19 އޯގަސްޓް 2022
އެމްޑީޕީގެ މެމްބަރުން އަދިވެސް ބޭނުން ވަނީ ބަދަލެއް ކަމަށާއި ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުނުކޮށް، އެ ޕާޓީ އަށް ކާމިޔާބު ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މެމްބަރުން އަދިވެސް ބޭނުން ވަނީ ބަދަލެއް ކަމަށާއި ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުނުކޮށް، އެ ޕާޓީ އަށް ކާމިޔާބު ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގައި އިފްތިތާހުކުރި އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ ޕާޓީ މިއަދު އޮތީ ވަރަށް ހައްސާސް ފައްތަރެއްގައި ކަމަށެވެ. ވެރިކަމުގެ ނިޒާމަށް ގެންނަން ޖެހޭ ބަދަލެއް ނެތް ކަމަށް ބައެއް މެމްބަރުން ދެކޭއިރު، އަނެއްބައި މެމްބަރުން ދެކެނީ އަދިވެސް ބަދަލުވާން ޖެހޭ ކަމަށާއި ވެރިކަމުގެ ވައްޓަފާޅި ވެސް ބަދަލު ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީއަކީ މުޅި ރާއްޖެ ބަދަލުކުރި ޕާޓީ ކަމަށާއި އެއީ އަބަދުވެސް ބަދަލުގެ ޕާޓީއެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މިހާރުގެ ހާލަތު ރަނގަޅު ކުރުމަށް އަނެއްކާވެސް ބަދަލަކަށް ރައްޔިތުން ގޮވަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އިންސާނީ ތޮބިއްޔާތަކީ ބަދަލަށް އެދުން. ޒުވާން ކަމުގެ ޖޯޝަކީ ވެސް ބަދަލެއް އެދުން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ މިއަދު ލިބޭ އެއްޗަށް ވުރެ ރަނގަޅު އެއްޗެއް ލިބުން. އަޅުގަނޑުމެންގެ ހަޔާތް އުޖާލާ ވާނެ ގޮތެއް ހޯދުން. އެ އުޖާލާ ހަޔާތް ހޯދުމަށް ތަކުރާރުކޮށް ކުރަމުން އައި ކަމަކީ ބަދަލެއް ހޯދުން،" ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ފުރޮޅާލެއްވުމަށް ކެމްޕެއިން ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގެ ކުރިން މަންދޫބުން އިށީނދެގެން.---ފޮޓޯ: މިހާރު
ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ތަފާތުގެ ވާހަކަ މިރޭ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެ ޕާޓީ އުފެދިގެން އައި އެންމެ މުހިންމު ފަލްސަފާއަކީ ވެސް މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންގެ ކަންކަން ހިންގޭނެ ގޮތެއް ހޯދުން ކަމަށާއި އެމްޑީޕީގެ ހިންގާ ގަވައިދާއި ގުނަވަންތަކާއި އާދަކާދަތައް އެތުރިފައި ވަނީ ވެސް އެގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މައްޗަށް ރިޔާސީ ނިޒާމެއް މަޖުބޫރުވި ގޮތް އެނގިވަޑައިގަންނަވާނެ. ގާނޫނުއަސާސީ އަށް އަމަލު ކުރަން ފެށުމުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ގޮތުގައި އަމިއްލަ އަށް ނަން ބޯޑެއް ޖައްސަވައިގެން ތިއްބެވި ބޭފުޅުންތަކެއް އެ ދުވަހު އެދިވަޑައިގަތް ގޮތަށް [ނިޒާމް] ބަދަލު ކުރެއްވީ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީ އަށް ކާމިޔާބު ލިބޭނީ ހުރިހާ މެމްބަރުން އެކުގައި ތިބެގެން ކަމަށާއި އެކީ ތިބެ 2023 ގެ އިންތިހާބާ ކުރިމަތި ނުލައިފި ނަމަ ވޯޓު ލިބެން އޮތް ވަރު ވަރަށް ކުޑަ ވާނެ ކަމަށް ވިދާޅުވި އެވެ.
"އެ މަގުން ނޫން ގޮތަކަށް އަޅުގަނޑުމެންނަށް ހަގީގަތުގައި ކާމިޔާބު ހޯދޭކަށް ނެތް،" ނަޝީދު ވިދާޅުވި އެވެ.
ވެރިކަން ހިންގުމުގެ ނިޒާމާ ގުޅޭ ގޮތުން މި ފަހަރުގެ ކޮންގްރެސްގައި ބަހުސްކޮށް، ގޮތެއް ނިންމަން ނަޝީދު ވަނީ ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހު އެވެ. ނަމަވެސް އެކަމާ ގުޅޭ ގިނަ ބަހުސްތަކެއް ކޮންގްރެސްގެ ތެރޭގައި ކުރިޔަށް ދާނެ ކަމަށް ބެލެވެ އެވެ.
ރާއްޖެ އަށް މިވަގުތަށް އެންމެ މުހިންމީ ރިޔާސީ ނިޒާމް ކަމަށާއި ބަރުލަމާނީ ނިޒާމް ގެންނަ ގަރާރު އަނބުރާ ގެންދިޔުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
ބަރުލަމާނީގެ އުންމީދު ކަފުން؛ ނަޝީދުގެ ކުރިމަގު ބަނަ!
ނަޝީދުގެ ފަރާތުން ފެންނަނީ މުޅިން މާޔޫސްކަން!
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓެއް ނޯންނާނެ:ފައްޔާޒް
އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާތަނެއް ނުފެނޭ: ރައީސް
ގަރާރު މިއަދު ހުށަނޭޅީ އިތުރަށް މަޝްވަރާކުރަން: ނަޝީދު
ވަކިކޮޅަކަށް ތާއީދު ނުކުރަން އެއްބަސްވުމެއް ނެތް
ނިޒާމީ ވޯޓަށް ގޮތް ނިންމަން ގައުމީ މަޖިލިސް ބާއްވަނީ
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ދެވަނަ ބުރަށް ނަޝީދުގެ ތާއީދަށް ރައީސް އެދިވަޑައިގެންފި