11 މެއި 2022
ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު އަމުރުކޮށްފި އެވެ.
ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު އަމުރުކޮށްފި އެވެ.
ފުލުހުން ބުނީ، އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި 55 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު ކޯޓުން އަމަރުކޮށްފައިވާ ކަމަށެވެ.
މާލޭގައި އެއް އާއިލާގެ ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެ މީހާ ހައްޔަރުކުރުމަށް ފަހު، މިދިޔަ ހޯމަ ދުވަހު އޭނާ ބަންދުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ. އެ މީހާ އަކީ އަނިޔާ ލިބުނު ކުދިންނާ އާއިލީ ގޮތުން ގުޅުން ވެސް އޮންނަ މީހެކެވެ.
އޭނާ ބަންދުން ދޫކޮށްލި މައްސަލައިގައި، ކުދިންގެ އާއިލާގެ ކަންބޮޑުވުމާއި އާންމުންގެ ނުރުހުން އަމާޒުވެފައި ވަނިކޮށް ފުލުހުން ވަނީ އިއްޔެ އަލުން ހައްޔަރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން އެ މީހާ ބަންދުން ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދިނުން ފަދަ ކަންކަމަށް ޝަރުތުކޮށްފަ އެވެ. އެ މައްސަލަ ހައި ކޯޓްގައި ޕީޖީން ވަނީ އިސްތިއުނާފް ވެސް ކޮށްފަ އެވެ.
އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން ބުނާ ގޮތުން، އެ މީހާ ދޫކޮށްލީ ގިނަ ހެކިތަކެއް ފުލުހުން ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ. އަނިޔާ ލިބުނު ކުދިންނަށް 2017 ވަނަ އަހަރާ ހަމަ އަށް ޖިންސީ ގޯނާކުރި ކަމަށް އާއިލާއިން ބުންޏެވެ. އަދި ތަހުގީގުގައި އެ ކުދިން ބަޔާން ދީފައިވާ ކަމަށް ވެސް ބުންޏެވެ.
ކުއްޖަކާ ބެހުނު މައްސަލައެއްގައި ހޯދާ މީހާ ހައްޔަރު
ހަ އަހަރުގެ ކުއްޖާއަށް އިތުރު މީހަކު ގޯނާކުރިތޯ ބަލަނީ
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
ކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ
ޖިންސީ ގޯނާގެ ތުހުމަތު އެޅުނު ދެ މީހުން ދޫކޮށްލައިފި
"ޖިންސީ އަނިޔާގެ ހެކި ނުލިބެނީ ފުލުހުން އަޅާނުލާތީ"
ދަރިފުޅާ ބެހި އިންޒާރުދިން ބައްޕަ ދޫކޮށްލައިފި!
ދަރިފުޅާ ބެހި އިންޒާރު ދިން ބައްޕަ ޕޮލިހާ ހަވާލުކޮށްފި
އިތުރު ސިފައިންގެ މީހަކަށް ތުހުމަތު އޮތްކަމެއް ނޭނގޭ