މި އަހަރުގެ އޮގަސްޓް މަހުގެ ކުރިން އެމްޑީޕީގެ ކޮންގްރެސް ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
12 އެޕްރީލް 2025
މި އަހަރުގެ އޮގަސްޓް މަހުގެ ކުރިން އެމްޑީޕީގެ ކޮންގްރެސް ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ޓީވީތަކުން ލައިވްނުކޮށް މިރޭ ކުރިއަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގައި، އޮގަސްޓް މަހުގެ ކުރިން ކޮންގްރެސް ބާއްވަން ފާސްކުރީ އެ ޖަލްސާގައި ބައިވެރިވި 75 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ބެލެވޭ ގޮތުގައި އެމްޑީޕީން ބާއްވަން ތައްޔާރުވަމުންދާ އެ ކޮންގްރެސްއަކީ އަންނަ ރިޔާސީ އިންތިހާބާ މެދު ގޮތެއް ކަނޑައަޅަން ބާއްވާ ކޮންގްރެސްއެކެވެ.
ކޮންގްރެސް ބޭއްވުމަށް އެމްޑީޕީ ތައްޔާރުވެފައި ވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ރިޔާސީ ޓިކެޓް ހޯއްދަވަން ޕްރައިމަރީގައި ވާދަކުރައްވަން މަސައްކަތް ކުރައްވާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.
އެނގިފައިވާ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ވަނީ އެކަން ގާތް ބޭފުޅުންގެ އަރިހުގައި އިއުލާން ވެސް ކުރައްވައިފަ އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހު އަލުން އިންތިހާބަށް ނުކުންނަވަން ޝައުގުވެރިކަން ފާޅު ކުރައްވާފައިވާއިރު، އެމަނިކުފާނަށް އެންމެ ފުރަތަމަ އެމްޑީޕީގެ ރިޔާސީ ޓިކެޓް ވެސް ލިބިވަޑައިގެންނެވީ ކޮންގްރެސްއަކުންނެވެ.
އޭރު 2018 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިހާބުގައި ވާދަ ކުރެއްވުމުގެ ދޮރު ބަންދުވެފައިވާތީ، އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްއިން ފާސްކުރީ އިބްރާހިމް މުހައްމަދު ސޯލިހަށް ޓިކެޓް ދިނުމަށެވެ.
އޭގެފަހުން ރިޔާސީ ޕްރައިމަރީއެއް ނުބާއްވާ ދެވަނަ ދައުރަކަށް އެމަނިކުފާނަށް ޓިކެޓް ދޭން ވެސް ނިންމީ ކޮންގްރެސް ބައްދަލުވުމެއްގަ އެވެ.
ރިޔާސީ އިންތިހާބަށް އެމްޑީޕީގެ އެތެރޭގައި ވާދަވެރިކަން ބޮޑުވެފައިވާއިރު، ކުރީގެ ރައީސް ނަޝީދު ވަނީ ގައުމަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސް ޕާޓީއަށް ވެސް އެންމެ ރަނގަޅު ގޮތަކީ ދެ ޕާޓީ އެކުވުމުން ކަމަށް ވިދާޅުވެފަ އެވެ. އަދި ނަޝީދުގެ އަރިސް ބައެއް ބޭފުޅުން މިހާރު ވެސް ވަނީ ޑިމޮކްރެޓްސް ދޫކުރައްވައި، އެމްޑީޕީއާ ގުޅިފަ އެވެ.
ނަޝީދުގެ މި ގޮވާލެއްވުމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒު މަރުހަބާ ވިދާޅުވެފައި ވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާތަނަށް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އަދި އެ ދެ ރައީސުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެ، މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ނަޝީދު މަސައްކަތް ކުރެއްވީ އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށެވެ.
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
ކާމިޔާބީއަކީ ވަކި މީހަކަށްވުރެ ޕާޓީ ބޮޑުވުން: ފައްޔާޒް
ރައީސް ނަޝީދު ބާކީނުވެ ގުޅިވަޑައިގަންނަވާ: ފައްޔާޒް
ޕްރައިމަރީ މައްސަލަ:އިހްތިސާސްއާ މެދު ސުވާލުއުފައްދައިފި
އިންތިހާބާ ގުޅޭގޮތުން ރައީސާ ކުރާނެ މަޝްވަރާއެއް ނެތް
ކުރީގެ އަނިޔާތައް އެއް ބަޔަކު ހަނދާނެއް ނެތް:ފައްޔާޒް
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ރޮޒައިނާއަށް އިންޒާރުދޭ މައްސަލަ ބަލަން ގޮވާލައިފި
އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓެއް ނޯންނާނެ:ފައްޔާޒް