21 އޯގަސްޓް 2022
އެމްޑީޕީން ދެން އަމާޒު ބަހައްޓަންވީ ސީދާ ރިޔާސީ އިންތިހާބަށް ކަމަށާއި އެހެން ޕާޓީއަކަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ ތަނެއް ނުފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ދެން އަމާޒު ބަހައްޓަންވީ ސީދާ ރިޔާސީ އިންތިހާބަށް ކަމަށާއި އެހެން ޕާޓީއަކަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ ތަނެއް ނުފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ "ކޮންގްރެސް 2022" ގައި އެންމެ ފަހު އެޖެންޑާއަކަށް އޮތީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ބަރުލަމާނީ ނިޒާމްގެ މައްސަލާގައި ބަހުސްކޮށް ގޮތެއް ނިންމެވުމެވެ. ނަމަވެސް ބަހުސް ފެށުމުގެ ކުރިން ދެ ރައީސުން ސްޓޭޖަށް އަރައިވަޑައިގެން އެ ދެ ބޭފުޅުންގެ ވިސްނުން މިވަގުތަށް އެއްގޮތް ކުރައްވައިފިކަން ހާމަ ކުރެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮންގްރެސް ފެށި އިރު އޮތް މާހައުލު ވަރަށް ތަފާތު ކަމަށާއި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް މެމްބަރުންގެ މެދުގައި އޮތް ކަމަށެވެ. ނަމަވެސް ނިޒާމީ ގަރާރު އަނބުރާ ގެންދަވަން ނަޝީދު ނިންމެވި ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށާއި ކޮންގްރެސް މި ނިންމާލަނީ ވަރަށް މެޗުއާ ޕާޓީއެއް ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބޭ އިރު އެކި ކަންކަން ބޭނުންވާނެ ކަމަށާއި ނަމަވެސް ހުރިހާ ކަމެއް އެއްކިބާކޮށް ޕާޓީއާ އެކު ކުރިޔަށް ދާން ތިބިކަން މިއަދު ކޮންގްރެސް އިން ހާމަވެގެން ދިޔަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިތަނުގައި އަޅުގަނޑުމެން ހަރަކާތްތެރިވަމުން ދިޔަ އިރު ވެސް ޓެންޝަން އަޅުގަނޑުމެންގެ ތެރޭގައި އޮތް. މިއަދު ކޮންގްރެސް ނިމިގެން މި ދަނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުރިހަމަ މެޗުއާ ޕާޓީއެއްގެ ގޮތުގައި،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ވިސްނުން ދެން ބަހައްޓަންވީ ރިޔާސީ އިންތިހާބަށް ކަމަށާއި އެކަތިގަނޑެއް ގޮތުގައި ތިބެ ވާދަވެރިން މި އިންތިހާބުން ބަލި ކުރުމަށް އެއް އަޒުމެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކު ހޮވައި، އެ ކެނޑިޑޭޓު ގޮވައިގެން އެންމެން ނިކުންނަން ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއީ ބޮޑު ޕާޓީއެއް ތާއީދު އޮތް ޕާޓީއެއް ސިޔާސަތުތައް ފުރިހަމަ ޕާޓީއެއް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާ ތަނެއް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވެފައި ވަނިކޮށް ދެ ރައީސުން އެއް ބައްދަލުވުމަކަށް ވަޑައިގެން ބޭއްވި މި ކޮންގްރެސްގައި އެ ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރެއްވުމަށް ކޮންގްރެސްމަނުން ވަރަށް ބޮޑަށް ތާއީދު ކުރައްވަ އެވެ. އަދި ބައްދަލުވުން އެކީ ނިންމާލީ ދެ ރައީސުން ސްޓޭޖުމަތީގައި ސަލާންކުރައްވައި ބައްދާލެއްވުމާ އެކުގަ އެވެ.
ބަރުލަމާނީގެ އުންމީދު ކަފުން؛ ނަޝީދުގެ ކުރިމަގު ބަނަ!
ނަޝީދުގެ ފަރާތުން ފެންނަނީ މުޅިން މާޔޫސްކަން!
އެމްޑީޕީ އަދިވެސް އެދެނީ ބަދަލަކަށް: ނަޝީދު
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ފާސްކޮށްފިނަމަ އަންނަމަހު ނިޒާމީ ވޯޓަށް އެހޭނެ: ރައީސް
"ނޮވެމްބަރުގައި ނިޒާމީ ވޯޓު ނެގިދާނެކަމަށް ދެންނެވިން"
މަޖިލީހަށް ނައިސް ވޯޓު އިތުރެއް ނުވާނެ: ނަޝީދު
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"