"ރޫޓް" ފިހާރައިން ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް ޖަމާކުރަން މިއަދު ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރެން ބަޔަކު މަސައްކަތް ކުރުމުން އެ ބޭންކްގެ ސެކިއުރިޓީ ގާޑުން އެކަން ހުއްޓުވައި ފައިސާތައް ސަލާމަތް ކޮށްފި އެވެ.
25 އޮކްޓޯބަރ 2020
"ރޫޓް" ފިހާރައިން ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް ޖަމާކުރަން މިއަދު ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރެން ބަޔަކު މަސައްކަތް ކުރުމުން އެ ބޭންކްގެ ސެކިއުރިޓީ ގާޑުން އެކަން ހުއްޓުވައި ފައިސާތައް ސަލާމަތް ކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން އާއްމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފައިސާތައް ފޭރެން މަަސައްކަތްކުރީ ހެލްމެޓު އަޅައި މޫނު ނިވާކޮށްގެން، ދެ ސައިކަލެއްގައި ދިޔަ ބައެކެވެ. ރޫޓުގެ ވޭން ބީއޯސީ ކުރިމައްޗަށް މަޑުކުރި އިރު އެ ގްރޫޕްގެ މީހުން ވެސް ވޭނުގެ ކުރިމައްޗަށް ވާ ގޮތަށް މަޑުކުރާތަން އެ ވީޑިއޯ ތަކުން ފެނެ އެވެ. ވޭނުގެ ތެރެއިން ނެރުނު ފޮށިގަނޑެއް އަތުލައިގެން ދާން އުޅެނިކޮށް، އެކަކު ވެެއްޓޭ މަންޒަރާއި ބޭންކްގެ ގާޑުން އެ މީހާގެ އަތުން ފޮށިގަނޑު އަތުލާ މަންޒަރު ވެސް އާއްމުކޮށްފައިވާ ވީޑިއޯތަކުން ފެނެ އެވެ.
ފުލުހުން ބުނީ ބޭންކަށް ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރެން ބަޔަކު މަސައްކަތްކުރި މައްސަލައެއް މިއަދު މެންދުރު 11:40 އެހާކަށް ހާއިރު ފުލުހުންނަށް ހުށަހެޅި ކަަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެ އެވެ.
ފޭރެން އުޅުނު މީހުންގެ ވަނަވަރު އާއްމުކޮށްފި
ފުރަތަމަ 10 ގައި ގެވެށިއަނިޔާގެ 19 މައްސަލަ
ފިހާރައެއްގެ ވަތްގަނޑުން ވައްކަން ކުރުމުން ބަންދަށް
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ވަގަށް ނެގި 2 މިލިއަން ރުފިޔާގެ ތަކެތި ހޯދައިފި
ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދަށް 15 ދުވަސް
ގެއްލުނު ފަސް ލެޕްޓޮޕް ހޯދައިފި
އެޗްޑީސީން ފަސް ލެޕްޓޮޕެއް ގެއްލިއްޖެ!