Roadha Mihaaru
ދުވަސްވީ މީހާ ދޫކޮށްލަން އެދި ޕެޓިޝަނެއް

ޖިންސީ އަނިޔާގެ ތުހުމަތަށް ހައްޔަރުކުރި މީހާ ދޫކޮށްލަން އެދި ޕެޓިޝަނެއް، މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ ސޮއި!

07 އެޕްރީލް 2022

އައްޑޫގައި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި އުމުރުން ދުވަސްވީ އަންހެންމީހާގެ ބަންދަށް ލުޔެއް ހޯދައިދޭން އެދި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެެ. މިހާތަނަށް 600 އަށް ވުރެ ގިނަ ސޮއި ލިބިފައިވާ އެ ޕެޓިޝަނުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އާއި ހިތަދޫ މޫލެކެޑެ ދާއިރާގެ މެމްބަރު އަހުމަދު ސައީދު އަދި ފޭދޫ މާދެލަ ދާއިރާގެ މެމްބަރު މުހައްމަދު ފައިސަލް ވެސް ސޮއިކުރެއްވި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑޫގައި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި އުމުރުން ދުވަސްވީ އަންހެންމީހާގެ ބަންދަށް ލުޔެއް ހޯދައިދޭން އެދި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެެ. މިހާތަނަށް 600 އަށް ވުރެ ގިނަ ސޮއި ލިބިފައިވާ އެ ޕެޓިޝަނުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އާއި ހިތަދޫ މޫލެކެޑެ ދާއިރާގެ މެމްބަރު އަހުމަދު ސައީދު އަދި ފޭދޫ މާދެލަ ދާއިރާގެ މެމްބަރު މުހައްމަދު ފައިސަލް ވެސް ސޮއިކުރެއްވި އެވެ.

ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 59 އަހަރުގެ އަންހެނެކެވެ. ރަނގަޅަށް ހިނގައިބިނގާވެ ނޫޅެވޭ އަންހެނަކު އެ މައްސަލާގައި ހައްޔަރުކުރުމުން އައްޑޫގައި ހަމަނުޖެހުން ބޮޑުވި އެވެ. އެ ކުއްޖާ އަށް ޖިންސީ ގޯނާކުރީ ކާފަ ކަމަށާއި އާއިލާ އިން އެކަން ސިއްރުކޮށް، އެހެން މީހަކު ފްރޭމްކޮށްފައިވާ ކަމަށް ބުނެ މުޒާހަރާ ވެސް ކުރި އެވެ.

ޕެޓިޝަނަށް ސޮއި ހޯދަމުންދަނީ އަންހެންމީހާގެ އާއިލާގެ ފަރާތުންނެވެ. އާއިލާ އާއި ރަށުގެ މީހުން ބުނާ ގޮތުގައި އެއީ އެ ކަހަލަ އެއްވެސް ކުށެއްގެ ރިކޯޑެއް އޮތް މީހެއް ނޫނެވެ.

ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލަން ގޮވާލައި ޕެޓިޝަނުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ސޮއި ކުރައްވަނީ--

ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލަން ގޮވާލައި ޕެޓިޝަނުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ސޮއި ކުރައްވަނީ--

އެ މީހާގެ ބަންދަށް ލުޔެއް ހޯދައިދޭން އެދޭ މައިގަނޑު ސަބަބަކީ، އެހާ ބަލި މީހަކަށް މި ރޯދަމަހު ޖަލުގައި ކެތެއް ނުވާނެ ކަމަށް ބުނެ އެވެ.

އާއިލާއިން "މިހާރު" އަށް ބުނެފައި ގޮތުގައި ސިއްހީ މައްސަލަތަކާ ހެދި އެއީ ކޮންމެކޮންމެ އެެއްޗެއް ކެވޭ ވެސް މީހެއް ނޫނެވެ. އަދި އޭނާއަކީ ބިންމަތީގައި އޮށޯވެ ހެދޭވަރަށް ވުރެ ވެސް ބަލި މީހެއް ކަމަށް ބުނެ އެވެ. އެކަމަަކު އޭނާ ހައްޔަރުކޮށް ބަހައްޓާފައިވަނީ ބިންމަތީގައި ކުނާ ގަނޑެއް އަޅާފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

އެހެންވެ، އެ މީހާގެ މައްޗަށް ކުރާ ތަހުގީގު ނިމެންދެން ވެސް ގެއަށް ބަދަލުކޮށްދޭން ދަނީ އާދޭސްކުރަމުންނެވެ.

އަންހެންމީހާ ހައްޔަރުކުރީ ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން ކުއްޖާ ސްކޫލު ފާހާނާއަށް ގެންދިޔައީ އޭނާ ކަމަށް ވާތީ އެވެ. އައްޑޫގެ ސްކޫލެއްގައި 30 އަހަރު ވަންދެން މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރި އެ މީހާ ކުއްޖާ ގޮވައިގެން ފާހާނާ އަށް ދިޔައިރު ވެސް ކުއްޖާ އުޅުނީ ބަނޑުގައި ރިއްސާތީ އުޅުނު ކަމަށް ވެ އެވެ. އަންހެންމީހާ ކުއްޖާ ފާހާނާ އަށް ވެއްދުމަށް ފަހު، އެންމެ ފުރަތަމަ ހުރީ ބޭރުގައި ކަމަށްވެ އެވެ. ފަހުން ކުއްޖާ ގޮވުމުން އެތެރެއަށް ވަދެ ފެން އަޅައިދިން ނަމަވެސް ގައިގައި އަތް ނުލާ ކަމަށް އެ މީހާއާ ހަވާލާދީ އާއިލާ އިން ބުނެ އެވެ.

ޖިންސީ ގޯނާގެ ސަބަބުން ކުއްޖާގެ ކުރިމަތި ފަރާތަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށާއި ގައިގެ އެކި ތަންތަނުގައި ވަކި އަޅާފައި ހުރި ކަމުގެ ނިޝާން ހުރި ކަމަށްވެ އެވެ. އެ މައްސަލައިގައި އަންހެންމީހާގެ އާއިލާ އިން ކުއްޖާގެ ކާފަ އަށް ތުހުމަތު ކުރިޔަސް ފުލުހުން ބުނެފައި ވަނީ އިތުރު އެހެން މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް މިހާތަނަށް ހެކި ލިބިފައި ނުވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކަންބޮޑުވުންތައް ގިނަކަމުން މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ވެސް ދަނީ މައްސަލަ ބަލަމުންނެވެ.