Roadha Mihaaru
ބޭންކުން ނުކުތް މީހެއް ރަހީނުކޮށް، ފޭރިއްޖެ

ފައިސާ ނަގައިގެން ބޭންކުން ނުކުތް މީހަކު ރަހީނުކޮށް، ފޭރިއްޖެ

28 ޑިސެމްބަރ 2019

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ފައިސާ ނަގައިގެން ނުކުތް މީހަކު ރަހީނުކޮށް، އޭނާގެ އަތުން ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ފައިސާ ނަގައިގެން ނުކުތް މީހަކު ރަހީނުކޮށް، އޭނާގެ އަތުން ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ފޭރުމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފޭރިފައި ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ކުންފުންޏެއްގެ ބިދޭސީ މުވައްޒަފަކު އެސްބީއައި އިން ފައިސާ ނަގައިގެން ނުކުތް ވަގުތު އެވެ.

ބޮޑުތަކުރުފާނު މަގު ނުވަތަ ރިންގްރޯޑް ގައި ހުންނަ އެސްބީއައި ކުރިމަތިން އެ ބިދޭސީ މީހާ ގަދަކަމުން ކާރަކަށް އަރުވައިގެން ހުޅުމާލެ ގެންގޮސް ގެ އަކަށް ވައްދައި ފޭރުނީ ކަމަށް އެ ކުންފުނީގެ މީހަކާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެ އެވެ. އެގޮތުން 130،000ރ. ފޭރިފައިވާ ކަމަށް ވެ އެވެ.

މި އަހަރުގެ ކުރީކޮޅު ބީއެޗްއެމް ޓްރޭޑާސް އިން އެސްބީއައި އަށް ޖަމާކުރަން ގެންދިޔަ 1.3 މިލިއަން ރުފިޔާ ވެސް ވަނީ ބަޔަކު ފޭރިގެންފަ އެވެ.

ގެއްލުވާލާފައިވާ މީހުންނާ ގޮތް ނޭންގޭ މަރުތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ވަނީ އެއީ ހަރުކަށި ދީނީ ފިކުރުގެ ބައެއް ކުރި ކަމެއް ކަމަށް ބުނެފަ އެވެ.

މާލޭގައި ފޭރުން އަނެއްކާ ވެސް އިތުރުވެފައިވާއިރު، އެ ކަމުގެ ތެރޭގައި އެކަކު ހުޅުމާލޭގައި މަރާލާފައިވާއިރު، ރޭ ވަނީ އެހެން މީހަކު ޒަހަމް ކޮށްލައިފަ އެވެ.