Roadha Mihaaru
11 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް

ގެސްޓްހައުސް އަކަށް ގެންގޮސް 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

24 އެޕްރީލް 2023

ދެކުނުގެ ރަށެއްގައި ގެސްޓް ހައުސްއަކަށް ކުޑައަންހެން ކުއްޖަކު ގެންގޮސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދެކުނުގެ ރަށެއްގައި ގެސްޓް ހައުސްއަކަށް ކުޑައަންހެން ކުއްޖަކު ގެންގޮސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

މީޑިއާ ގްރޫޕަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ދެކުނު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ރިޕޯޓެއް ރޭ 11:00 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އެކަކަކީ އަންހެން ކުއްޖާއާ އާއިލީ ގުޅުން އޮންނަ މީހެކެވެ.

އޮފިޝަލް ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރީ އުމުރުން 63 އަހަރުގެ ފިރިހެނަކު ކަމަށެވެ. އުމުރުން 25 އަހަރުގެ ފިރިހެނަކު ވެސް މީގެ އިރުކޮޅެއް ކުރިން ހައްޔަރުކުރި އެވެ. އެނގިފައިވާ ގޮތުގައި އެއީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހެކެވެ.

އެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލަ ތަހުގީގު ކުރާތީ އިތުުރު ތަފްސީލެއް އަދި ނުލިބެ އެވެ. އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި އަންހެން ކުއްޖާ އަށް ޖިންސީ ގޯނާކުރީ އެ ރަށުގެ ގެސްޓް ހައުސްއަކަށް ގެންދިއުމަށް ފަހު އެވެ.