18 ފެބުރުއަރީ 2020
ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަންގެ މަރުގެ ދައުވާ ލިބޭ އަދުހަމް މުހައްމަދު ފަހުން ދައުވާ އަށް އިންކާރު ކުރިޔަސް، ހެކީގެ މައްޗަށް ބިނާކޮށް، އޭނާގެ މައްޗަށް ކުށް ސާބިތު ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަންގެ މަރުގެ ދައުވާ ލިބޭ އަދުހަމް މުހައްމަދު ފަހުން ދައުވާ އަށް އިންކާރު ކުރިޔަސް، ހެކީގެ މައްޗަށް ބިނާކޮށް، އޭނާގެ މައްޗަށް ކުށް ސާބިތު ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލޭގައި ޓެކްސީގައި ދަތުރު ކޮށްފައި ދަނިިކޮށް، ގާސިމްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ މަރައިލި މައްސަލައިގައި ދައުވާ ލިބޭ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް އެ ދައުވާ އަށް ކުރިން ކޯޓުގައި އެއްބަސް ވިޔަސް، އޭނާ މިއަދު ވަނީ އެކަމަށް އިންކާރު ކޮށްފަ އެވެ. އަދުހަމްއާ އެކު، ދައުލަތުން ކުރިން އޮތީ އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހަދައިފަ އެވެ.
އަދުހަމް ދައުވާ އަށް އިންކާރު ކުރުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ އިއުތިރާފްގެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދިއުމަކީ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލައިގައި ހެކި ހުށަހަޅައިގެން އަދި އެ ހެކީގެ މައްޗަށް ބިނާކޮށް، ތޫނު އެއްޗެއް ބޭނުން ކޮށްގެން މީހަކު މެރުމުގެ ދައުވާ ޝަރީއަތަށް ސާބިތުކޮށް ދޭނެ ކަމަށެވެ.
އިޢުތިރާފު އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދިއުމަކީ މައްސަލައެއް ނޫން. @PGO_MV އިން، މިމައްސަލައިގައި ޝަރީޢަތަށް ހެކި ހުށަހަޅައިގެން، ހެކީގެ މައްޗަށް ބިނާކޮށް، އިރާދަ ކުރެއްވިއްޔާ، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރިކަން ޝަރީޢަތަށް ސާބިތު ކޮށްދޭނެ.
— Hussain Shameem (@HuShameem) February 18, 2020
ޝަމީމްގެ ޓްވީޓް
އަދުހަމް، ދައުވާ އަށް މިއަދު އިންކާރު ކުރިއިރު، އޭނާއާ ދެކޮޅަށް ދައުލަތުން ކުރިން ވެސް އޮތީ ހެކި ހުށަހަޅައިފަ އެވެ. އެކަމަކު، އޭރު އޭނާ އެކަމަށް އެއްބަސްވުމުން ހެކިންގެ ހެކިބަސް ނުނަގަން ދައުލަތުން އޭރު އެދުނެވެ. އެކަމަކު މިހާރު ދައުވާ އަށް އިންކާރު ކުރާތީ ދައުލަތުން ވަނީ ހެކިތަކަށް ރިއާޔަތް ކުރަން އެދިިފަ އެވެ.
އެ މައްސަލައިގައި ދެން އޮންނާނީ އިބްތިދާއީ އަޑުއެހުންތައް ކުރިއަށް ގެންދިއުމެވެ.
ކުށްކުރަން ކުޑަކުދިން ބޭނުންކުރާތީ ދައުވާކުރަން ފަށައިފި
ޔާމީންގެ މަރު: ގޮތެއް ނިންމާނީ ރިޕޯޓް ލިބުމުން
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
އަނަސްގެ މަރު: ހުކުމް އިސްތިއުނާފް ކުރަން ވިސްނަނީ
ކްރިކް ރިޒާގެ ރިޝްވަތު ދައުވާ މި ނިމުނީ؟
ހާރިސްގެ މަރުގެ ދައުވާ ސާބިތުނުވި މައްސަލަ ހައި ކޯޓަށް
ޒަޔާންގެ މަރު: ހަތަރު ކުޑަކުއްޖަކަށް ދައުވާކޮށްފި
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
މޭ6ގެ ހަމަލާގެ ޝަރީއަތް އަވަސްކޮށްދޭން އެދުނިން: ޕީޖީ
"އިސް ދެ މީހުންނަށް ކުށް ސާބިތުވުމަކީ ކާމިޔާބީއެއް"