Roadha Mihaaru
ކުއްޖަކަށް ޖިންސީގޯނާކުރި 73 އަހަރުގެ މީހަކު ހައްޔަރު

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި 73 އަހަރުގެ މީހަކު ހައްޔަރުކޮށްފި

31 ޖެނުއަރީ 2023

މެދު ރާއްޖެތެރޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މެދު ރާއްޖެތެރޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ކ. އއ. އދ. އަދި ވ. އަތޮޅު ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ އެ މައްސަލައިގެ ރިޕޯޓް ލިބުނީ ރޭ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކުޑަކުއްޖަކާ ގުޅޭ މައްސަލައަކަށް ވާތީ، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ފުލުހުން ކުއްޖާގެ ދިރިއުޅޭ އަތޮޅާއި ރަށް ހާމައެއް ނުކުރެ އެވެ.

އުތުރުގެ ރަށެއްގައި އުމުރުން 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 60 އަހަރުގެ މީހަކު ވެސް އިއްޔެ ހައްޔަރުކުރި އެވެ.