސްވީ މީހަކު މާލޭގެ ގެސްޓްހައުސްއަކަށް ވައްދައި އޭނާގެ އަތުން ފައިސާތަކެއް މިއަދު ފޭރިގެންފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އުމުރުން ދުވަސްވީ މީހަކު މާލޭގެ ގެސްޓްހައުސްއަކަށް ވައްދައި އޭނާގެ އަތުން ފައިސާތަކެއް މިއަދު ފޭރިގެންފި އެވެ.

ފުލުހުން ބުނީ ދުވަސްވީ ފިރިހެނަކު ގެސްޓް ހައުސްއަކަށް ވައްދައި، އޭނާގެ އަތުން ފޭރިގަތީ 4،000ރ. ކަމަށެވެ. އެ މައްސަލައިގައި 41 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ކުރި ޓްވީޓެއް

އެ ދެ މީހުން ބަލާ ފާސްކުރި އިރު، ފޭރިގަތް ކަމަށް ބެލެވޭ ފައިސާ ވެސް އެ މީހުންގެ އަތުގައި ހުރި ކަމަށް ފުލުހުން ބުންޏެވެ. އަދި ފިރިހެން މީހާގެ އަތުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓެއް އޮތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.