Roadha Mihaaru
ފޭރެން އުޅުނު މީހުންގެ ވަނަވަރު އާއްމުކޮށްފި

ރޫޓްގެ ފައިސާ ފޭރެން އުޅުނު މީހުންގެ ވަނަވަރު އާއްމުކޮށްފި

31 އޮކްޓޯބަރ 2020

"ރޫޓް" ފިހާރައިން ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު ކަމުގެ ތުހުމަތަށް ފުލުހުން ހައްޔަަރުކުރި ހަތަރު މީހުންގެ ވަނަަވަރު މިއަދު އާއްމުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

"ރޫޓް" ފިހާރައިން ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު ކަމުގެ ތުހުމަތަށް ފުލުހުން ހައްޔަަރުކުރި ހަތަރު މީހުންގެ ވަނަަވަރު މިއަދު އާއްމުކޮށްފި އެވެ.

ފުލުހުން ބުނީ ހަަތަރު މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު ކަމުގެ ތުހުމަތަށް ހައްޔަރުކުރީ ހަތަރު މީހުން ކަމަށެވެ. އެއީ ވ. ޕިންކްވިލާ، އަހުމަދު އަމީރު، 20، އާއި ގއ. ވިލިނގިލި، ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު،23، އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު، 22،ގެ އިތުރުން ލ. ގަން، ތުނޑި. ކީމިޔާގެ، އަބުދުﷲ ރާޝިދު، 27، އެވެ.

ރޫޓް ފިހާރައިން ޖަމާކުރަން ގެންދިޔަ 4.2 މިލިޔަން ރުފިޔާ އަޅާފައިވާ ފޮށި ފޭރިގަނެގެން ގެންދަން މަސައްކަތް ކުރި މީހުން އެކަން ކުރީ ހެލްމެޓް އަޅައި، މޫނު ވެސް ކޮންމެވެސް ވަރަކަށް ނިވާކޮށްގެންނެވެ. ސައިކަލެއްގައި އައިސް މަގުމައްޗަށް މަޑުކުރުމަށް ފަހު، ފިހާރައިގެ ވޭނުގެ ތެރެއިން ނެރެގެން ފައިސާ ފޮށި ގެންދަން މަސައްކަތް ކުރި ވަގުތު އެކަން ހުއްޓުވީ ބީއޯސީގެ ގާޑަކާއި ރޫޓް ފިހާރައިގެ މުވައްޒަފުންނެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފައި ވަނީ އެކި ދުވަސްމަތިން ފުލުހުން ހިންގި އޮޕަރޭޝަންތަކުގަ އެވެ. ފުލުހުން ބުނީ ހައްޔަކޮށްފައިވާ ހަތަރުމީހުން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމަރުދީފައިވާ ކަމަށެވެ.

ފައިސާ ފޭރުނު މައްސަލަ ފުލުހުން އަންނަނީ އަދިވެސް ތަހުގީގުކުރަމުންނެވެ.

މި ފޭރުން ހުއްޓުވި ސެކިއުރިޓީ ގާޑާއި ރޫޓުގެ މުވައްޒަފުންގެ އަގު ވަޒަންކޮށް މިއަދު ވަނީ ފައިސާގެ އެހީއެއް ދީފަ އެވެ.