01 ސެޕްޓެމްބަރ 2023
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލްޓެނިސްގެ އަންހެން ސިންގަލްސްގައި މިފަހަރު ވެސް ފާތިމަތު ދީމާ އަލީ އާއި ރަފާ ނާޒިމު ވާދަކޮށް، ދީމާ ރަން މެޑަލް ހޯދައިފި އެވެ. \
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލްޓެނިސްގެ އަންހެން ސިންގަލްސްގައި މިފަހަރު ވެސް ފާތިމަތު ދީމާ އަލީ އާއި ރަފާ ނާޒިމު ވާދަކޮށް، ދީމާ ރަން މެޑަލް ހޯދައިފި އެވެ. \
އެންމެ ފަހުން 2019 ގައި މޮރިޝަސްގައި ބޭއްވި ގޭމްސްގައި ވެސް ޓީޓީ އަންހެން ސިންގަލްސް ފައިނަލުގައި ކުޅުނީ މި ދެ ކުޅުންތެރިންނެވެ. އޭރު ވެސް މެޗު ކާމިޔާބު ކުރީ ދީމާ އެވެ.
މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ ގޭމްސްގައި މިރޭ ޓީޓީ ފައިނަލު ފަސް ސެޓަށް ކުޅެ ދީމާ ކާމިޔާބު ކުރީ 4-2 ސެޓުންނެވެ. ފުރަތަމަ ސެޓް ރަފާ ގެންދިޔައީ 11-2 ންނެވެ. ދެވަނަ ސެޓް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެ ސެޓް ދީމާ ކާމިޔާބު ކުރީ 14-12 ންނެވެ.
ދެން ޖެހިގެން އައި ދެ ސެޓް ވެސް ދީމާ ކާމިޔާބު ކުރި އެވެ. އޭނާ އެ ދެ ސެޓް ގެންދިޔައީ 11-9، 11-7 ންނެވެ.
ފަސްވަނަ ސެޓް ރަފާ ކާމިޔާބު ކުރުމުން އިތުރު ސެޓެއް ކުޅެން ޖެހުނެވެ. އެ ސެޓް ރަފާ ކާމިޔާބު ކުރީ 11-8 ންނެވެ. ހަވަނަ ސެޓް ދީމާ 11-8 ން ކާމިޔާބުކޮށް ރަން މެޑަލް ކަށަވަރު ކުރި އެވެ.
ފިރިހެން ސިންގަލްސް ފައިނަލަށް ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއީލް ދަތުރު ކުރި އެވެ. އޭނާއާ ވާދަކޮށް ރަން މެޑަލް ހޯދީ ނަޓިވެލް ޖޮނަތަން އެވެ. ޖޮނަތަން މެޗު ކާމިޔާބު ކުރީ 4-2 ސެޓުންނެވެ.
ދީމާ އާއި ރަފާއަށް ރަނެއް، މުންސިފާއި ޝައްފާނަށް ރިހި
ޕްރެޝަރާ ކުރިމަތިލީ ޕްރޮފެޝަނަލުންގެ ގޮތުގައި: ކޯޗު
ސިންގަލްސް ރަން މެޑަލް ހޯދައި ދީމާ ތާރީހުގެ ތެރެއަށް
ރަފާ އާއި ދީމާ ފައިނަލަށް! ރަނާއި ރިހި ވެސް ކަށަވަރުވެއްޖެ!
"މިއަދު އެންމެ ބާރަށް ވިކެނީ ޓީޓީ ބޯޅަޔާ ރެކެޓާޔޯ!"
ރަނާއި ރިހިން ޖަރީވެ އަންހެން ޓީޓީ ތާރީހުގެ ތެރެއަށް
އައިއޯއައިޖީ: ޓީޓީގެ އަންހެން ދެ ޕެއާ ވެސް ކުއާޓާއަށް
ގައުމީ ފިރިހެން ޓީޓީ ޓީމު ފުރަތަމަ ފަހަރަށް ފައިނަލަށް
ކްރޮއޭޝިއާ މުބާރާތުން ދީމާ އެއްވަނަ، ރަފާ ދެވަނައަށް
ދީމާ ކުޅުނީ ޓީޓީގައި ނަމޫނާ މެޗެއް: ޝިއުރީ