05 ޑިސެމްބަރ 2020
ކަޒަކިސްތާނުގެ ގައުމީ އެއާލައިން އެއާ އެސްޓާނާ އިން ރާއްޖެ އަށް ދަތުރުތައް ފަށައިފި އެވެ.
ކަޒަކިސްތާނުގެ ގައުމީ އެއާލައިން އެއާ އެސްޓާނާ އިން ރާއްޖެ އަށް ދަތުރުތައް ފަށައިފި އެވެ.
އެއާ އެސްޓާނާ އިން ރާއްްޖެ އަށް ކުރި ފުރަތަމަ ދަތުރުގައި މިއަދު މެންދުރު ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ އެއާބަސް އޭ 321 އެލްއާރް މަރުކާގެ މަތިންދާބޯޓެކެވެ. އެއީ 166 މީހުންގެ ޖާގައިގެ ބޯޓެކެވެ. އެގޮތުން ބިޒްނަސް ކްލާސް 16 ސީޓާއި އިކޮނޮމީ ކްލާސް 150 ސީޓް އެބޯޓުގައި ހުރެ އެވެ.
އެ އެއާލައިނުން މިދިޔަ މަހު 11 ގައި ބުނެފައިވާ ގޮތުގައި އެ އެއާލައިނުން ރާއްޖެ އަށް އާއްމު ގޮތެއްގައި އޮޕަރޭޓްކުރާނީ މި މަރުކާގެ ބޯޓުތަކެވެ. އެހެން ނަމަވެސް މިހާރު ޑިމާންޑު ބޮޑުވެފައި ވާތީ މި މަހު 16 އިން ފެށިގެން އަންނަ މަހުގެ 16 އާ ހަމައަށް އޮޕަރޭޓް ކުރާނީ ބޯއިން 767 މަރުކާގެ ބޯޓުތައް ކަމަށް ވެސް އޭރު ބުންޏެވެ. އެ އެއާލައިނުން ހަފްތާއަކު ތިން ދަތުރުކުރާނެ އެވެ. އެއީ ހޮނިހިރު، ބުދަ އަދި ހޯމަ ދުވަހު އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ރާއްްޖެ އާއި އެހެން ގައުމުތަކުން އެޅި ފިޔަވަޅުތަކާ އެކު ހުއްޓިފައި އޮތް ޓޫރިޒަމް އިންޑަސްޓްރީ އަލުން ހިންގަން ފެށީ މިދިޔަ ޖުލައި މަހު އެވެ. ފުރަތަމަ ހުޅުވުމާ އެކު ރާއްޖެ އަށް ގިނަ ބަޔަކު ނައި ނަމަވެސް ޓޫރިސްޓް އެރައިވަލް މިހާރު އަންނަނީ އިތުރުވަމުންނެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ހެދި ދެވަނަ ފަހަރަށް ދަތުރު ހުއްޓާލުމަށް ފަހު އިނގިރޭސިވިލާތުގެ ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ވެސް މިއަދު އަލުން ފެށި އެވެ. އެ އެލާއިންގެ ފުރަތަމަ މަތިންދާބޯޓުން ރާއްޖެ އަށް 250 މީހުން އައިކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
A joyous welcome to the flagship carrier of Kazakhstan.@airastana landed @VelanaAirport today at 0708hrs with 156 passengers.
— Maldives Airports Company Ltd - MACL (@MACLmedia) December 5, 2020
#SunnySideOfLife#VisitMaldives pic.twitter.com/gFnCW7qXsz
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވުމުން މިދިޔަ އޮކްޓޯބަރު މަހު ބްރިޓިޝް އެއާވެސް އިން ރާއްޖެއަށް ދަތުރު ފެށި އެވެ. އެކަމަކު އިނގިރޭސިވިލާތުގައި ކޮވިޑުގެ ކޭސްތައް އިތުރުވެ ލޮކްޑައުންއަކަށް ދިއުމުން ދަތުރުތައް މެދުކަނޑާލީ އެވެ.
Our old friend @British_Airways resumes its operations to @VelanaAirport with 250 passengers today. pic.twitter.com/zpRfffCge8
— Maldives Airports Company Ltd - MACL (@MACLmedia) December 5, 2020
ބްރިޓިޝް އެއާވޭސް އިން ވަނީ އެ އެއާލައިނުން ދަތުރު ކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. އޮންލައިންކޮށް ޗެކިން ކުރުމާއި ބޯޑިން ފާސް ހޯދުމުގެ އިތުރުން އަމިއްލަ އަށް ބޯޑިން ފާސް ސްކޭން ކުރެވެ އެވެ. ދަތުރު ކުރާ މީހުން ކޮންމެ ހަތަރު ގަޑިއަކުން މާސްކު ބަދަލު ކުރަން ޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ސީޝެލްސްގެ އެއާ ސީޝެލްސް އިން ވެސް މިއަދު ރާއްޖެ އަށް ދަތުރުތައް ފެށި އެވެ. އެ އެއާލައިން އިން މިއަދު އައީ 30 މީހުންނެެވެ.
އާ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ތައާރަފްކުރަނީ
މަހުޖަނުން އަމިއްލަ ޖެޓުތަކުގައި ރާއްޖެ އަށް
އެއާޕޯޓުގައި ޖެޓްތައް ޕާކުކުރާނެ ޖާގަ އިތުރުކޮށްފި
މި ޓާމިނަލް ނުނިންމައި އެހެން ކަމެއް ކުރާނެކަމެއް ނެތް
އެއާޕޯޓުން 9 ޓޫރިސްޓް ކައުންޓަރު ކުއްޔަށްދެނީ
ތޮއްޖެހޭތީ އެއާޕޯޓް އަވަހަށް ހުޅުވަން މަޝްވަރާކުރަނީ
އެއާޕޯޓު ބިޒީވުމުން އަލުން ދަތުރުތައް ވެސް ނުފެށިފައި!
ހުއްޓާލި ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ފަށައިފި
ޓްރެފިކް ބާރު ބޮޑު ދެ ދުވަހަށް ތައްޔާރު: އެމްއޭސީއެލް
"ހިދުމަތް އަވަސް ކުރަންދަތީ އުސޫލުގައި ހިފަހައްޓާތީ"