Roadha Mihaaru
ޖިންސީ ގޯނާގެ ތުހުމަތު އެޅުނު ދެ މީހުން ދޫކޮށްލައިފި

ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮޮށްލައިފި

27 ޖޫން 2020

ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި އެވެ.

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ އެ މީހާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 39 އަހަރުގެ ދިވެހި ދެ ފިރިހެނެކެވެ.

ފުލުހުން ބުނީ އެ ދެ މީހުން ދޫކޮށްލީ ތަހުގީގަށް ހައްޔަރު ކޮށްފައި ބޭތިއްބޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށެވެ. އެކަމަކު އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެ ދެ މީހުން ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. އެކަމަކު އެ މީހުންނާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އާންމެއް ނުކުރެ އެވެ. އެހެންކަމުން އެއީ ސަފާރީގެ ފަޅުވެރިންކަމެއް، އެ އަންހެންމީހާއާ އެކު އެއަށް ޒިޔާރަތްކުރި ބައެއް ކަމެއް ވެސް ނޭނގެ އެވެ.