16 ފެބުރުއަރީ 2022
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރާ ދައުވާ އުފުލުމާ އެކު، ޕްރޮސެކިއުޓާ ޖެނެރަލަށް އަމާޒުވީ ޒާތީ ނިންމުމެއް ކަމުގެ ތުހުމަތެވެ. މި ސަރުކާރުގައި މަގާމުގައި ހުންނެވި ވަޒީރެއްގެ މައްޗަށް ފުރަތަމަ ފަހަރަށް ކުރާ އެ ދައުވާގެ ޝަރީއަތް ނުފެށެނީސް، ދެން އައީ މަސްލަހަތު ފުށުއެރުމުގެ މައްސަލަ އެވެ. ބަހުގެ ހޫނު ހަމަލާތަކަކަށްފަހު މަހްލޫފްގެ ފަރާތުން ދައްކަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްލަހަތު ފުށެއެރުމުގެ މައްސަލަ އެވެ. ދައުލަތުން އެ ތުހުމަތު އަމާޒުކުރީ އެ މައްސަލަ ބައްލަވާ ގާޒީއަށެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރާ ދައުވާ އުފުލުމާ އެކު، ޕްރޮސެކިއުޓާ ޖެނެރަލަށް އަމާޒުވީ ޒާތީ ނިންމުމެއް ކަމުގެ ތުހުމަތެވެ. މި ސަރުކާރުގައި މަގާމުގައި ހުންނެވި ވަޒީރެއްގެ މައްޗަށް ފުރަތަމަ ފަހަރަށް ކުރާ އެ ދައުވާގެ ޝަރީއަތް ނުފެށެނީސް، ދެން އައީ މަސްލަހަތު ފުށުއެރުމުގެ މައްސަލަ އެވެ. ބަހުގެ ހޫނު ހަމަލާތަކަކަށްފަހު މަހްލޫފްގެ ފަރާތުން ދައްކަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްލަހަތު ފުށެއެރުމުގެ މައްސަލަ އެވެ. ދައުލަތުން އެ ތުހުމަތު އަމާޒުކުރީ އެ މައްސަލަ ބައްލަވާ ގާޒީއަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްލަހަތު ފުށުއަރާ ކަމަށް ބުނެ މަހްލޫފްގެ ފަރާތުން ދައްކަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ކުށް ސާބިތުވެ، ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރިން މަސައްކަތް ކުރައްވާފައި އޮތުމެވެ. އެހެން ނަމަވެސް އަދީބުގެ ވަކީލެއްގެ ގޮތުން ޝަމީމް މަސައްކަތް ކުރެއްވީ ފިނިފެންމާ ލޯންޗް ގޮއްވާލި މައްސަލާގަ އެވެ.
މަހްލޫފަށް ދައުވާ ކުރަނީ އަދީބުގެ އަތުން ރިޝްވަތު ނެގި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ދައުލަތުގެ މައިގަނޑު ހެއްކަކީ ވެސް އަދީބުގެ ހެކިބަހެވެ. އެހެންވީއިރު، އަދީބުގެ ވަކީލެއްގެ ގޮތުން ޝަމީމް މަސައްކަތް ކުރައްވާފައި އޮއްވާ ޕީޖީގެ މަގާމުގައި ޝަމީމް ހުންނަވައިގެން އެ ދައުވާ ކުރުމުން މަސްލަހަތު ފުށުއެރުމުގެ ވާހަކަ އަނެއްކޮޅުގައި ވެސް ކޮންމެވެސް ވަރަކަށް އެބައޮތެވެ. އެކަމަކު މިފަދަ ހާލަތެއް ދިމާވާ ކޮންމެ ފަހަރަކު އެއިރެއްގެ ޕީޖީއަކު އިސްތިއުފާ ދެއްވުމަކީ ވެސް ހައްލެއް ނޫނެވެ.
ޕީޖީ ޝަމީމް ކުރިން ވިދާޅުވެފައިވަނީ އޭނާގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ނިންމާ އެއްވެސް ނިންމުމެއްގައި އޭނާ ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށާއި އަދި އެ މައްސަލަތަކުން އޭނާ ތަނާޒުލްވިކަން ލިޔުމުން ފެންނަން ހުންނާނެ ކަމަށެވެ. މަހްލޫފްގެ މައްސަލާގައި ވެސް އެގޮތަށް އަމަލު ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"މި އޮފީހުގައި އޮންނާނެ މަސްލަހަތު ފުށުއަރާ ކަންކަމުގައި އަމަލުކުރާނެ އުސޫލެއް. އެ އުސޫލުން އެ މައްސަލާގައި ވެސް އަމަލު ކޮށްފައިވާނީ." ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް
"މި އޮފީހުގައި އޮންނާނެ މަސްލަހަތު ފުށުއަރާ ކަންކަމުގައި އަމަލުކުރާނެ އުސޫލެއް. އެ އުސޫލުން އެ މައްސަލާގައި ވެސް އަމަލު ކޮށްފައިވާނީ." ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އަނެއްކޮޅުން މަހްލޫފްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ ގާޒީ މުހައްމަދު މިސްބާހަށް އެ މައްސަލަ ނުބެއްލެވޭނެ ކަމަށް ބުނެ ދައުލަތުން ދައްކާ ސަބަބަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ބައިވެރިވި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ވަކީލަކަށް ތަހުގީގު މަރުހަލާގައި ގާޒީ މިސްބާހު މަސައްކަތް ކުރައްވާފައި އޮތުމެވެ. ޒިޔަތަކީ ޚިޔާނާތުގެ ފައިސާ ބެހުމުގައި ބައިވެރިވި ބޭފުޅެއް ކަމަށް ވާތީ މަހްލޫފްގެ މައްސަލަ ގާޒީ މިސްބާހު ބެއްލެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ދައުލަތުން ބުނެ އެވެ.
ގާޒީ މިސްބާހަށް އެ މައްސަލަ ބެއްލެވޭނެ ކަމަށް އޭނާ ނިންމެވުމުން ޝަރީއަތުގެ އަޑުއެހުމުގައި ވެސް ދައުލަތުން އެ މައްސަލަ އަނެއްކާވެސް ފެންމަތިކުރި އެވެ. އެކަމަކު ގާޒީ ބަދަލުކުރަން އެދި ކޯޓަށް ކުރިން ފޮނުވި ސިޓީ އާއި ދައުލަތުން ޝަރީއަތުގައި ދެއްކި ވާހަކަތައް ތަފާތެވެ. އެއީ އެމްއެމްޕީއާރުސީއާ ގުޅުންހުރި މައްސަލައެއް ކަމަށް ދައުލަތުން ސިޓީގައި ބުނެފައި އޮތަސް، މަހްލޫފްގެ ޝަރީއަތުގައި ދައުލަތުން އެއްބަސްވީ އެއީ އެމްއެމްޕީއާރުސީއާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށެވެ.
ދައުލަތުގެ ދައުވާގައި ވެސް، އެމްއެމްޕީއާރުސީގެ ފައިސާގެ ވާހަކައެއް ނެތެވެ. ދައުވާގައި އޮތީ އަދީބުގެ ފަރާތުން މަހްލޫފަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދެއްވި ކަމަށެވެ. އެހެންވެ، އެ ފައިސާ ދިނީ އެމްއެމްޕީއާރުސީގެ ފައިސާއިންތޯ ނުވަތަ އަދީބުގެ އަމިއްލަ ފައިސާއަކުންތޯ އެއީ މަހްލޫފަށް ކުރާ ރިޝްވަތުގެ ދައުވާއާ ގާނޫނީ ގޮތުން ގުޅުމެއް އޮތް ކަމެއް ނޫނެވެ. ސަބަބަކީ ރިޝްވަތުގެ ކުށް ފުރިހަމަވުމުގައި ވަކި ތަނަކުން ފައިސާ ލިބުން ލާޒިމް ނުވާތީ އެވެ.
މި މަހުގެ ފަސްވަނަ ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިން ޖަލްސާއެއްގައި މަހްލޫފު ރޭ ފޯކައިދޫގައި ވާހަކަ ދައްކަވަނީ: އޭނާއަށް ކުރާ ދައުވާއާ ގުޅިގެން ޕީޖީ ޝަމީމްގެ މަސްލަހަތު އޮތް ކަމަށް ވިދާޅުވާއިރު، ޕީޖީން އެ ތުހުމަތު އަމާޒު ކުރަނީ ގާޒީ އަށް.
އެކަމަކު މަޖިލީހުގެ މެމްބަރުންނާއި އެހެން ސިޔާސީ ބޭފުޅުންނަށް ބޮޑެތި އަދަދުތަކުން އަދީބު ފައިސާ ބައްސަވަމުން ގެންދެވީ އެމްއެމްޕީއާރުސީގެ ފައިސާއިން ކަން އެއީ އެންމެން ދަންނަ ބޮޑު ހަގީގަތެކެވެ. އެހެންވީއިރު، އެކަމުގައި ކުޑަ ނަމަވެސް މަސްލަހަތެއް އޮތް ބޭފުޅަކު އެ މައްސަލަ ބެއްލެވުމަކީ އެކަމުގައި ސުވާލު އުފައްދަން ދެވޭ ފުރުސަތަކަށް ވެދާނެ އެވެ. ދައުލަތުން ދައްކަނީ އެ ސަބަބެވެ. އަދި މައްސަލަ ނިމޭ ގޮތަކުން އިސްތިއުނާފް މަރުހަލާގައި ވެސް އެކަން ފާހަގަ ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން ފަނޑިޔާރެއްގެ ސީދާ ނުވަތަ ނުސީދާ ގޮތުން ވިޔަސް، އެ މީހެއްގެ އަމިއްލަ ނުވަތަ ޝަހްސީ މަސްލަހަތެއް އޮތް މައްސަލައެއް ބަލައިގެން ނުވާނެ އެވެ. އެކަމަކު ގިނަ ފަނޑިޔާރުންނަކީ ވަކީލުންގެ ގޮތުގައި ކޮންމެވެސް ދުވަސްވަރެއްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުން ކަމަށް ވާއިރު، މަސްލަހަތު އޮތް ކަމަށް ބަލާނީ ކިހާ ހިސާބަކުން ކަމެއް ގާނޫނުގައި ނުވަތަ ފަނޑިޔާރުން ސުލޫކީ މިންގަނޑަކު ވެސް ނެތެވެ.
ގާޒީ މިސްބާހަށް އެ މައްސަލަ ނުބެއްލެވޭނެ ކަމަށް ބުނެ ދައުލަތުން އެންމެ ފުރަތަމަ ޝަކުވާ ހުށަހެޅީ ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލަށެވެ. އެކަމަކު ދައުލަތުން ފޮނުވި އެ ސިޓީއާ މެދު ގޮތް ނިންމައި، މަސްލަހަތު ފުށުއަރާ ކަމެއް ނެތް ކަމަށް ނިންމެވީ ގާޒީ މިސްބާހެވެ. އެ ފަނޑިޔާރެއްގެ މަސްލަހަތު ފުށުއަރާ ކަމަށް ބުނެ ހުށަހެޅޭ ޝަކުވާއަކަށްް އެ ފަނޑިޔާރު އަމިއްލައަށް ގޮތް ނިންމުމަކީ ހަމަޖެހޭ ކަމެއްތޯ ސުވާލު އުފެދެ އެވެ. އެކަމަކު މަތީ މަރުހަލާގެ ކޯޓުތަކުން ވެސް މިހާތަނަށް މިފަދަ ކަންކަމުގައި އަމަލުކުރަނީ އެގޮތަށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް މާ ބޮޑު ބާރެއް މިފަދަ ކަންކަމުގައި ނެތެވެ. މައްސަލައެއް ފަނޑިޔާރެއްގެ އަތުން ނެގުމަށް އެންގުމުގެ ބާރެއް ޖޭއެސްސީއަކަށް ނޯވެ އެވެ. އަދި މަސްލަހަތެއް ހިމެނޭ މައްސަލައެއް ފަނޑިޔާރު ބެލުމަކީ މުޅި މައްސަލާގެ ނިންމުން ގޯސްވެ، އެ މައްސަލައެއް އަލުން ބަލަންޖެހޭ ކަމެއް ކަން ގާނޫނަކުން ސާފެއް ނޫނެވެ. މަތީ ކޯޓުތަކުން ވެސް އެފަދަ ކަމަކާ ގުޅޭ ނިންމުމެއް މިހާތަނަށް ނިންމާފައެއް ނެތެވެ.
ކުރިން ފަނޑިޔާރު ކަން ކުރެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި ފަނޑިޔާރުންގެ މަސްލަހަތު ހިމެނޭ ކަންކަމަކީ ކޮބައިކަން ކަނޑައެޅުމުގައި ފަނޑިޔާރުންގެ ގާނޫނާއި ގަވާއިދުތައް އެހާ ސާފެއް ނޫނެވެ. ފަނޑިޔާރު ކަމަށް ޝަރުތު ހަމަވަނީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރުމުން ކަމަށް ވާތީ މަސްލަހަތު ފުށުއެރުމުގެ ވާހަކަ ވަރަށް ފަސޭހައިން ގެނެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ވަކީލެއްގެ ގޮތުގައި ބައިވެރިވާ ކޮންމެ ބައިވެރިވުމަކީ މަސްލަހަތު ފުށުއެރުމެއް ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
"މަސްލަހަތު ފުށުއެރުމުގެ މައްސަލަ އެހާ ސްޓްރިކްޓްކޮށް ނުނެގޭނެ. އެއީ ކިހާ ވަރެއްގެ މަސްލަހަތެއް ކަން ވެސް ބަލަން ޖެހޭނެ. އަދި އެ މަސްލަހަތެއް އެގޮތުގައި އޮވެ ދެމިގެން ގޮސްފައި ވެސް އޮންނަން ޖެހޭނެ."
"މަސްލަހަތު ފުށުއެރުމުގެ މައްސަލަ އެހާ ސްޓްރިކްޓްކޮށް ނުނެގޭނެ. އެއީ ކިހާ ވަރެއްގެ މަސްލަހަތެއް ކަން ވެސް ބަލަން ޖެހޭނެ. އަދި އެ މަސްލަހަތެއް އެގޮތުގައި އޮވެ ދެމިގެން ގޮސްފައި ވެސް އޮންނަން ޖެހޭނެ." އޭނާ ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރެއްގެ މަސްލަހަތު ފުށުއަރާ ކަމަށް ބުނެ ހުށަހަޅާ ޝަކުވާތަކަށް ގޮތް ނިންމަން ޖެހޭނީ އެ ކޯޓެއްގެ އިސް ގާޒީ އެވެ. އެއީ ކޯޓުތަކުގެ ގާނޫނު އޮތްގޮތުން މައްސަލަތައް ބަލާނެ ފަނޑިޔާރުން ކަނޑައެޅުމަކީ އެ ކޯޓެއްގެ އިސް ގާޒީ ޒިންމާއަކަށް ވާތީ އެވެ. އެކަމަކު ޝަރީއަތުގެ މަޖިލީހުގައި އެފަދަ މައްސަލައެއް ފާހަގަކޮށްފި ނަމަ ދެން ގޮތެއް ނިންމަން ޖެހޭނީ އެ ފަނޑިޔާރަކު އަމިއްލައަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނު ދަންނަނީ މައްސަލަތައް ބަލާނެ ފަނޑިޔާރުން އިސް ގާޒީ ކަނޑައަޅާ އުސޫލު. އެހެންވީމަ އިސް ގާޒީ ގޮތެއް ނިންމަން ޖެހޭނީ ވަކި ފަނޑިޔާރެއްގެ މަސްލަހަތު ފުށުއަރާ ކަމެއް އޮތްތޯ ބެލުމުގައި. އެކަމަކު މިސާލަކަށް ޝަރީއަތުގެ މަޖިލީހުގައި އެފަދަ ކަމެއް ފާހަގަ ކޮށްފިއްޔާ އެ ފަނޑިޔާރަކު ވެސް އެބަޖެހޭ އަމިއްލައަށް އެއަށް ގޮތެއް ނިންމަން. އެގޮތަށް ނިންމާ ނިންމުން އެއީ އިސްތިއުނާފަށް ގެންދެވިދާނެ ނިންމުމެއް." އޭނާ ވިދާޅުވި އެވެ.
ކުށް ސާބިތުވެއްޖެ ނަމަ، ސަރުކާރުގެ ބާރުގަދަ ވަޒީރެއްގެ މަގާމު ގެއްލޭނެ ފަދަ ދައުވާއެއްގެ ޝަރީއަތް ރަނގަޅަށް ހިނގައި ނުގަންނަނީސް ފެންނަން ފެށީ އެ ދައުވާ އުފުލުމާއި ޝަރީއަތުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައި، ދެ ފަރާތުން އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުތައް އަމާޒުކުރަން ފެށި ތަނެވެ. މިހާތަނަށް ފެންނަ މަންޒަރުތަކަށް ބަލާއިރު އެނގޭ ކަމަކީ އެއްވެސް ބަޔަކު ތިބީ އަނެއް ބަޔަކަށް ދޫ ދޭ ގޮތަކަށް ނޫން ކަމެކެވެ.
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟
ޒާތީ ނިންމުމެއް ކަމުގެ ތުހުމަތަށް ޖަވާބެއް ނުދެއްވި!
މަހްލޫފްގެ މައްސަލަ: ވައިބަ މެސެޖްތަކަކާ މެދު ސުވާލު
"ކޯޓުގެ އަމަލުތައް ހުރީ ދެފުށް ފެންނަ ގޮތަކަށް ނޫން"
ކޮވިޑާ ހެދި މަހްލޫފުގެ މައްސަލަ ކުރިއަށް ނުގެންދެވިފައި
އަދީބުގެ ފޯނާއި ލެޕްޓޮޕް: ދައުލަތަށް ބޮޑު ޓެސްޓެއް!
އިސްތިއުފާއެއް ނުދޭނަން: މަހްލޫފް
ޔާމީނަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައިފި
ޔޫތު މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްފި
މަހްލޫފްގެ މައްސަލައިގައި ޕީޖީން ދެނީ އެއް ޖަވާބެއް!