30 ނޮވެމްބަރ 2023
އަރަބިއްޔާ ސްކޫލްގެ ޓީޗަރެެއް ކަމަށްވާ ޒަމްޒަމް ފާރިޝް، އެ ސްކޫލްގެ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފި އެވެ.
އަރަބިއްޔާ ސްކޫލްގެ ޓީޗަރެެއް ކަމަށްވާ ޒަމްޒަމް ފާރިޝް، އެ ސްކޫލްގެ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފި އެވެ.
މި ކަމުގައި ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ނުލިބެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ރިޕޯޓް ފުލުހުން އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ކުރީގެ ސަރުކާރުގެ މުއްދަތު މި މަހުގެ 17 އަށް ހަމަވެ، މިހާރުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުގެ ސަމާލުކަމަށް އެ މައްސަލަ ގެނައީ އޭގެ ތިން ދުވަސް ފަހުން މި މަހުގެ 19 ގަ އެވެ.
އެ މައްސަލަ ބަލަމުން އަންނައިރު "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޒަމްޒަމް ފާރިޝް ވަނީ ވަކި ހިސާބަކުން އަރަބިއްޔާ ސްކޫލުން ވަކިވާން ނިންމައިފަ އެވެ. އެކަމަކު، ސަބަބެއް ސާފެއް ނުވެ އެވެ.
އެ ކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، ސްކޫލާއި ކުދިންގެ ކަރާމާތަށް ގެއްލުން ނުވާ ގޮތަށް އެފަދަ މައްސަލަތަކުގައި އެ މިނިސްޓްރީން ފިޔަވަޅު އަޅާ ކަމަށެވެ. ތުހުމަތު ރައްދުވާ ޓީޗަރު ސަސްޕެންޑް ނުކޮށް ވެސް ބައެއް މައްސަލަތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގައި ޖިނާއީ މައްސަލައެއް އޮތިއްޔާ އެ މައްސަލަ ޕޮލިހުން ބަލައި ފިޔަވަޅު އަޅާނެ. އެ ޔަގީންކަން އަޅުގަނޑުމެންގެ އެބައޮތް،" އޮފިޝަލް ވިދާޅުވި އެވެ.
"މިހާރު" އަށް ޔަގީންވާ ގޮތުގައި މި މަހުގެ ކުރީކޮޅު ފުލުހަށް ހުށަހެޅި މައްސަލައިގެ ތަހުގީގު އަންނަނީ ހިންގަމުންނެވެ. ބައެއް ދަރިވަރުންގެ ބަޔާންތައް ނަގާފައިވާއިރު، ޒަމްޒަމް ފާރިޝް އަށް އެ ދަރިވަރުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ޒަމްޒަމް ފާރިޝް އަށް ތުހުމަތު ކުރަނީ އަންހެން ދަރިވަރުންނަށް އެކި ކަހަލަ ޖިންސީ ފުރައްސާރައަށްވާ ގޮތަށް އެކި ވާހަކަތައް ދައްކައި ގުޅުން ބަދަހިކުރަން އެކި ގޮތްގޮތުން މުއާމަލާތްކުރުމުގެ ތުހުމަތެވެ.
ބައެއް ފިރިހެން ކުދިންނަށް ފުރައްސާރަކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ޒަމްޒަމް ފާރިޝް އަށް ކުރެ އެވެ.
ފުރާއްސާރައާ ކުރިމަތިވި ބައެއް ދަރިވަރުން ވަނީ ސްކޫލްގެ ޓީޗަރުންނާ ވެސް އެ ވާހަކަތައް ހިއްސާކޮށްފަ އެވެ. ސްކޫލްގެ ސަމާލުކަމަށް އެކަން އައީ އެ ހިސާބުން ކަމާއި އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅުމުން، އެ މިނިސްޓްރީން ޖެންޑާ މިނިސްޓްރީއާ ގުޅިގެން މައްސަލަ ފުލުހުންގެ އިދާރާ އަށް ހުށަހެޅީ ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން ބުންޏެވެ.
މިކަމާ ގުޅިގެން ޒަމްޒަމް ފާރިޝްގެ ބަހެއް ހޯދުމަށް އޭނާ އަށް ފޯނަށް ގުޅައި މެސެޖުކުރުމުން ވެސް ޖަވާބެއް ނުދެއްވި އެވެ.
ޒަމްޒަމް ފާރިޝް އަކީ މިދިޔަ ސަރުކާރުގައި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކަށް ގޮންޖަހައި ފާޑުކިޔުމުގެ ސަބަބުން ވަޒީފާ އިން ސަސްޕެންޑް ވެސް ކުރި ޓީޗަރެކެވެ. އެކަމަކު، މިދިޔަ އަހަރުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ އޭނާ ސަސްޕެންޑް ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިފަ އެވެ.
އޭނާ ސަސްޕެންޑް ކުރުމުގެ ކުރިން ވެސް އެ ބާވަތުގެ ކަންކަމުގައި ހާޒިރުކޮށް، އިރުޝާދުދީ ނަސޭހަތްތެރިވެފައިވާ ކަމަށް ވެސް އޭރު އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެ އެވެ.
ޒަމްޒަމްއަށް ފިޔަވަޅު އަޅާނީ އިތުރު މައުލޫމާތު ލިބުމުން
އަލީ ވަހީދު އަދި އިސްތިއުފާއެއް ނުދެއްވާ!
ދަރިވަރުންނާ ބެހުނު ތުހުމަތަށް 3 ޓީޗަރަކު ސަސްޕެންޑް!
މަގުމަތިން ފޮށުނު ދުވަސްވީ ފިރިހެނަކު ބޭޒާރުކޮށްލައިފި
އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް އާރުސީސީއަށް
ދަރިފުޅާ ބެހުނު ކަމުގެ ތުހުމަތުވި ބައްޕަ ހައްޔަރުކޮށްފި
ދަރިފުޅާއި އިތުރު ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް
އަރަބިއްޔާ އެޅުންލަސްވީ 80 މިލިއަން ސަލާމަތް ކުރަން
ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފި
ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލައެއް