03 އޮކްޓޯބަރ 2023
ނިމުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނަ ހޯދި ޑިމޮކްރެޓްސްއިން ދެވަނަ ބުރުގައި ވަކި ކޮޅަކަށް ތާއީދު ނުކޮށް ތިބޭ ނަމަ، ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރަން މަޖިލީހުން ނަގަން އެދިފައިވާ އާންމު ވޯޓަށް ތާއީދު ކުރާނެ ކަމަށް އެމްޑީޕީން ބުނެފައިވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނިމުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނަ ހޯދި ޑިމޮކްރެޓްސްއިން ދެވަނަ ބުރުގައި ވަކި ކޮޅަކަށް ތާއީދު ނުކޮށް ތިބޭ ނަމަ، ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރަން މަޖިލީހުން ނަގަން އެދިފައިވާ އާންމު ވޯޓަށް ތާއީދު ކުރާނެ ކަމަށް އެމްޑީޕީން ބުނެފައިވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދާން ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރު މަޖިލީހުން ފާސްކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަނީ އަންގައިފަ އެވެ.
މި މަހުގެ 30 ގެ ކުރިން އާންމު ވޯޓު ނަގަން އެ ގަރާރުން އަންގާފައިވިޔަސް، ރައްޔިތުން ކައިރިން އަހަންވީ ސީދާ ސުވާލު ސާފުކޮށްދޭން އީސީން ވަނީ މަޖިލީހުގައި އެދިފަ އެވެ. އަދި އެކަމަށް ބޭނުންވާ ބަޖެޓާއި ރައްޔިތުން ހޭލުންތެރި ކުރުވަން އިތުރު ވަގުތު ދޭން ވެސް އީސީން ވަނީ އެދިފަ އެވެ.
އެ ސިޓީ އާ ގުޅޭގޮތުން މިއަދު ކުރިއަށް ދިޔަ ބަހުސްގެ ތެރެއިން ރިޔާސަތުން ނަޝީދު ވިދާޅުވީ ނިޒާމީ ވޯޓު ނެގުމާ ގުޅޭގޮތުން އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ މައުލޫމާތެއް ހިއްސާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ދެވަނަ ބުރުގައި އެމްޑީޕީ ރިޔާސީ އިންތިހާބަށް ދިޔައިރު ގައި، އަޅުގަނޑަށް އެނގިފަ އޮތް ގޮތުގައި ޑިމޮކްރެޓްސް ކައިރިން އެދިފަ އޮތީ، އެ ޕާޓީން ވަކި ބަޔަކަށް ތާއީދުނުކޮށް ތިބެއްޖެ ނަމަ، ނިޒާމީ ވޯޓަށް އެމްޑީޕީން ފެންނަ ނުފެންނަ ވޯޓަށް ފުރިހަމަ އަށް ތާއީދު ކުރައްވާނެ ކަމަށް،" އެކަމަށް އެއްބަސްވެ ޑިމޮކްރެޓްސް އަތުން ސިޓީއެއް ވެސް އެމްޑީޕީން ހޯދާފައިވާ ކަމަށް ހާމަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް، އެ މަނިކުފާނު ވިދާޅުވީ ޑިމޮކްރެޓްސްގެ އެ ސިޓީއަށް އެމްޑީޕީން ޖަވާބު ނުދޭ ކަމަށެވެ.
"އަޅުގަނޑު ނުދަންނަވާނަން އެމްޑީޕީ އަކީ މިވަގުތު ބަހުގެ އިތުބާރު ހިފޭ ޕާޓީ އެއް ކަމަކަށް. އެހެން ނަމަވެސް ކަންކަން ހިނގާފައި އޮތް ގޮތް އަޅުގަނޑު މި ދަންނަވާލީ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން ވަކިވެވަޑައިގެން ނަޝީދު ފަހަތުގައި ހުންނަވައިގެން އުފެއްދި ޑިމޮކްރެޓްސް އިން ފުރަތަމަ ބުރުގައި 15،000 އަށް ވުރެ ގިނަ ވޯޓު ހޯދި އެވެ.
ޑިމޮކްރެޓްސްގެ ތާއީދު ހޯދަން އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ވެސް މަޝްވަރާ ކުރި އެވެ.
ތާއީދުކުރަން އެމްޑީޕީއަށް ޑިމޮކްރެޓްސް އިން ހުށަހެޅީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށެވެ. އަދި ޕީޕީއެމަށް ހުށަހެޅީ ސަރުކާރުގައި އެ ޕާޓީގެ ހިއްސާ އޮތް މިންވަރު ލިޔުމުން އެއްބަސްވުމަށެވެ.
އެކަމަކު ޑިމޮކްރެޓްސް އިން ކަނޑައެޅި ސުންގަނޑި ހަމަވި އިރު ވެސް ދެ ޕާޓީން ވެސް ޖަވާބެއް ނުލިބޭ ކަމަށް ބުނެ، ޑިމޮކްރެޓްސް އިން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.
އިންތިހާބު ނާކާމިޔާބު ވުމަށްފަހު، އެމްޑީޕީގެ އިސް ބޭފުޅުން މިހާރު ގެންދަވަނީ ނިޒާމު ބަދަލު ކުރަން ނުފެންނަ ކަމަށް ވިދާޅުވަމުންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިއްޔެ ވިދާޅުވީ އެ މަނިކުފާނު ވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާ ކަމަށެވެ.
ނިޒާމު ބަދަލުކުރުމާ މެދު އެމްޑީޕީން ގޮތެއް ކަނޑައެޅުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރެއަށް ވަނީ ތާވަލުކޮށްފަ އެވެ.
ސީދާ މަޖިލީހަށް ނިޒާމީ ވޯޓަށް އެހޭނެތޯ އޮތް ސުވާލު!
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
ރައީސާ އެކުވުމަށް ނަޝީދު: "ދެން އެކަން ވާކަށް ނެތް"
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
މުއިއްޒާ ގުޅޭނެ ކަމުގެ އިޝާރާތެއް ނަޝީދު ދެއްވައިފި
މޮޅުވާ ކޮޅަކަށް މެންބަރުން އަބަދުވެސް ދާނެ: މާރިޔާ
ދެވަނަ ބުރުގައި ވެސް ރައީސްގެ ފަހަތަށް ނަޝީދު ނާރާނެ
ރައީސްގެ ސިއްހީ ކަންކަމަށް ނަޝީދުގެ މަލާމާތް!
ޕީޕީއެމުން އެދެނީ ކެންޑިޑޭޓަކަށް ޔާމީން ހަމަޖައްސަން