08 ފެބުރުއަރީ 2022
ބްލޮގަރު ޔާމީން ރަޝީދު މަރައިލުމުގެ ކުށުގެ ދައުވާއިން ސަލާމަތްވި ހަތަރު މީހުންގެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން، އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
ބްލޮގަރު ޔާމީން ރަޝީދު މަރައިލުމުގެ ކުށުގެ ދައުވާއިން ސަލާމަތްވި ހަތަރު މީހުންގެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން، އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
ޔާމީން ދިރިއުޅެމުން ދިޔަ ގޭގެ ސިޑިގޮޅީގައި އޭޕްރީލް 2017 ގައި ތޫނު އެއްޗެހިން ހަމަލާދީ މަރައިލި މައްސަލައިގައި ހަ މީހެއްގެ މައްޗަށް، ތޫނު އެއްޗެހި ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރި އެވެ. އެއީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
ނަމަވެސް ހަތަރު އަހަރަށް ފަހު، ޖެނުއަރީ 9، 2022 ގައި ދަށު ކޯޓުން މައްސަލަ ނިންމީ ހައިޝަމާއި ޒިހާންގެ މައްޗަށް އެކަނި ކުށް ސާބިތުވާ ކަމަށެވެ. އެ ދެ މީހުން އުމުރަށް ޖަލަށް ލުމާއެކު، މަރުގެ ދިޔައިގެ ގޮތުގައި ޖުމްލަ 1.3 މިލިއަން ރުފިޔާ ދައްކަން ހުކުމުގައި ވެ އެވެ. އެ ހުކުމުގެ އިސްތިއުނާފާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު މި ހަފުތާގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. "ރިޕޯޓު ލިބުނީމާ ދެެން މާ ގިނަ ދުވަހެއް ނުވެ ފައިނަލް ގޮތެއް ނިންމޭނެ. އޭގައި ހިމަނާފައި ހުރި ހުރިހާ އެއްޗެއް ބަލައި ދިރާސާ ކުރީމާ ގޮތެއް ފައިނަލް ވާނީ،" ޝަފީއު ވިދާޅުވި އެވެ.
ޕީޖީ އޮފީހުން ކުރިން ބުނީ، ޔާމީން މަރައިލުމުގައި އިސްދައުރެއް އަދާކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަކީ އެ މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ލިބުނު ކާމިޔާބީއެއް ކަމަށެވެ.
އެ މައްސަލައިގެ ހުކުމް އިއްވަން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، އެ މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ވިދާޅުވީ އެ ހާދިސާ ހިނގި ރޭ ހައިޝަމާއި ޒިހާން އެ ސަރަހައްދުގައި އުޅުނު ކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ.
މީހެއްގެ ހަޅޭކުގެ އަޑު އިވުނު ފަހުން، އެ ދެ މީހުން ޔާމީން ދިރިއުޅުނު ގެއިން ނުކުމެގެން ދިޔަ މަންޒަރު ފެނުނު ކަމަށް ހެކިން ބުނެފައިވާތީ، އެ ދެ މީހުން އެ ގެއަށް ވަން ކަމުގެ ހެކި އެބަހުރި ކަމަށް ގާޒީ ވިދާޅުވި އެވެ. ދިފްރާނާއި ޝިފާޒާއި އިސްމާއިލް ރަޝީދުގެ އިތުރުން ޒިޔާދު އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ހެއްކެއް ނެތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އެކަމަކު، ޕީޖީ އޮފީހުން ކުރިން ބުނީ މައްސަލައިގެ ހެއްކާއި ގަރީނާ އިން، އެ ހަތަރު މީހުންނަކީ ވެސް ޔާމީން މަރައިލަން ރާވައި އެކަން ތަންފީޒު ކުރުމުގައި އެކި ވަރަށް ބައިވެރިވެފައިވާ ބައެއްކަން އެނގޭ ކަމަށެވެ.
ކުށްކުރަން ކުޑަކުދިން ބޭނުންކުރާތީ ދައުވާކުރަން ފަށައިފި
"އިސް ދެ މީހުންނަށް ކުށް ސާބިތުވުމަކީ ކާމިޔާބީއެއް"
ޔާމީންގެ މަރު: ޕީޖީގެ ވާހަކަތަކަށް ކޯޓުން ރައްދު ދީފި
ހެއްކަށް ބިނާކޮށް އަދުހަމަށް ކުށް ސާބިތު ކުރެވޭނެ:ޕީޖީ
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
އަނަސްގެ މަރު: ހުކުމް އިސްތިއުނާފް ކުރަން ވިސްނަނީ
ކްރިކް ރިޒާގެ ރިޝްވަތު ދައުވާ މި ނިމުނީ؟
ހާރިސްގެ މަރުގެ ދައުވާ ސާބިތުނުވި މައްސަލަ ހައި ކޯޓަށް
ރިލްވާނާއި ޔާމީންގެ މަރު: މިއަދުގެ އަޑުއެހުން ކެންސަލް
ޒަޔާންގެ މަރު: ހަތަރު ކުޑަކުއްޖަކަށް ދައުވާކޮށްފި