03 ނޮވެމްބަރ 2023
ގައުމީ މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ މޫސާ މުންސިފް އަހްމަދުގެ މައްޗަށް ކާމިޔާބު ހޯދައި، މުހައްމަދު ޝައްފާން އިސްމާއީލް ތަށި ދިފާއު ކޮށްފި އެވެ.
ގައުމީ މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ މޫސާ މުންސިފް އަހްމަދުގެ މައްޗަށް ކާމިޔާބު ހޯދައި، މުހައްމަދު ޝައްފާން އިސްމާއީލް ތަށި ދިފާއު ކޮށްފި އެވެ.
މިދިޔަ އަހަރު ވެސް ގައުމީ މުބާރާތުގެ ތަށި ޝައްފާން ހޯދީ އެ މުބާރާތް 11 ފަހަރު ކާމިޔާބުކޮށްފައިވާ މުންސިފް ބަލި ކުރުމަށް ފަހު އެވެ.
ރޭގެ ފައިނަލު މެޗު ޝައްފާން ގެންދިޔައީ 4-1 ސެޓުންނެވެ.
ޝައްފާންގެ މި ތައްޓަކީ މުންސިފާ ދެކޮޅަށް މި އަހަރު ހޯދި ދެވަނަ ތައްޓެވެ. މިދިޔަ ހަފުތާގައި ނިމިގެން ދިޔަ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ވެސް އޭނާ ހޯދީ މުންސިފް ބަލި ކުރުމަށް ފަހު އެވެ.
ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ތާބިން ޝުޖާއު އާއި ޝައްފާން --- ފޮޓޯ: ނިޝާން އަލީ | މިހާރު
ސިންގަލްސް ޗެމްޕިއަންކަމުގެ އިތުރަށް، ޝައްފާން ވަނީ ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭނާގެ ޑަބަލްސް ޕެއާ މުހައްމަދު ތާބިން ޝުޖައު އާއެކު ޑަބަލްސް ފައިނަލުގައި ނުކުތީ މުންސިފާއި ޓީޓީގައި ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަދި ލެޖެންޑް އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) އާ ދެކޮޅަށެވެ.
ޝައްފާން އާއި ސިންގަލްސް އަންހެން ޗެމްޕިއަންކަން ހޯދި ފާތިމަތު ދީމާ އަލީ ހިއްސާވި މިކްސްޑް ޑަބަލްސް ކެޓަގަރީގައި ކުރިމަތިވީ ނާކާމިޔާބެވެ.
އެ ޕެއާ ބަލިކޮށް މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ހޯދީ މުންސިފާއި ފާތިމަތު ޖުމާނާ ނިމާލްގެ ޕެއާ އެވެ.
ފަހަތުން އަރައި މުންސިފް ބަލިކޮށް ޝައްފާނަށް ތަށި
ކާމިޔާބާ ރައްޓެހި މުންސިފަށް ތަށި ގެއްލުމުން މާޔޫސްކަން
ޓީޓީގެ ގައުމީ ޗެމްޕިއަންކަން ޝައްފާން ހޯދައިފި
ގައުމީ ޓީޓީ ޗެމްޕިއަންކަން ދީމާ އާއި މުންސިފަށް
ފެނުނީ ތަފާތު އަޚްޔާރެއް، މިހާރު އެންމެ އުހުގައި!
މުންސިފަށް ރޭންކިން އެއްވަނަ، ދީމާ މަގާމު ދިފާއުކޮށްފި
ގައުމީ މުބާރާތް ކާމިޔާބުކޮށް ދީމާ އަށް ރެކޯޑެއް
ގައުމީ ފައިނަލަށް ދީމާ، ޖުމާނާ އަދި ޝައްފާން މުންސިފް
ފިރިހެން ސިންގަލްސް ރާއްޖޭގެ ފުރަތަމަ މެޑަލް ޝައްފާނަށް
ރަފާ އާއި މުންސިފްގެ ޕެއާ ދުނިޔޭގެ ޓީޓީ މުބާރާތަށް