އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަލުން އެދޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
16 ޖޫން 2020
އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަލުން އެދޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލޭގެ ގެސްޓު ހައުސްއަކަށް ކުއްޖަކު ގެންގޮސް ރޭޕްކުރި ކަމުގެ ތުހުމަތު ކުރަނީ ހއ. ބާރަށު، އަނީސް ހިލްމީ 38، ގެ މައްޗަށެވެ. އޭނާ ހައްޔަރުކޮށް، ފުލުހުން ވަނީ ފޮޓޯ ވެސް އާއްމުކޮށްފަ އެވެ.
ޚާއްސަ އިސްކަމެއް ދީގެން ތަހުގީގުކުރާ މި މައްސަލައިގައި ފުލުހުންގެ އެދުމުގެ މަތިން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ފުރަތަމަ އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓާށެވެ. އެކަމަކު، އަނީސް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ދިން ހަތް ދުވަހެވެ. އެއީ، ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަށް އޭނާ އެދުމުންނެވެ.
ޝަރީއަތް ނިމެންދެން އަނީސް ބަންދު ނުކުރުމުން ފާޑުކިއުން އަމާޒުވި އެވެ. ކުދި ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް ބޮޑެތި އަދަބު ދީ، ޖަލު ހުކުމް އިއްވާއިރު ކުޑަކުދިން ރޭޕްކުރުން ފަދަ އަނިޔާވެރި އަމަލު ހިންގާ މީހުން ދޫވުމުގެ ކަންބޮޑުވުމާ އެކު ފުލުހުންނާއި ކޯޓުތަކުން އިންސާފު ނުލިބޭނެ ކަމުގެ ތުހުމަތު މި ކޭސްއާ ގުޅިގެން ވެސް ކޮށްފައިވެ އެވެ.
ފުލުހުން ބުނީ ޝަރީއަތް ނިމެންދެން އަނީސް ބަންދުކުރަން ދެން އޮންނަ މުއްދަތު މަޖިލީހެއްގައި ފުލުހުން އަލުން އެދޭނެ ކަމަށެވެ. އެގޮތަށް ވަކާލާތު ކޮށްދޭން ޕޮރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެދިވަޑައިގެންފައިވާ ކަން ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ފާހަގަކުރެއްވި އެވެ.
ފުލުހުން ބުނިގޮތުގައި ތަހުގީގުގައި ބެލިބެލުމުން، އެ ކުއްޖާ ރޭޕްކުރީ ގްރޫމްކޮށްގެން ކަން ވަނީ އެނގިފަ އެވެ.
ގްރޫމްކު ރުމަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރަން ފައިސާ އާއި އެ ނޫން ވެސް މާއްދީ އެއްޗެއް އެ ކުއްޖާގެ ބެލެނިވެރިން ނުވަތަ ބަލަން ހަވާލުވެފައިވާ ބަޔަކަށް ދީ، އިތުބާރު ހޯދުމަށް މަސައްކަތް ކުރުމެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމް ކޮށްފި މީހެއްގެ އަދަދަކީ 10 އަހަރަށް ޖަލަށް ލުން ކަން ވެސް މި ކޭސްއާ ގުޅިގެން އާއްމުކުރި ހޭލުންތެރި ކުރުވުމުގެ މައުލޫމާތުތަކުގައި ގާނޫނުތަކާ ހަވާލާދީ ފުލުހުން ހަނދާން ކޮށްދީފައިވެ އެވެ.
ގްރޫމް ކުރުން: ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރުަމަށްޓަކައި އެކުއްޖާ ގްރޫމްކޮށްފި މީހެއްގެ އަދަބަކީ 10 އަހަރު ދުވަހަށް ޖަލަށްލުމެވެ. އަދި އެމީހަކީ ކުޑަ ކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހެއްނަމަ އަދަބަކީ 15 އަހަރަށް ޖަލަށްލުމެވެ.#Grooming #SexualAbuse pic.twitter.com/RmSQ3KMysV
— Maldives Police (@PoliceMv) June 14, 2020
ޝަރީއަތް ނިމެންދެން އަނީސް ބަންދުގައި ބަހައްޓަން ފުލުހުން އެދުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ. މިއީ މިދިޔަ ފަސް އަހަރު ތެރޭ މިފަދަ އަމުރަކަށް ފުލުހުން އެދުނު ފުރަތަމަ ފަހަރެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުން، ކުށުގެ ތުހުމަތު ކުރެވޭ މީހަކާ މެދު، އެ ގާނޫނުން ލިބިދޭ ހާއްސަ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް، ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި، ގާނޫނުގެ ދަށުން ކުށެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާގެ ތަހުގީގުގެ މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ދެމެހެއްޓުމުގެ އަމުރަކަށް ޕޮލިސް ކޮމިޝަނަރަށް ޕީޖީގައި އެދެވިދާނެ އެވެ.
ރޭޕްގެ ތުހުމަތުކުރެވޭ މީހާގެ ބަންދަށް 7 ދުވަސް
ރޭޕްގެ ތުހުމަތުކުރެވޭ މީހާ ޝަަރީއަތް ނިމެންދެން ބަންދު
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ
ރޭޕް ކޭސް: ޝަރީއަތް ނިމެންދެން ބަންދުކުރަން އެދިއްޖެ
"ކުޑަކުއްޖާ ރޭޕްކުރި މީހާ އަވަހަށް ހައްޔަރުކުރޭ"
ގެސްޓް ހައުސެއްގައި 11 އަހަރުގެ ކުއްޖަކު ރޭޕްކޮށްފި
ކުށްކުރަން ކުޑަކުދިން ބޭނުންކުރާތީ ދައުވާކުރަން ފަށައިފި
އީސައާމެދު އަމަލުކުރީ ތަފާތުކުރުން އޮންނަ ގޮތަށް: ކޯޓް
ގްރޫމްކޮށްގެން ޖިންސީގޯނާކުރި މައްސަލާގައި ދައުވާކޮށްފި
ރޭޕްގެ މައްސަލަ: ގެސްޓު ހައުސްތައް ނުބެލެހެއްޓޭ