އަންހެނެއް ގޮތަށް ހެދުން އަޅައިގެން ފިހާރައަކަށް ވަދެ 67،500ރ. ގެ އަގު ހުރި ގަޑިއެއް ވަގަށް ނެގުމަށް ފަހު، އެ ގަޑި ގަތް މީހާގެ އަތުން މިހާރު ގަޑި ހޯދާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
02 ޖޫން 2025
އަންހެނެއް ގޮތަށް ހެދުން އަޅައިގެން ފިހާރައަކަށް ވަދެ 67،500ރ. ގެ އަގު ހުރި ގަޑިއެއް ވަގަށް ނެގުމަށް ފަހު، އެ ގަޑި ގަތް މީހާގެ އަތުން މިހާރު ގަޑި ހޯދާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ގަޑި ވިއްކުމުގައި މަޝްހޫރު ފިހާރައަށް ވަދެ 67،500ރ. ގެ "އޮމެގާ" ބްރޭންޑުގެ ގަޑިއެއް ވަގަށް ނެގި މައްސަލާގައި އައްޑޫ ހުޅުދޫ، އަބުލަޣީގޭ، މުހައްމަދު ސިމާދު ހައްޔަރުކޮށް، ތަހުގީގުގެ ބޭނުމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން 15 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ.
އެ އަގު ބޮޑު ގަޑި ސިމާދު ވަގަށް ނެގީ ސިފަ ނޭނގޭ ގޮތަށް މޫނު ބުރުގާ އަޅައިގެން ފިހާރަތެރެއަށް ވަދެ އެވެ. އެ މަންޒަރު ސީސީޓީވީ އަށް ވެސް ހުރީ އަރައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިއަދު ވިދާޅުވީ ވިއްކާލި ގަޑި މިހާރު ހޯދާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ގަޑި ވަގަށް ނެގި މީހާ އަތުން ގަޑި ގަތީ ވެސް ދިވެއްސެކެވެ.
އެންމެ މަޝްހޫރު ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ އޮމެގާ ބްރޭންޑުގެ އެ ގަޑި ވަގަށް ނެގުމަށް ފަހު، ސިމާދު އެ ވިއްކާލީ 10،000ރ. އަށް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ގަޑި ވަގަށް ނެގި ސިމާދަކީ މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ޖިނާއީ ގިނަ ހައްޔަރު ރެކޯޑް އޮތް މީހެކެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ވިއްކުމާއި ގަތުން އަދި ބޭނުން ކުރުމާއި ކައުންޓަފީޓް ފައިސާ ގެންގުޅުމާއި ސައިކަލް ވަގަށް ނެގުމާއި ހަތިޔާރު ބޭނުންކޮށްގެން ފޭރުމާއި ފިހާރަތަކުން ވައްކަން ކުރުން ހިމެނެ އެވެ.
އެހެންވެ، ގަޑި ވަގަށް ނެގި މައްސަލާގައި ތަހުގީގަށް 15 ދުވަހުގެ މުއްދަތަށް ސިމާދު ބަންދު ކުރުމުގެ ހުއްދަ ދިނީ ވެސް ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެ ކަަމަށް ކަނޑައަޅައިފަ އެވެ.
52 ފަހަރު ހައްޔަރުކުރި ފަވާޒުގެ މައްސަލަ ޕީޖީއަށް
އަންހެން ހެދުން އަޅައިގެން ވައްކަންކޮށްފި
ކަރޯކޭ ސިސްޓަމް ހިފައިގެން މި ދަނީ ކާކު؟
މީހެއްގެ ގަޔަށް ކުލަ އެޅި މައްސަލަ ފުލުހުން ބަލަނީ
ފުރަތަމަ 10 ގައި ގެވެށިއަނިޔާގެ 19 މައްސަލަ
ފިހާރައެއްގެ ވަތްގަނޑުން ވައްކަން ކުރުމުން ބަންދަށް
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ވަގަށް ނެގި 2 މިލިއަން ރުފިޔާގެ ތަކެތި ހޯދައިފި