އުތުރުގެ އަތޮޅުގެ ރަށެއްގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރާތާ ހަތަރު މަސްވީއިރު ވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ބުނެފި އެވެ.
އުތުރުގެ އަތޮޅުގެ ރަށެއްގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރާތާ ހަތަރު މަސްވީއިރު ވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ބުނެފި އެވެ.
ފުލުހުން މިއަދު ބުނިގޮތުގައި ނޯތު ޕޮލިސް ރީޖަން (ނ، ރ، ބ އަދި ޅ އަތޮޅު) ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ތިބި ބަޔަކު 17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ރިޕޯޓު މިދިޔަ ޖެނުއަރީ މަހު ލިބިފައިވާ ކަމަށެވެ.
އެ މައްސަލަ ގުޅުން ހުރި އިދާރާތަކާ އެކު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، މައްސަލަ ތަހުގީގު ކުރަމުންދާތާ ހަތަރު މަސް ވެފައިވާއިރު، މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.
އެހެންވެ، އެ މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ކުޑަކުއްޖަކު ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރަށް
ޖިންސީ ގޯނާގެ ތުހުމަތަށް ދޮންބައްޕައަކު ހައްޔަރުކޮށްފި
11 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް
ކުއްޖަކަށް ޖިންސީގޯނާކުރި 73 އަހަރުގެ މީހަކު ހައްޔަރު
ހަ ކުދިންނާ ބެހުނު މީހާ ޝަރީއަތް ނިމެންދެން ބަންދަށް!
ކުއްޖަކާ ބެހުނު މައްސަލައެއްގައި ހޯދާ މީހާ ހައްޔަރު
ދުވަސްވީ މީހާ ދޫކޮށްލަން އެދި ޕެޓިޝަނެއް
ހަ އަހަރުގެ ކުއްޖާއަށް އިތުރު މީހަކު ގޯނާކުރިތޯ ބަލަނީ
ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ
ޖިންސީގޯނާގެ ތުހުމަތުކުރެވޭ މީހަކު ދޫކޮށްލައިފި