ކުށް ކުރުމުގައި ކުޑަކުދިން ބޭނުންކުރާތީ އެ ކުށަށް ވަކިން ދައުވާކުރަން ފަށައިފި އެވެ.
28 ނޮވެމްބަރ 2022
ކުށް ކުރުމުގައި ކުޑަކުދިން ބޭނުންކުރާތީ އެ ކުށަށް ވަކިން ދައުވާކުރަން ފަށައިފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވި ގޮތުގައި، މިދިޔަ ޖޫން މަހު އައްޑޫ ފޭދޫގައި ވަޅިން ހަމަލާދީ މުހައްމަދު ޒިޔާން މަރާލި މައްސަލާގައި އިއްޔެ ހަތް މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައި ވާއިރު ހަ މީހެއްގެ މައްޗަށް ވަނީ ކުޑަކުދިން ލައްވާ ކުށް ކުރުމުގެ އަށް ދައުވާއެއް ކޮށްފަ އެވެ.
ކުޑަކުދިން ލައްވާ ކުށް ކުރުމުގެ އަށް ދައުވާ އައި ހަ މީހުންނަށް ޖުމުލަ 24 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބަ އޮތެވެ. ދެން ހުރި މީހާގެ މައްޗަށް ވެސް ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ ހަތަރު ދައުވާއެއް، ވަކިވަކިން ހުށަހަޅާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ އެންމެ ގިނަ ބައެއްގެ މައްޗަށް ހުށަހެޅި މައްސަލަ އެވެ.
"...މިއީ އަދި ފެށުމެކެވެ. ކުށްކުރާ ޖަމާއަތްތަކުން، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާ ނަމަ، އެ ކަމަކީ އޭގެ ޒާތުގައި ދައުވާ ކުރެވޭނެ ކުށެކެވެ. އައްޑޫގައި، ނުވަތަ އެނޫން ރަށެއްގައި ވިޔަސް، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާ ނަމަ، އެކަމަށް ވަކިން ދައުވާ ކުރެވޭނެ އެވެ. ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރުން ނިމުމަކަށް ގެނައުމަށް ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅުގަނޑުމެން ދާނީ އަޅަމުންނެވެ،" ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.
● ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި، ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ދަށުން، ޖިނާއީ ކުށެއް ކުރުވުމަށްޓަކައި ކުޑަކުއްޖަކު ރެކްރޫޓް ކުރުމަކީ ނުވަތަ ގްރޫމް ކުރުމަކީ ކުށެއް.
● އެ ކުށުގެ އަދަބަކީ ތިން އަހަރު ދުވަހަށް ޖަލަށްލުން.
● އެ ކުށް ކުރީ، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު ނަމަ އަދަބަކީ ފަސް އަހަރު ދުވަހަށް ޖަލަށް ލުން.
މަރުގެ މި މައްސަލާގައި، ކުޑަކުދިން ލައްވާ ކުށް ކުރުވުމުގެ ދައުވާތަކުގެ އިތުރުން ދެ މީހެއްގެ މައްޗަށް ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ. އަދި ފަސް މީހެއްގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.
ޝަމީމް ވިދާޅުވީ، މިއީ ތުހުމަތުކުރެވޭ މީހުންގެ ފަރާތުންނާއި އެ މީސްމީހުންނާ ގުޅިފައިވާ މީހުންގެ ފަރާތުން އަދި ދިފާއީ ވަކީލުންގެ ފަރާތުން ވެސް ތަހުގީގަށް ގޮންޖެހުންތަކާ ކުރިމަތިވި މައްސަލައެއް ކަމަށެވެ.
"މިމައްސަލައިގެ ތެރެއިން ކަށަވަރުވި ކަމަކީ، ކުށްކުރާ ޖަމާއަތްތަކުން ކުށްކުރުމުގައި، ގަސްތުގައި ކުޑަކުދިން ބޭނުންކުރާކަމެވެ. އެކުދިން ލައްވާ ކުށްކުރުވުމަށް ފަހު، ދިފާއުގައި ހެކި އުފެއްދޭގޮތަށް ހަރަކާތްތައް ހިންގާފައިވާކަމެވެ،" އޭނާ ލިޔުއްވާފައިވެ އެވެ.
ޕީޖީ ވިދާޅުވި ގޮތުގައި މައްސަލާގައި ހިމެނޭ ކުދިން ލައްވާ ކުށް ކުރުވި ވަގުތު، އެހެން ތަނެއްގައި ތިބިކަން ދެއްކުމަށްޓަކައި، ވަކި ރޭވުމެއްގެ ތެރެއިން، ކުށުގެ މާހައުލު ނޫން އެހެން ތަނެއްގައި އެ ވަގުތު ކުއްޖާ އުޅުނުކަން ދެއްކުމަށް އެހެން މީހުން ލައްވައި، މި ކަމުގައި ހިމެނޭ ބޮޑެތި މީހުން މަސައްކަތް ކުރުން ފަދަ ކަންކަން ކުރި އެވެ. އެ މީހުން އެކަން ކުރީ އެގޮތަށް، އެ ބޭނުމުގައިކަން، ތަހުގީގަށް ހޯދިފައިވާ ކަމަށާއި ހެކި އުފައްދަން އުޅުނަސް ފުލުހުން "އެއް ފިޔަވަޅު ކުރީގައި" ތިބުމުން އެކަން ކާމިޔާބު ނުވީ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ ހާދިސާ ހިނގައިފައިވާ ގޮތަށާއި، ތުހުމަތު ކުރެވޭ މީހުން މި އަމަލު ހިންގާފައިވާ ގޮތަށް ބަލާއިރު، އެ މީހުންނަކީ، މުޖުތަމައަށް އިންތިހާއަށް ނުރައްކާތެރި ބައެއްކަމަށް ގަބޫލުކުރެވޭތީ، އެ އެންމެން އަދިވެސް ތިބީ ކޯޓު އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެއީ އަވަހަށް ޝަރީއަތް ހިންގައި ނިންމަންޖެހޭ ފަދަ މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި މިފަދަ ކޭސްތަކުގައި ޝަރީއަތް އަވަސްވި ވަރަކަށް ކުށް ސާބިތުކުރުމުގެ ރޭޓް މަތިކަން ތަފާސްހިސާބުތަކުން ދައްކާކަން ޝަމީމް ފާހަގަކުރެއްވި އެވެ.
ޒަޔާންގެ މަރު: ހަތަރު ކުޑަކުއްޖަކަށް ދައުވާކޮށްފި
ރޭޕްގެތުހުމަތު ކުރެވޭ މީހާގެ ބަންދު އިތުރުކުރަން އެެދެނީ
ރޭޕްގެ ތުހުމަތުކުރެވޭ މީހާގެ ބަންދަށް 7 ދުވަސް
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
ހާރިސްގެ މަރުގެ ދައުވާ ސާބިތުނުވި މައްސަލަ ހައި ކޯޓަށް
ޒަޔާންގެ މަރުގެ މައްސަލާގައި ހަތް މީހަކަށް ދައުވާކޮށްފި
ޔާމީންގެ މަރު: ގޮތެއް ނިންމާނީ ރިޕޯޓް ލިބުމުން
"އިސް ދެ މީހުންނަށް ކުށް ސާބިތުވުމަކީ ކާމިޔާބީއެއް"
ކުޑަކުދިންތަކަކާ ބެހުނު މީހަކު 30 އަހަރަށް ޖަލަށް
ޔާމީންގެ މަރު: ޕީޖީގެ ވާހަކަތަކަށް ކޯޓުން ރައްދު ދީފި