23 ނޮވެމްބަރ 2023
އެމްޑީޕީގެ ހުސްވެފައިވާ، އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) ހަމަޖައްސައިފި އެވެ.
އެމްޑީޕީގެ ހުސްވެފައިވާ، އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) ހަމަޖައްސައިފި އެވެ.
އއ. އުކުޅަހުގައި މިހާރު ހިނގަމުންދާ ގައުމީ މަޖިލީހުގައި އިބޫ ރައީސް ކަމަށް ހަމަޖެއްސީ ވަގުތީ ގޮތުންނެވެ.
އެމްޑީޕީގެ ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހަންމަދު ނަޝީދު އެމްޑީޕީން ވަކިވެ ވަޑައިގަތުމާ ގުޅިގެންނެވެ. އެއީ އިންތިހާބު ކުރާ މަގާމެކެވެ.
އަދި ކުރީ ސަރުކާރުގައި ތިއްބެވި ވަޒީރުންގެ ތެރެއިން ޕާޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ގައުމީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ހަމަޖައްސަން ވެސް ގައުމީ މަޖިލީހުން މިރޭ ވަނީ ފާސްކޮށްފަ އެވެ.
ގައުމީ މަޖިލީހުން މިރޭ ފާސްކުރި ބައެއް އެހެން ކަންކަން:
- ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބޭ ކަމާއި އެ މީހުން ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ނަގާލަން ރާވަމުން ދިޔަ ކަމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލި ވާހަކަ އާއި ދައުލަތް ޝާމިލްވެ ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ޕަބްލިކް އިންކުއަރީއެއް ހަދަން އެމްޑީޕީ ޕީޖީ ގުރޫޕުގައި އެދުން.
- ސަރުކާރު ޒިންމާދާރު ކުރުވުމަށް ކޮމެޓީއެއް އެކުލަވާލުން
- މަޖިލީހުގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސް މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލުން
- ޕާޓީއަށް މެމްބަރުން އިތުރުކުރުން
- ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ވެރިކަމުގެ ނިޒާމު ބައްޓަން ކުރުމަށް ބާރު އެޅުމަށާއި އަނިޔާވެރިކަން ހުއްޓުވަން އެމްޑީޕީ ދެމިއޮތުން.
އުކުޅަހުގައި ކުރީ ބަޣާވާތެއް؟ ނަޝީދުގެ ޖަވާބެއް ނެތް!
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ އިބޫ ކަމަށް ފާސްކޮށްފި
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އުކުޅަހުގައި
"އުކުޅަހު ރައްޔިތުން މިތިބީ އުފަލުން ފުރިފައި"
ޕްރައިމަރީ މައްސަލަ:އިހްތިސާސްއާ މެދު ސުވާލުއުފައްދައިފި
ބަރުލަމާނީގެ އުންމީދު ކަފުން؛ ނަޝީދުގެ ކުރިމަގު ބަނަ!
އެމްޑީޕީ ކުރިއަށް ވުރެ އެއްބައިވަންތަވެއްޖެ: ރައީސް
އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާތަނެއް ނުފެނޭ: ރައީސް
ޓިކެޓް ދޭ ގޮތަކާ ނަޝީދު ވިޔަސް ގަބޫލުވާންވާނެ: ރައީސް
ނަޝީދުގެ ފަރާތުން ފެންނަނީ މުޅިން މާޔޫސްކަން!