21 ނޮވެމްބަރ 2022
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު، މުސާރަ ލިބިވަޑައިގަންނަވާ ގޮތަށް ސަސްޕެންޝަނުގައި ހުންނަވާތާ ހަ މަސްވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު، މުސާރަ ލިބިވަޑައިގަންނަވާ ގޮތަށް ސަސްޕެންޝަނުގައި ހުންނަވާތާ ހަ މަސްވެއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން "މިހާރު" އަށް މިއަދު ވިދާޅުވީ އެ އޮފީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ރިޔާޒު އަދި ވެސް ހުންނެވީ ސަސްޕެންޝަނުގައި ކަމަށެވެ. އެކަމަކު، އެ މައްސަލައިގައި ތަހުގީގު ކުރިއަށް ގޮސްފައިވާ ވަރުގެ ތަފްސީލެއް ނުދެއްވަ އެވެ.
އެނގިފައިވާ ގޮތުގައި، މޭ 29، 2022 ގައި ރިޔާޒު ސަސްޕެންޑުކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތުހުމަތު ކުރެވޭތީ އެވެ. އޭނާ ސަސްޕެންޝަނުގައި ހުންނަވަނީ މުސާރަ ލިބޭ ގޮތަށް ކަން ވެސް އެނގިފައި ވެ އެވެ.
އެ މައްސަލައާ ގުޅިގެން ރިޔާޒު ކުރިން ވިދާޅުވީ ބަލަމުންދާ މައްސަލައެއްގަ ގޭގައި މަޑުކުރަން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަންގަވާފައިވާ ކަމަށެވެ. އެ ދުވަހު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ވަގުތާ ހަމައަށް ސަރުކާރުގެ އެއްވެސް ފަރާތަކުން ސުވާލު ކޮށްފައި ނުވާ ކަމަށެވެ.
"ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެކަން ރައްޔިތުންނަށް ޔަގީންކަން އަރުވަން. ސިޔާސީ ބޭނުމަށް އަބުރު ކަތިނުލުމަށް އެދެން،" ރިޔާޒްގް ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ. ސަސްޕެންޝަނާ ގުޅޭ ގޮތުން ރިޔާޒު ފަހުން ވާހަކައެއް ނުދައްކަވަ އެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މަގާމަށް ވަޑައިގެންނެވި ރިޔާޒަކީ އެމްއެންޕީގެ ނައިބު ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ބޭބެ އެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ރިޔާޒު ސަސްޕެންޑް
ޒަމްޒަމްއަށް ފިޔަވަޅު އަޅާނީ އިތުރު މައުލޫމާތު ލިބުމުން
ބޮޑު ތުހުމަތެއް ކުރި 2ބޭފުޅަކު އެހެން މިނިސްޓްރީއަކަށް
ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ޓީޗަރަކު ހައްޔަރު ކޮށްފި
ފިޝަރީޒްގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ސަސްޕެންޑުކޮށްފި
ސްމިތު ފުރައްސާރައިގެ ޓްވީޓެއް ކުރި މައްސަލަ ބަލަނީ
ޓޫރިޒަމްގެ ޕޮލިސީ ޑައިރެކްޓަރު ހައްސާން ވެސް ވަކިކޮށްފި
ދަރިވަރުންނާ ބެހުނު ތުހުމަތަށް 3 ޓީޗަރަކު ސަސްޕެންޑް!
18އަހަރުގެ އަންހެނަކަށް ޖިންސީގޯނާކުރި މީހަކު ހައްޔަރު
އަލީ ވަހީދަށް މިހާރު އަޅާނެ ފިޔަވަޅެއް ނެތް: އެމްޑީޕީ