Roadha Mihaaru

ސަފާރީގައި ޖިންސީ ގޯނާކުރި މައްސަލަ ޖެންޑާ ކޮމިޓީން ބަލަނީ

ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައިވާ އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމައި، މާދަމާ އަށް އެޖެންޑާ ކޮށްފި އެވެ.

ސަފާރީގައި ޖިންސީ ގޯނާކުރި މައްސަލަ ކޮމިޓީން ބަލަނީ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

28 ޖޫން 2020

ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައިވާ އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމައި، މާދަމާ އަށް އެޖެންޑާ ކޮށްފި އެވެ.

ޖިންސީ ގޯނާކުރި މައްސަލައިގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު ހައްޔަރުކުރި އުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ދޫކޮށްލުމުން އެ މައްސަލަ ވަނީ ހޫނުވެފަ އެވެ. ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެ މީހުން ދޫކޮށްލުމުން އެކަމުގައި ސަރުކާރާ ގުޅުން ހުރި ސިޔާސީ ފަރާތްތަކުގެ ބައިވެރިވުުން އޮތް ކަމަށް ވެސް ސޯޝަލް މީޑިއާގައިި ދަނީ ތުހުމަތު ކުރަމުންނެވެ. ޚާއްސަކޮށް، ތުހުމަތު ކުރެވޭ ދެ މީހުންގެ ތެރެއިން އެކަކާ ސިޔާސީ މީހަކާ ގުޅުން އޮތް ކަމަށް ބުނާއިރު، ފުލުހުން އެކަމުގައި ހިމޭނުން ތިބޭ މައްސަލަ ވަރަށް ބޮޑެވެ.

އެ މައްސަލަ ބަލަން ގިނަ ބަޔަކު ގޮވައިލަމުން ދަނިކޮށް، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ މާދަމާ މެންދުރު 2:00 އަށް އެ މައްސަލައާ ގުޅޭ ބައްދަލުވުމެއް ބާއްވަން އެޖެންޑާ ކޮށްފަ އެވެ. ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު މުގައްރިރު ކަން ކުރައްވާ އެ ކޮމިޓީގެ މާދަމާގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ ނައިބު މުގައްރިރު، ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ކަމަށް އެ ކޮމިޓީގެ މެމްބަރު އައްޑޫ މީދޫ ދާއިރާގެ ރޮޒައިނާ އާދަމް ވިދާޅުވި އެވެ.

ނަމަވެސް މުގައްރިރު ޖީހާންގެ ބަދަލުގައި ނައިބު މުގައްރިރު ޒިޔާދު މި މައްސަލައިގެ ކޮމިޓީގެ ރިިޔާސަތު ބަލަހައްޓަވަނީ ކީއްވެ ކަމެއް ރޮޒައިނާ ވިދާޅެއް ނުވެ އެވެ.

ރޮޒައިނާގެ ޓްވީޓް

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވަނީ އެ މައްސަލަ މާދަމާގެ އެޖެންޑާގައި ހިމަނަން ޖީހާން ނިންމެވީތީ އެކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި އެ މައްސަލަ ވަރަށް ސީރިއަސްކޮށް ކޮމިޓީން ބަލާނެ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ބިދޭސީ އަންހެންމީހާ އަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތަށް ދެ ފިރިހެނުން ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. އެކަމަކު، އެ މީހުން ދޫކޮށްލީ ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެވެ. އެކަމާ ގުޅޭގޮތުން ގިނަ ތުހުމަތުތަކެއް ކުރެވޭއިރު، ފުލުހުން ކަންކަން ފޮރުވަން މަސައްކަތް ކުރާ ކަމަށް ބުނެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.

އެކަމަކު ފުލުހުން ބުނަނީ އެއްވެސް ކަމެއް ފޮރުވަން މަސައްކަތް ނުކުރާ ކަމަށާއި ތަހުގީގު ކުރިއަށް ދާ މިންވަރަކުން މައުލޫމާތު އާންމު ކުރަމުންދާނެ ކަމަށެވެ.