04 ޑިސެމްބަރ 2023
އަރަބިއްޔާ ސްކޫލްގެ ޓީޗަރެެއް ކަމަށްވާ ޝައިހް ޒަމްޒަމް ފާރިޝް އެ ސްކޫލްގެ ކުދިންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ފިޔަވަޅު އަޅާނީ ލިބޭ އިތުރު މައުލޫމާތަށް ބެލުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
އަރަބިއްޔާ ސްކޫލްގެ ޓީޗަރެެއް ކަމަށްވާ ޝައިހް ޒަމްޒަމް ފާރިޝް އެ ސްކޫލްގެ ކުދިންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ފިޔަވަޅު އަޅާނީ ލިބޭ އިތުރު މައުލޫމާތަށް ބެލުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ޒަމްޒަމް ފާރިޝްގެ މައްސަލަ އެ މިނިސްޓްރީން ފުލުހުންގެ އިދާރާ އަށް ހުށަހެޅީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިދިޔަ މަހުގެ 8 ގަ އެވެ. އެ ވެރިކަން ބަދަލުވުމުގެ ހަތަރު ވަރަކަށް ދުވަސް ކުރިން ފުލުހުންގެ ރިޕޯޓް އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅި ނަމަވެސް އޭރުގެ މިނިސްޓަރު ޑރ. އާއިޝަތު އަލީ ވެސް ދައުރު ނިންމާލެއްވީ ރިޕޯޓުން ފެނިވަޑައިގެންނެވި ވާހަކަތަކުގެ އަލީގައި ޒަމްޒަމް ފާރިޝް އަށް އެއްވެސް ފިޔަވަޅެއް ނާޅުއްވަ އެވެ.
މުވައްޒަފުންނަށް ކުރާ އެފަދަ ތުހުމަތު ތަކުގައި އެންމެ ފުރަތަމަ އަޅާ ފިޔަވަޅަކީ ސަސްޕެންޑް ކުރުމެވެ.
ޒަމްޒަމް ފާރިޝް އަށް ކުރާ ތުހުމަތުގެ މައްސަލަ އަށް މަހެއްހާ ދުވަސް ވެފައި ވާއިރު އެއްވެސް ފިޔަވަޅެއް ނާޅަނީ ކީއްވެތޯ "މިހާރު" އިން ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ވިދާޅުވީ، ފިޔަވަޅު އަޅާނީ ލިބޭ އިތުރު މައުލޫމާތަށް ބެލުމަށް ފަހު ކަމަށެވެ.
ޖިންސީ ފުރައްސާރަކުރި ކަމަށް ކުރާ ތުހުމަތުތަކަށް ޒަމްޒަމް ފާރިޝް ވަނީ އިންކާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ތުހުމަތު ކުރަނީ ފްރޭމްކުރަން ކަމަށެވެ.
ޒަމްޒަމް ފާރިޝް ވިދާޅުވީ މިއީ ސީރިއަސް ތުހުމަތަކަށް ވިޔަސް މިފަދަ މައްސަލަތަކުގައި މީގެ ކުރިން އަވަސް ފިޔަވަޅު އަޅާ ގޮތަށް މިހާތަނަށް އެއްވެސް އިދާރާއަކުން އޭނާއާ އެއްވެސް ސުވާލެއް ނުކުރާ ކަމަށެވެ.
"މީޑިއާ އިން އަޅުގަނޑަށް ވެސް މި އެނގުނީ. މިހާ ދުވަސް ވެފައިވާ އެ ކަހަލަ މައްސަލައެއްގައި އެ ވަރުގެ ތުހުމަތެއް ކުރާއިރު ކޮންމެވެސް އެއްތާކުން އަޅުގަނޑާ ސުވާލު ކުރާނެ ނޫންތޯ؟. އެތައް ކުދިންތަކަކަށް ފުރައްސާރަ ކުރި ކަމަށް ބުނާއިރު، އެއްވެސް ތަނަކުން އަޅުގަނޑާ އެއްވެސް ސުވާލެއް ނުކުރޭ. މައްސަލައެއް ހުށަހަޅާފައި އޮތް ކަމަކަށް ވެސް ނާންގާ،" އޭނާ މިދިޔަ ހުކުރު ދުވަހު "މިހާރު"އަށް ވިދާޅުވި އެވެ.
އަރަބިއްޔާއިން ވަކިވާކަށް ނުނިންމަން، ތުހުމަތު އަޅުވަނީ ފްރޭމްކުރަން: ޒަމްޒަމް ފާރިޝް https://t.co/MVXMEFBl1q
— Mihaaru (@Mihaarunews) December 1, 2023
ޒަމްޒަމް ފާރިޝްއަކީ އަކީ މިދިޔަ ސަރުކާރުގައި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކަށް ފާޑުކިޔުމުގެ ސަބަބުން ވަޒީފާ އިން ސަސްޕެންޑް ވެސް ކުރި ޓީޗަރެކެވެ. އެކަމަކު، މިދިޔަ އަހަރުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ އޭނާ ސަސްޕެންޑް ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިފަ އެވެ.
އޭނާ ސަސްޕެންޑް ކުރުމުގެ ކުރިން ވެސް އެ މައްސަލާގައި ހާޒިރުކޮށް، ނަސޭހަތްތެރިވި އެވެ.
އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް އާރުސީސީއަށް
އަރަބިއްޔާ އެޅުންލަސްވީ 80 މިލިއަން ސަލާމަތް ކުރަން
އަރަބިއްޔާގެ ހުރިހާ މާއްދާތަކަށް ދިވެހި ޓީޗަރުން!
އަރަބިއްޔާ ކުދިންގެ ރައްކާތެރިކަން ކަށަވަރު: މިނިސްޓްރީ
ޒަމްޒަމް ފާރިޝްއަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު
އަރަބިއްޔާގެ އާ އިމާރާތަށް ޖާގަ ތަނަވަސް ބިމެއް ދީފި
ރިޔާޒު، މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަނުގައި ހަ މަސް
ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ޓީޗަރަކު ހައްޔަރު ކޮށްފި
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ރިޔާޒު ސަސްޕެންޑް
ދަރިވަރުންނާ ބެހުނު ތުހުމަތަށް 3 ޓީޗަރަކު ސަސްޕެންޑް!