24 ޖުލައި 2023
ރައީސް އަދި ކުރީގެ އެންމެ ގާތް އެކުވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސިއްހީ ކަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ މަލާމާތް ކުރައްވައި ވާހަކަފުޅު ދައްކަވައިފި އެވެ.
ރައީސް އަދި ކުރީގެ އެންމެ ގާތް އެކުވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސިއްހީ ކަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ މަލާމާތް ކުރައްވައި ވާހަކަފުޅު ދައްކަވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު ވަނީ ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިއްހީ ކަންކަމުގެ އިތުރުން އެ މަނިކުފާނު މުސްކުޅިފުޅު ވެފައިވާ ކަމަށް ވިދާޅުވެ ވެސް މަލާމާތް ކުރައްވައިފަ އެވެ.
"އަޅުގަނޑު އެމްޑީޕީގެ މެމްބަރުންނަށް ތަކުރާރުކޮށް ދަންނަވަން ތިބޭފުޅުން ރައީސް އަދި ތިބޭފުޅުންގެ ކެންޑިޑޭޓް ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރައި ބޭސް ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ. ތިބޭފުޅުންގެ ކެންޑިޑޭޓުގެ ހިތުގެ އާލާސްކަންފުޅު. ތިބޭފުޅުންގެ ކެންޑިޑޭޓްގެ ސިއްހީ ހާލުކޮޅު އެއީ ވިސްނަވަން ޖެހޭނެ ކަންކަން،" އެންމެ ކުޑައިރުގެ ގާތް އެކުވެރިޔާ އެކަމަކު ސިޔާސީ ކަންކަމުގައި މިހާރު ގުޅުން އެއްކޮށް ކެނޑިފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިއްހީ ހާލުކޮޅަށް މަލާމާތް ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
"ދިވެހިރާއްޖެއަށްޓަކައި އެ ވި ވިސްނުން އަޅުގަނޑުމެން ކުރިއަށް ނެރެން ޖެހޭނެ."
ޑިމޮކްރެޓްސްގެ ހަރުގޭގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ އުމުރުފުޅަކީ 56 ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ވަޑައިގަންނަވަނީ އުމުރުފުޅުން 60 އާ ގާތަށް ކަމަށެވެ.
ޑިމޮކްރެޓްސްގެ ރޭގެ ޖަލްސާގައި ބައިވެރިވި ބައެއް އާންމު މެމްބަރުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
"މާތްރަސްކަލާނގެ އަމުރުފުޅާއި އިރާދަފުޅުން އަޅުގަނޑަށް މުށެއް ފުރައި ބޭސް ހެނދުނު ކާކަށް ނުޖެހޭ. މާތްރަސްކަލާގެ އަމުރާއި އިރާދަފުޅުން އަޅުގަނޑުގެ ހިތުގައި އަދި ހަތަރު ސްޓެންޓް ލައްވާފައެއް ނެތް. މާތްރަސްކަލާނގެ އަމުރާއި އިރާދަފުޅުން އަޅުގަނޑުމެންގެ ޖީލު އަދި އަޅުގަނޑުމެންގެ ޖެނެރޭޝަން އެ އުޅޭ ބުރަ ދިރިއުޅުން އެ އުޅޭ ތަކުލީފު އެ އުޅޭ ޒުވާންކަން ގެއްލި ގޮސްގެން އެ ހުރި އުނދަގޫތައް އަޅުގަނޑަށް އެބަ ފެނޭ،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި ވެރިކަމަކީ ޒުވާންކަމުގެ ރޫހެކެވެ. ވިދާޅުވީ، ވެރިކަން ކުރެވޭނީ ޒުވާންކަމާ އެކު ކަމަށެވެ. ނަޝީދު ވިދާޅުވީ، ޓެކްސްތައް ތައާރަފު ކުރުމާއި ފްލެޓްތައް އިމާރާތް ކުރުމުގެ ކަންކަމަކީ އުމުރުން 50 އަށް ވުރެ މަތިވުމުން އަލުން ވިސްނައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަޅުގަނޑު ދަންނަވާލަނީ މަނިކުފާނު ވެސް މުސްކުޅި ވި ވާހަކައޭ،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ވެރިކަމުގެ ދަހިވެތިކަމާއި ވެރިކަމުގެ އަރާމާއި ލައްޒަތައްޓަކައި އުޅުން އެއީ އެއްވެސް އިރެއްގައި ގެންގުޅުއްވި ޝައުގުވެރިކަމެއް ނޫން ކަމަށެވެ.
ތިބޭފުޅުންނަށް މި ދަތުރުތައް ފަށާލީމާ ތަފާތު ފެނިވަޑައިގަންނަވާނެ. އިލްޔާސް ލަބީބާއި ރައީސް ސޯލިހާ ހާއްސަކޮށް އެނގިވަޑައިގަންނަވާނެ،"--- ނަޝީދު
ނަޝީދު ވިދާޅުވީ، ރާއްޖެ ޒުވާން ޖީލަކާ ހަވާލު ކުރަން ޖެހޭނެ ކަމަށެވެ. މި އަހަރުގެ ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސް އިން ނެރެން މަސައްކަތް ކުރާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، އެ މަނިކުފާނު 2008 ގައި ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ އިލްޔާސްގެ އުމުރުގައި ކަމަށެވެ. ވިދާޅުވީ، އިލްޔާސަކީ ކިޔަވައި ވިދާޅުވެގެން ހުންނެވި އަދި ތަންދޮރު ދަންނަ ބޭފުޅެއް ކަމަށެވެ.
"ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވާނީ މިހާރު ރާއްޖޭގައި މި އުޅޭ ސިޔާސީ ބޭފުޅުންގެ ތެރެއިން ބެލެންސް އޮފް ޕޭމަންޓަކީ ކޮބައިތޯ ޑެފިސިޓަކީ ކޮބައިތޯ އިންފްލޭޝަން މިއީ ކިހިނެއް ވާ ކަމެއް ތޯ އިންޓަރެސްޓް ރޭޓް ބަދަލުކުރީމާ ދެން ސޭވިންސް އަށް ވާނީ ކިހިނެއްތޯ ސޭވިންސް އަކީ ކޮބައިކަން އަދި ކުންފުންޏެއްގެ ޕްރޮފިޓް ލޮސް އެކައުންޓަކީ ކޮބައިކަން ބެލެންސް ޝީޓަކީ ކޮބައިތޯ އަން އެމްޕްލޯއިމަންޓަކީ ކޮބައިކަން ދަރަންޏަކީ ކޮބައިތޯ އަދި ޓެކްސް ޔީލްޑްގެ ވާހަކަ ދެއްކޭނީ ހަމައެކަނި އިލްޔާސް ލަބީބަށް،" އަންނަ ހުކުރު ދުވަހު ބާއްވާ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އިލްޔާސް ލަބީބަށް ތައުރީފު އޮއްސަވަމުން ނަޝީދު ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ރޭގެ ޖަލްސާގައި ނަޝީދާއި އިލްޔާސް ލަބީބް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އެ މަނިކުފާނު ވިދާޅުވީ، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ބޭފުޅުންނަށް ބަލާއިރު ވެސް މައިކެއްގެ ކައިރި އަށް ހުއްޓިވަޑައިގެން 3-4 މިނިޓްގެ ތެރޭގައި އެ ވާހަކަތައް ކުރުކޮށް ވިދާޅުވެވޭނެ އެހެން ބޭފުޅަކު އިލްޔާސް ލަބީބް ނޫނީ ނެތް ކަމަށެވެ.
"ތިބޭފުޅުންނަށް މި ދަތުރުތައް ފަށާލީމާ ތަފާތު ފެނިވަޑައިގަންނަވާނެ. އިލްޔާސް ލަބީބާއި ރައީސް ސޯލިހާ ހާއްސަކޮށް އެނގިވަޑައިގަންނަވާނެ،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ރޭ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕޯޑިއަމްތައް ކައިރީގައި ވާހަކަފުޅު ދައްކަވާ ގޮތަށް ވެސް މަލާމާތް ކުރަައްވައި ހަޖޫ ޖައްސަވައިފަ އެވެ.
ނަޝީދު ވިދާޅުވީ ފާއިތުވި ދުވަސްތައް ހޭދަކުރެއްވީ ރާއްޖޭގެ ކަންކަން ހަމަ މަގަށް އެޅުވުމާއި ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ވެރިކަމެއް ރާއްޖޭގައި ކުރެވޭނެ އުސޫލުތަކެއް ހޯދުމުގައި ކަމަށެވެ. އަބަދުވެސް ބޭނުންފުޅުވީ ކުރިއަށް އޮތް ޖީލުތަކަށް ރާއްޖެ މިހާރު އޮތް ވަރަށް ވުރެ ރަނގަޅަށް ރައްދު ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ނަޝީދާއި އިލްޔާސް ލަބީބް.---ފޮޓޯ: ނިޝާން އަލީ| މިހާރު
އެ މަނިކުފާނު ވިދާޅުވީ ރައީސް ކަމުގެ ހުވާ ކުރައްވަނީ ރައްޔިތުންނަށް އެ ބޭފުޅަކު ހުށަހެޅުއްވި ކަމެއް އެ އޮތްގޮތަށް ކުރެއްވުމަށް ކަމުގައި ވިޔަސް މިދިޔަ ފަސް އަހަރު ފެނުނީ އެ ހުވައާ ހިލާފަށް އެތައް ކަމެއް ކުރެއްވި މަންޒަރު ކަމަށެވެ. އެމްޑީޕީގެ މެނިފެސްޓޯގެ އިތުރުން އިއްތިހާދުގެ ވައުދުތައް ވެސް ނުފުއްދި ސަރުކާރުން ފެނުނީ ވައްކަމާއި ހީލަތްތެރިކަން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"މި ބާވަތުގެ ކަންކަމަކީ އަޅުގަނޑުމެންނަށް އެއްވެސް އިރެއްގައި ވަރިހަމަ ކޮށްގެން ތިބެވޭނެ ކަންކަމެއް ނޫން. ތަކުރާރުކޮށް ދަންނަވަމުން ދިޔައިން އާދޭސްކޮށް ބުނަމުން ދިޔައިން ތިޔަ ގެންދަވާ ގޮތަށް ކަންކަން ކުރިއަށް ނުގެންދަވާށޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ "ދަ ޑިމޮކްރެޓްސް" އުފެދިގެން އައީ ކުރަން ފެށި މަސައްކަތް ނިމުމަކަށް ގެނައުމަށް ކަމަށާއި އެ މަސައްކަތުގެ ދަށުން ރާއްޖެ ޒުވާން ޖީލަކަށް ހަވާލުކުރަން ޖެހޭ ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، އިލްޔާސް ލަބީބަކީ އިލްމީ ޒުވާނެއް ކަމަށާއި އިންތިހާބުގެ ދެވަނަ ބުރަކަށް އިލްޔާސް ނުދާނެ ހަމަ އެއްގޮތެއް ވެސް ފެނިވަޑައިނުގަނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ނިޒާމީ ވޯޓަށް ތާއީދުކުރަން އެމްޑީޕީން އެއްބަސްވި"
ސީދާ މަޖިލީހަށް ނިޒާމީ ވޯޓަށް އެހޭނެތޯ އޮތް ސުވާލު!
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
ރައީސާ އެކުވުމަށް ނަޝީދު: "ދެން އެކަން ވާކަށް ނެތް"
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
މުއިއްޒާ ގުޅޭނެ ކަމުގެ އިޝާރާތެއް ނަޝީދު ދެއްވައިފި
މޮޅުވާ ކޮޅަކަށް މެންބަރުން އަބަދުވެސް ދާނެ: މާރިޔާ
ދެވަނަ ބުރުގައި ވެސް ރައީސްގެ ފަހަތަށް ނަޝީދު ނާރާނެ
ޕީޕީއެމުން އެދެނީ ކެންޑިޑޭޓަކަށް ޔާމީން ހަމަޖައްސަން