24 ސެޕްޓެމްބަރ 2023
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދަށް، އެ މަނިކުފާނާ އެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދަށް، އެ މަނިކުފާނާ އެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.
ރައީސް އާއި ނަޝީދު މިއަދު ރައީސް އޮފީހުގައި ބައްދަލުކުރެއްވުމަށް ފަހު މީޑިއާތަކާ ވާހަކަ ދެއްކެވި އެވެ.
އެ އިންޓަވިއުގައި ރައީސް ވިދާޅުވީ ނަޝީދާ އެކު މަޝްވަރާ ކުރެއްވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އޭގެ ތެރެއިން އެއް ކަމަކީ ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރި ނިޒާމީ ވޯޓު ނެގުމާ ގުޅޭ ގަރާރެވެ. އަދި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓާ ގުޅޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙާ ބައްދަލުކުރެއްވުން pic.twitter.com/RrwuMKrH2a
— People's Majlis (@mvpeoplesmajlis) September 24, 2023
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ދެވަނަ ބުރުގައި ނަޝީދާއި އެމަނިކުފާނުގެ ޕާޓީ، ޑިމޮކްރެޓްސް އިން ވަކި ޕާޓީއަކަށް ތާއިދުނުކުރަން ނިންމާފައި އޮތް އޮތުމާ ގުޅޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. ޑިމޮކްރެޓްސް އިން އެގޮތަށް ނިންމާފައި އޮތަސް، ދެވަނަ ބުރުގައި ނަޝީދުގެ ތާއީދު ހޯއްދެވުމަށް މަޝްވަރާކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަޅުގަނޑުމެން އެކަމާ [ނަޝީދުގެ ތާއީދު ހޯދުމާ] ބެހޭގޮތުން ވާހަކަ ދެކެވުނު. ތަފުސީލު އަޅުގަނޑުމެން ފަހުން ހާމަކުރާނަން: ރައީސް
އެ މަޝްވަރާގެ ތަފުސީލް ފަހުން އާންމުކުރައްވާނެ ކަަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެކަމާ [ނަޝީދުގެ ތާއީދު ހޯދުމާ] ބެހޭގޮތުން ވާހަކަ ދެކެވުނު. ތަފުސީލު އަޅުގަނޑުމެން ފަހުން ހާމަކުރާނަން،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވަގުތު ކުޑަތަންވެފައި ވާއިރު، މިއީ ނަޝީދާއި ރައީސްގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައި އޮތުމަށް ފަހު ފަހުގެ ތާރީހެއްގައި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވުމުން، ނަޝީދު ވަނީ އެ ޕާޓީ ދޫކުރައްވައި، ޑިމޮކްރެޓްސް އުފެއްދެވުމަށް ފަހު، އެމްޑީޕީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެކި ފަހަރު މަތިން ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ސަލާންކުރައްވަނީ.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ނިޒާމީ ވޯޓާ ގުޅޭ ގޮތުން ކުރެއްވި މަޝްވަރާ އަކީ ދެވަނަ ބުރުގެ ވޯޓަށް ފަހު އެ މަސައްކަތް ފަށައި، ސީދާ ރައީސް ވެސް އިލެކްޝަންސް ކޮމިޝަނުގައި އެކަމަށް އެދިވަޑައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"[ނިޒާމީ ވޯޓުގެ ވާހަކަ] މިހާރު އިހަށް ނުދައްކާ، ދެވަނަ ބުރުގެ ވޯޓު ނިމުމުގެ ކުރިން އެ ވާހަކަ ނުދެއްކުމަށް [މަޝްވަރާކުރެއްވީ]. އަދި ދެވަނަ ބުރުގެ ވޯޓު ކޮންމެ ގޮތަކަށް ނިމުނު ކަމުގައި ވިޔަސް، އެ މަސައްކަތް ފަށަން،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދި ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީން ނިންމާފައި ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށެވެ.
އޭގެ ފަހުން އެ ޕާޓީން މަޖިލީހަށް ހުށަހެޅީ ދެވަނަ ބުރުގެ ވޯޓަށް ފަހު، ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށެވެ. ޑިމޮކްރެޓްސް އިން ހުށަހެޅި އެ ގަރާރު މިދިޔަ ހަފުތާގައި މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ ގަރާރު ފާސްކުރީ އަންނަ މަހު 30 ގެ ކުރިން ނިޒާމީ ވޯޓު ނަގަން ޖެހޭ ގޮތަށެވެ.
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓެއް ނޯންނާނެ:ފައްޔާޒް
ބަރުލަމާނީގެ އުންމީދު ކަފުން؛ ނަޝީދުގެ ކުރިމަގު ބަނަ!
ގަރާރު މިއަދު ހުށަނޭޅީ އިތުރަށް މަޝްވަރާކުރަން: ނަޝީދު
ނަޝީދުގެ ފަރާތުން ފެންނަނީ މުޅިން މާޔޫސްކަން!
އެމްޑީޕީ އަދިވެސް އެދެނީ ބަދަލަކަށް: ނަޝީދު
ވަކިކޮޅަކަށް ތާއީދު ނުކުރަން އެއްބަސްވުމެއް ނެތް
"ނިޒާމީ ވޯޓަށް ތާއީދުކުރަން އެމްޑީޕީން އެއްބަސްވި"
ނިޒާމީ ވޯޓަށް ގޮތް ނިންމަން ގައުމީ މަޖިލިސް ބާއްވަނީ
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު