Roadha Mihaaru
ޖިންސީ ގޯނާގެ ތުހުމަތަށް ދޮންބައްޕައަކު ހައްޔަރުކޮށްފި

13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތަށް ދޮންބައްޕައަކު ހައްޔަރުކޮށްފި

24 އެޕްރީލް 2023

ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތަށް އެ ކުއްޖާގެ ދޮންބައްޕަ ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތަށް އެ ކުއްޖާގެ ދޮންބައްޕަ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ދެކުނު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ރިޕޯޓެއް މި މަހުގެ 12 ވަނަ ދުވަހު ލިބިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޖެހިގެން އައި ދުވަހު އުމުރުން 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް "މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކުރީ އެ ކުއްޖާގެ ދޮންބައްޕަ އެވެ.

ޖިންސީ ގޯނާގެ މައްސަލަ ތަހުގީގުކުރުމަށް ފިރިހެންމީހާ 30 ދުވަހުގެ މުއްދަތަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.