25 ޖެނުއަރީ 2020
ވާދަވެރި އައިޝަތު ރަފާ ނާޒިމް އަތުން ފަސޭހަކަމާ އެކު ސީދާ ހަތަރު ސެޓުން މޮޅުވެ ފާތިމަތު ދީމާ އަލީ ގައުމީ ޓޭބިސް މުބާރާތުގެ އަންހެން ސިންގަލްސް ތަށި ދިފާއުކުރިއިރު، ޝައްފާން އިސްމާއިލް 4-1 ސެޓުން ބަލިކޮށް މޫސާ މުންސިފް އަހުމަދު 10 ވަނަ ފަހަރަށް ފިރިހެން ސިންގަލްސް ތަށި ހޯދައިފި އެވެ.
ވާދަވެރި އައިޝަތު ރަފާ ނާޒިމް އަތުން ފަސޭހަކަމާ އެކު ސީދާ ހަތަރު ސެޓުން މޮޅުވެ ފާތިމަތު ދީމާ އަލީ ގައުމީ ޓޭބިސް މުބާރާތުގެ އަންހެން ސިންގަލްސް ތަށި ދިފާއުކުރިއިރު، ޝައްފާން އިސްމާއިލް 4-1 ސެޓުން ބަލިކޮށް މޫސާ މުންސިފް އަހުމަދު 10 ވަނަ ފަހަރަށް ފިރިހެން ސިންގަލްސް ތަށި ހޯދައިފި އެވެ.
މި މުބާރާތް 2017 އާއި 2018 ވަނަ އަހަރު ކާމިޔާބުކުރި ރަފާ މިދިޔަ އަހަރު ތަށި މިލްލުކުރަން ނުކުތުމުން އެކަންކުރިޔަ ނުދީ ހުއްޓުވީ ދީމާ އެވެ. އޭނާ މިވަނީ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ފައިނަލުން ރަފާ ބަލިކޮށް، އަންނަ އަހަރު ތަށި މިލްކުކުރުމުގެ ފުރުސަތު ހޯދައިފަ އެވެ. ދީމާ ވަނީ މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފައިނަލުން ވެސް ރަފާ ބަލިކޮށް ރަން މެޑަލް ހޯދައިފަ އެވެ. އޭގެ ކުރިން މި ދެ ކުޅުންތެރިން ވަނީ އެ ގޭމްސްގެ ޑަބަލްސް އިވެންޓުންނާއި ޓީމު އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ.
ދީމާ އަށް ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަން ހުސެއިން މުހައްމަދު ތަށި ދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ގައުމީ މުބާރާތުގެ 16 އަހަރުން ދަށުގެ ފައިނަލުގައި އިއްޔެ ދީމާ އަތުން ފަހަތުން އަރައި ރަފާ 3-2 އިން މޮޅުވެފައިވާތީ ބެލެވުނީ މިއަދުގެ ފައިނަލް ވެސް ވަރަށް ވާދަވެރިވާނެ ކަމަށެވެ. ފުރަތަމަ ސެޓުގައި ރަފާ ހަތަރު ޕޮއިންޓުން ކުރި ހޯދި ނަމަވެސް ދީމާ ފަހަތުން އަރައި 1-7 އިން ސެޓު ގެންދިޔައީ އެވެ. އަދި ދެ ވަނަ ސެޓުގައި ވެސް ރަފާ ލީޑު ނަގާފައި އޮއްވާ ދީމާ ވަނީ ފަހަތުން އަރައި ހަމަ އެ ނަތީޖާ އިން މޮޅުވި އެވެ.
ޖެހިގެން އައި ސެޓު ދިޔައީ ވާދަވެރިކޮށެވެ. ރަފާ ސެޓު ކާމިޔާބުުރުމާ ގާތަށް ދިޔަ ނަމަވެސް ދީމާ ވަނީ 11-9 އިން ސެޓް ކާމިޔާބުކޮށްފަ އެވެ. މެޗު އިތުރަށް ކުރިއަށް ގެންދިއުމަށް ހަތަރު ވަނަ ސެޓް ނަގަން މަޖުބޫރުވެފައި އޮތް ރަފާ މި ސެޓުގައި ކުރި ހޯދައި ރަނގަޅު ހިސާބަކަށް ދިޔަ އެވެ. އެކަމަކު ދީމާ ފަހަތުން އަރައި އެއްވަރުކޮށް ނެގި ލީޑާ އެކު 11-6 އިން ސެޓު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ އެވެ.
މުންސިފް އަށް ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަން ހުސެއިން މުހައްމަދު ތަށި ދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ފިރިހެން ސިންގަލްސް ފައިނަލުގެ ފުރަތަމަ ސެޓް ވާދަވެރިކޮށް ގޮސް މުންސިފް ކާމިޔާބުކުރީ 14-12 އިންނެވެ. އޭނާ ދެ ވަނަ ސެޓް ކާމިޔާބުކުރީ 12-10 އިންނެވެ. ޝައްފާން ވަނީ ތިން ވަނަ ސެޓް 11-7 އިން ކާމިޔާބުކޮށް އުއްމީދު އާކޮށްފަ އެވެ. އެކަމަކު މުންސިފް އަނެއް ދެ ސެޓު 11-9 އިން އަދި 11-5 އިން ކާމިޔާބުކޮށް ތަށި ހޯދީ އެވެ.
އަންހެން ސިންގަލްސް ފައިނަލުން ބަލިވި ނަމަވެސް ރަފާ ވަނީ ލައިސާ ފަތުހުﷲ (ލައި) ގެ ޕެއާ އެކު އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ އިވެންޓުގެ ރަނާސްއަޕް ޕެއާއަކީ ދީމާ އާއި ފާތިމަތު ޖުމާނާ ނިމާލްގެ ޕެއާ އެވެ. ރަފާ އާއި މުންސިފް ވަނީ މިކްސް ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އެ ޕެއާ ފައިނަލުގައި މޮޅުވީ މުހައްމަދު ޒީސްތު ނަސީމާއި ލައިގެ ޕެއާ އަތުންނެވެ. އަނެއްކޮޅުން ސިންގަލްސް ފައިނަލުން ބަލިވި ޝައްފާން ވަނީ ޒީސްތުއާ އެކު ކުޅެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. ފައިނަލުން މޮޅުވީ މުންސިފާއި އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ގެ ޕެއާ އަތުންނެވެ.
ރަފާ ފައިނަލުގައި ކުޅެނީ: ސިންގަލްސް އިން ބަލިވި ނަމަވެސް އޭނާ ވަނީ ޑަބަލްސް އާއި މިކްސް ޑަބަލްސް ތަށި ހޯދާފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން އަކީ އަޚްޔާރު އަހުމަދު ހާލިދެވެ. އޭނާ އަށް ތަށި ލިބުނީ މުހައްމަދު ތައިބާން ސުޖާއު އަށް އަނިޔާވެ ފައިނަލް މެޗު ދޫކޮށްލުމުންނެވެ. މުބާރާތުގެ 12 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޒީކް ހަސަން ލަތީފް ހޯދިއިރު އެ އުމުރުފުރާގެ އަންހެން ޗެމްޕިއަން އަކީ މިޝްކާ މުހައްމަދު އިބްރާހީމެވެ.
ރަފާ އަށް މިލްކުވިޔަނުދީ ދީމާ ތަށި ހޯދައިފި
މުންސިފަށް ރޭންކިން އެއްވަނަ، ދީމާ މަގާމު ދިފާއުކޮށްފި
މުންސިފް ބަލިކޮށް ގައުމީ ތަށި ޝައްފާން ދިފާއުކޮށްފި
ގައުމީ މުބާރާތް ކާމިޔާބުކޮށް ދީމާ އަށް ރެކޯޑެއް
ރަން މެޑަލް ދީމާ އަށް ރަފާ އަށް ރިހި
ދީމާ އާއި ރަފާއަށް ރަނެއް، މުންސިފާއި ޝައްފާނަށް ރިހި
ރަފާ އާއި މުންސިފްގެ ޕެއާ ދުނިޔޭގެ ޓީޓީ މުބާރާތަށް
ކްރޮއޭޝިއާ މުބާރާތުން ދީމާ އެއްވަނަ، ރަފާ ދެވަނައަށް
ރަފާ އާއި ދީމާ ދުނިޔޭގެ ޓީޓީ މުބާރާތަށް
ކާމިޔާބާ ރައްޓެހި މުންސިފަށް ތަށި ގެއްލުމުން މާޔޫސްކަން