ކ. މާފުށީގައި ވައްކަމުގެ ތުހުމަތުވި މީހެއްގެ ގަޔަށް އާންމުންގެ ބަޔަކު ކުލަ ފާޓާއެއް އެޅި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
16 އެޕްރީލް 2025
ކ. މާފުށީގައި ވައްކަމުގެ ތުހުމަތުވި މީހެއްގެ ގަޔަށް އާންމުންގެ ބަޔަކު ކުލަ ފާޓާއެއް އެޅި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ މިމަހުގެ 13 ވަނަ ދުވަހު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށާއި އެކަމަކު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި ފެންނަނީ މަގުމައްޗަށް އެ މީހާ ނެރެ އޭނާ ލައްވައި، އަމިއްލަ ގައިގައި ކުލަ ހާކުވާ މަންޒަރެވެ. އަދި އޭނާ އަމިއްލައަށް ގައިގައި ކުލަ ހާކަމުން ދަނިކޮށް، މީހަކު ގޮސް ކުލަ ފާޓާ އޭނާގެ ބޮލަށް އަޅާލާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
ފަހުން، އެ މީހާ މޫދު ކައިރީގައި އިނދެ ގައިން ކުލަ ފިލުވަން މަސައްކަތްކުރާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ. ކުލަ ފާޓާ އަޅާލި މީހުން އެ މީހާ ކައިރީގައި ތިއްބާ އޭނާ އެތަނުން ގެންދިޔައީ، ފުލުހުންގެ ޕިކަޕަކަށް އަރުވައިގެންނެވެ.
އެނގިފައިވާ ގޮތުގައި ފަހުން އެ މީހާ މާލެ ގެނެސް، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ވެސް ދޭން ޖެހުނެވެ.
އެ ވީޑިއޯގައި ވެސް އޭނާގެ ލޯ ހިރުވާތީ މޫނުގައި އަތްހާކާ މަންޒަރު ފެނެ އެވެ. އެ ވީޑިއޯއާ އެކު ބައެއް މީހުން ވެސް ވަނީ އޭގެ ސަބަބުން ދިމާވާނެ ސިއްހީ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ރޭ ކުރި ޕޯސްޓެއްގައި ވަނީ އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ޒާތުގެ ކަންކަން ނުކުރުމަށާއި އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ވެސް ނުހިންގުމަށް ގޮވާލާ ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި އެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ކުރިއަށް ދިއުމަށް ވެސް އެޗްއާރުސީއެމުން އިލްތިމާސް ކޮށްފައިވެ އެވެ.
ފުރަތަމަ 10 ގައި ގެވެށިއަނިޔާގެ 19 މައްސަލަ
ފިހާރައެއްގެ ވަތްގަނޑުން ވައްކަން ކުރުމުން ބަންދަށް
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ވަގަށް ނެގި 2 މިލިއަން ރުފިޔާގެ ތަކެތި ހޯދައިފި
ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދަށް 15 ދުވަސް
ގެއްލުނު ފަސް ލެޕްޓޮޕް ހޯދައިފި
އެޗްޑީސީން ފަސް ލެޕްޓޮޕެއް ގެއްލިއްޖެ!
ފަށް ޖަހައިގަތް މީހާގެ ބަންދަށް ހަތް ދުވަސް