28 ޖޫން 2020
ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ދެ މީހަކު ވެގެން ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެއްވެސް ނުފޫޒެއް ނެތި ތަހުގީގު ކުރާނެ ކަމަށް ފުލުލުން މިރޭ ބުނެފި އެވެ.
ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ދެ މީހަކު ވެގެން ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެއްވެސް ނުފޫޒެއް ނެތި ތަހުގީގު ކުރާނެ ކަމަށް ފުލުލުން މިރޭ ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު ފަހެއް ޖަހަން އުޅެނިކޮށް، ފުލުހުންނަށް ރިޕޯޓުކުރި މި މައްސަލައިގެ ތުހުމަތަށް އުމުރުން 39 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކުރި ނަމަވެސް ފުލުހުން ވަނީ އެ ދެ މީހުން އިއްޔެ ދޫކޮށްލައިފަ އެވެ. އެ ދެ މީހުންނަކީ ވެސް ސިޔާސީ ބާރުގަދަ ބަޔަކާ ގުޅުން އޮތް ބައެއް ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ. ފުލުހުން މި މައްސަލައިގައި އަމަލު ކުރި ގޮތުން އާންމުންގެ ފާޑުކިޔުން އިންތިހާ އަށް ވަނީ ބޮޑުވެފަ އެވެ.
އާންމުން ސުވާލު އުފެއްދި އެއް ކަމަކީ ގަދަކަމުން ޖިންސީ ގުޅުން ހިންގި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި ދެ މީހުން ކޯޓަށް ވެސް ނުގެން ގޮސް ދޫކޮށްލުމެވެ. އެ މީހުން ދޫކޮށްލަން ޖެހުނީ ސިޔާސީ ނުފޫޒުގެ ސަބަބުން ކަމަށް ވެސް ތުހުމަތު ކުރެ އެވެ. އާންމުކޮށް އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފުލުހުން ކޯޓަށް ގެންދެ އެވެ. އެކަމަކު، ސިޔާސީ މީހަކާ ގާތް ގުޅުމެއް އޮތް މީހަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މި މައްސަލައިގެ ތަހުގީގުގެ މިހާ ކުރީކޮޅު ބަންދުން ދޫކޮށްލުމުން އެތައް ބަޔަކު ސުވާލު އުފައްދަ އެވެ.
Jinsee goanaage massala hoonuve, aamun rulhigadha vejje!
The most trusted news source in the Maldives
Mihaaru
އާންމުން ރުޅިގަދަވެ ސުވާލުތަކެއް ކުރުން
އާންމުންނާއި މީޑިއާގެ ފިއްތުންތައް ބޮޑުވެފައި އޮއްވައި، ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 27 އަހަރުގެ އެ އަންހެންމީހާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގި މައްސަލައެއް ހުށަހަޅައިފައި ވަނީ ހުކުރު ދުވަހުގެ ފަތިހު ފަހެއް ޖަހާކަންހާއިރު ހުޅުމާލެ، ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެން މީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުން ފިލުވުމުން ކަމަށެވެ.
އަންހެން މީހާއާ ހަވާލާދީ ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދައުވަތަކަށް އެ އަންހެން މީހާ ސަފާރީ އަށް ގޮސް އެ މައްސަލާގައި ތުހުމަތު ކުރެވޭ ދެ ފިރިހެނުންނާ އެކު ވަގުތު ހޭދަ ކުރި ކަމަށެވެ.
"އަދި އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާ ކުރި ކަމަށާއި، އެ މީހުންގެ އަމަލުތައް ހުރި ގޮތުން އެފަދަ އަމަލެއް ތަކުރާރު ކޮށްފާނެތީ ސަލާމަތްވުމުގެ ގޮތުން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެ މީހުން އައިސް އޭނާ ޑިންގީ އަށް ނަގައިގެން ގެނެސް ޖެޓީ އަށް ބޭލީ ކަމަށް،" އަންހެން މީހާއާ ހަވާލާދީ ފުލުހުންގެ ބަޔާނުގައިވެ އެވެ.
އަންހެން މީހާގެ މެޑިކަލް އެސެސްމަންޓު ނުހަދާ ކަމަށް ބައެއް މީހުން ބުނި ނަމަވެސް، ފުލުހުންގެ ބަޔާނުގައިވާ ގޮތުން، އެ މީހާ ހުކުރު ދުވަހުގެ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ވަނީ ދައްކައިފަ އެވެ. ނަމަވެސް އެ ރިޕޯޓުގެ ނަތީޖާއާ ގުޅޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ނުބުނެ އެވެ.
Jinsee goanaa ge thuhumathah fuluhun ihumaaluvi tho minivan muassasaa Committee in balanee
The most trusted news source in the Maldives
Mihaaru
ފުލުހުން އިހުމާލުވިތޯ ކޮމެޓީން ބަލަނީ
ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމާ ގުޅިގެން ފާޑުކިޔުން އަމާޒު ވެފައިވާއިރު، ފުލުހުންގެ ބަޔާނުގައި ބުނީ އެ މީހުން ދޫކޮށްލާފައިވަނީ އެ ވަގުތާ ހަމައަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށެވެ. މިއީ ކުރިން ވެސް ފުލުހުން ބުނަމުން އައި ވާހަކަ އެކެވެ.
މި މައްސަލައިގައި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަނިޔާ ލިބުނު އަންހެން މީހާއާ ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުން ގެނެސް ދީފައިވާ ޚަބަރުތައް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ. ބަޔާނުގައި ބުނީ، މި މައްސަލައާ ގުޅިގެން އެއްވެސް މީޑިއާއަކަށް އަންހެންމީހާގެ ފަރާތުން އެއްވެސް މައުލޫމާތެއް ދީފައި ނުވާނެ ކަމަށް އެ އަންހެން މީހާ ބުނާ ކަމަށެވެ. މީޑިއާގައި އޭނާގެ ފޮޓޯ ހާމަކޮށް، ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުންދާތީ ކަންބޮޑުވުން ފާޅުކޮށް، އޭނާގެ ފޮޓޯ އާއި މައުލޫމާތު މީޑިއާ އިން ނަގައިދިނުމަށް އެދިފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"މިފަދަ ނާޒުކު މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ހަގީގަތާ ހިލާފަށް އަދި އަނިޔާ ލިބިފައިވާ މީހާއަށް އިތުރު އުނދަގޫ ކުރިމަތިވާ ގޮތަށް މައުލޫމާތު ނުފެތުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިލްތިމާސްކުރަން. އަދި މީސް މީޑިއާގައި މިފަދަ މައުލޫމާތު ދައުރުކުރުމުގައި ވެސް ކަމުގެ ހަގީގަތް އޮޅުންފިލުވައި ޒިންމާދާރު ކަމާއެކު މައުލޫމަތު އާންމު ކުރުމަށް ނަސޭހަތްތެރިވަން،" ބަޔާނުގައި ބުނެފައިވެ އެވެ.
ކެންޔާގެ އެ އަންހެން މީހާ ދިން ކަމަށް ބުނާ އިންޓަވިއުއަކާ ހަވާލާ ދީ، މީޑިއާއަކުން ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން އެކު އޭނާ ރޭޕް ކޮށް އަނެކަކު ވަނީ ރޭޕް ކުރަން ތަކުރާރުކޮށް މަސައްކަތް ކޮށްފަ އެވެ. އޭނާ ތުހުމަތުކޮށްފައިވާ ގޮތުގައި އެ އަމަލު ހިންގާފައި ވަނީ ސިޔާސީ ގޮތުން ބާރުގަދަ ބަޔަކާ ގުޅުން އޮތް ދެ މީހުންނެވެ. އަދި އެ ވާހަކަ ބުނެފައި ވަނީ ވެސް އެ ދެ މީހުން އަމިއްލަ އަށް ކަމަށް އޭނާ ބުނެ އެވެ. އަންހެންމީހާ ބުނެފައިވާ ގޮތުގައި އެ މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާ އެކު، އެ މައްސަލަަ ފުރަތަމަ ބަލަމުން ދިޔައީ ވަރަށް ރަނގަޅަށެވެ. އެކަމަކު ފަހުން އެކަން ބަދަލުވީ ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.
އެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ސުވާލު އުފެދޭތީ އެކަން ބަލަން ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމައިފަ އެވެ. އަދި އެ މައްސަލަ ބަލައި ދިނުމަށް އެދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ.
ތަހުގީގު ފުރިހަމަކޮށް ސަފާރީ ކޭސް އަލުން ޕީޖީއަށް
ސަފާރީ ކޭސް:"ދައުވާކުރެވޭ ވަރަށް ކުރިއެރުން ލިބިއްޖެ"
ތަހުގީގަށް ސަފާރީއަށް އެރީ މެންދުރެއްހާއިރު: ޕޮލިސް
ތުހުމަތު ކުރެވޭ ދެ މީހުން ބަނގުރަލަށް ޓެސްޓެއް ނުކުރޭ
ޖިންސީ ގޯނާގެ މައްސަލައިގައި އިދިކޮޅުގެ ރުޅި އިމްރާނަށް
ވިކްޓިމް ބޭނުން ނަމަ ކޮމިޓީ އަށް ހާޒިރުކުރަނީ
ވިކްޓިމްގެ އިންޓަވިއު: "ޖިންސީ ގުނަވަނުގައި އަަތްލި"!
ސަފާރީގައި ޖިންސީ ގޯނާކުރި މައްސަލަ ކޮމިޓީން ބަލަނީ
ޖިންސީ ގޯނާގެ ތުހުމަތު އެޅުނު ދެ މީހުން ދޫކޮށްލައިފި
ބިދޭސީ އަންހެނަކަށް ޖިންސީގޯނާކުރި ބަޔަކު ހައްޔަރުކޮށްފި