30 ޖުލައި 2019
ނިމިގެން ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން އުއްމީދުކުރި ވަރަށް ވުރެ ވެސް ބޮޑު ކާމިޔާބެއް ދިވެހި އަންހެން ޓޭބަލް ޓެނިސް ކުޅުންތެރިން ހޯދީ، އުނދަގޫ ހާލަތްތަކާ، ޕްރޮފެޝަނަލުންގެ ގޮތުގައި ކުރިމަތިލައިގެން ކަމަށް ހެޑްކޯޗު އިންޑިއާގެ އަމިތު ކުމާރު ބުނެފި އެވެ.
ނިމިގެން ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން އުއްމީދުކުރި ވަރަށް ވުރެ ވެސް ބޮޑު ކާމިޔާބެއް ދިވެހި އަންހެން ޓޭބަލް ޓެނިސް ކުޅުންތެރިން ހޯދީ، އުނދަގޫ ހާލަތްތަކާ، ޕްރޮފެޝަނަލުންގެ ގޮތުގައި ކުރިމަތިލައިގެން ކަމަށް ހެޑްކޯޗު އިންޑިއާގެ އަމިތު ކުމާރު ބުނެފި އެވެ.
ސިންގަލްސް އިން ރަން މެޑަލް ހޯދީ ފާތިމަތު ދީމާ އަލީ އާއި އޭނާއާ އެކު ޑަބަލްސް ރަން މެޑެއްޔާއި ޓީމު އިވެންޓުގެ ރަން މެޑަލް ހޯދި އައިޝަތު ރަފާ ނާޒިމަކީ ސްކޫލް ދަރިވަރުންނެވެ. އެ ކުޅުންތެރިންގެ ބައިނަލްއަގްވާމީ ތަޖުރިބާ މަދެވެ. ޓީމު އިވެންޓުން ރަން މެޑަލް ހޯދި އަންހެން ޓީމުގައި ދެން ހިމެނޭ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލްގެ ތަޖުރިބާ ބޮޑަސް، އެ އިވެންޓުގެ ސެމީ ފައިނަލާއި ފައިނަލުގައި ވެސް އެންމެ ގިނަ ގޭމް ކުޅުނީ ޖޫނިއާ ދެ ކުޅުންތެރިން ކަމަށްވާ ރަފާ އާއި ދީމާ އެވެ.
"އަހަންނަށް ނޭގޭ މި ކާމިޔާބީގެ އުފާވެރިކަން ސިފަކޮށްދޭނެ ބަސްތަކެއް. އަހަރެން އުއްމީދެއް ނުކުރަން ތިން ރަން މެޑަލް ހޯދާނެ ކަމަށް. އެކަމަކު އަންހެން ކުޅުންތެރިން ވަރަށް، ވަރަށް، ވަރަށް ރަނގަޅަށް އެ ކުޅުންތެރިންގެ ވަޒީފާ އަދާކޮށްފި. ހާއްސަކޮށް އުނދަގޫ ހާލަތެއްގައި ކުޅެގެން. އިދިކޮޅު ޓީމުގައި ސަޕޯޓަރުން ވެސް ގިނަ އަޑު ވެސް ގަދަ. އެހާމެ ޕްރެޝަރު ވެސް އޮތް. އެކަމަކު އެ ކުޅުންތެރިން ޕްރެޝަރާ ކުރިމަތިލީ ޕްރޮފެޝަނަލުންގެ ގޮތުގައި،" މުބާރާތް ބޭއްވި ގައުމު ކަމަށްވާ މޮރިޝަސް އަތުން ތިން ފައިނަލުން ވެސް ހޯދި ކާމިޔާބާ ބެހޭ ގޮތުން އަމިތު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އިދިކޮޅަށް ނުކުންނަން ޖެހޭ ކުޅުންތެރިންގެ ފެންވަރާއި ކުޅެން ޖެހޭ މާހައުލު ވެސް ކުރިން ދަނެ އެކަމަށް ސްޓްރެޓެޖިކަލީ ކުޅުންތެރިން ތައްޔާރުކުރި ކަމަށާއި، އެ ހުރިހާ ކަމަކާ އެކު ޖޫނިއާ ކުޅުންތެރިން ހޯދީ އާދަޔާހިލާފު ކާމިޔާބެއް ކަމަށެވެ.
މީގެ ފަސް މަސް ދުވަސް ކުރިން އަމިތު މި ޓީމާ ހަވާލުވީ އިންޑިއާގެ އެއް ވަނަ ޓީޓީ އެކަޑަމީ ހަރްޔާނާގެ ޕިނޭކަލް އެކަޑަމީން ދިން ފުރުސަތެއްގަ އެވެ. ޓީޓީ އެސޯސިއޭޝަނުން އެ އެކަޑަމީއާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ފޯރުކޮށްދިން އެހީއެއްގެ ތެރެއިންނެވެ. އަމިތު ބުނީ ކޯޗިން ކެރިއަރުގައި ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަށް މަސައްކަތްކޮށް ހޯދަން ފުރުސަތު ދިނީތީ އެ އެކަޑަމީ އަށް ޝުކުރުއަދާކުރާ ކަމަށެވެ.
"އަހަރެން މަރުހަބާކިޔަން މުޅި ޓީޓީ ޓީމަށް. މެނޭޖަރާއި ޝިއުރީ އާއި އަދި އޮލިމްޕިކް ކޮމިޓީއަށް ވެސް. މިއީ އެންމެންގެ މަސައްކަތް،" އޭނާ ބުންޏެވެ.
ދީމާ އާއި ރަފާގެ ކާމިޔާބީގެ އުފާފާޅުކުރަނީ. --އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން ވަހީދު
މި ކާމިޔާބީ ދަހަމައްޓަން ދެން ކުރަން ޖެހޭނީ ކޮން ކަމެއްތޯ އެހުމުން އަމިތު ބުނީ ކާމިޔާބީ އަކީ ވަރަށް ގިނަ ކަންތައްތަކެއް އެކުވެގެން ލިބޭ އެއްޗަކަށްވާތީ، މި ކާމިޔާބީގެ މަތީގައި ބިންގާ އަޅަން ވަރަށް ގިނަ ކަންކަން ކުރަންޖެހޭ ކަމަށެވެ.
"ގިނައިން ޕްރެކްޓިސްކުރުން، އެއް ފެންވަރެއްގައި ހިފެހެއްޓުން، ފޯކަސްކުރުން، ޕްރެޝަރުގައި ކުޅުން. އަދި ބައިނަލްއަގްވާމީ އެކްސްޕޯޝާ ދިނުން. މި ހުރިހާ ކަމެއް އެކުވެގެން ކާމިޔާބީ ލިބޭނީ،" އޭނާ ބުންޏެވެ.
ޓީމުގެ ހެޑްކޯޗަކަށް އަމިތު މަސައްކަތްކުރި ނަމަވެސް، ރާއްޖޭގެ އިބްރާހިމް ޝިއުރީ ވެސް ވަނީ ކޯޗިންގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ދީމާގެ ޕާސަނަލް ކޯޗުގެ ގޮތުގައި ވެސް މަސައްކަތްކުރާ ޝިއުރީ ވަނީ ޓީމު އިވެންޓުގައި އަންހެން ޓީމަށް ކޯޗުކޮށްދީފަ އެވެ. އަދި ޑަބަލްސް އާއި ސިންގަލްސްގައި ވެސް މެޗުތަކުގައި އިރުޝާދުދިނީ ދެ ކޯޗުން ވެގެންނެވެ. ޑަބަލްސް އަދި ސިންގަލްސް ފައިނަލުގައި ވެސް ދެކޮޅުން ބައްދަލުކުރީ ދިވެހި ކުޅުންތެރިންނަށް ވާތީ، ޝިއުރީ އާއި އަމިތު އެ ދެ މެޗުގައި އެއްވެސް ކޮޅަކަށް އިރުޝާދެއް ނުދެ އެވެ.
"އަހަރެމެން ދޫކޮށްލީ އެ ކުޅުންތެރިންނަށް. އެއީ ކޮންމެ ބަޔަކު މޮޅުވިޔަސް، ރަން މެޑަލް ލިބޭނީ ރާއްޖެ އަށް، މި ޓީމަށް،" އަމިތު ބުންޏެވެ.
ސިންގަލްސް ރަން މެޑަލް ހޯދައި ދީމާ ތާރީހުގެ ތެރެއަށް
ރަފާ އާއި ދީމާ ފައިނަލަށް! ރަނާއި ރިހި ވެސް ކަށަވަރުވެއްޖެ!
"މިއަދު އެންމެ ބާރަށް ވިކެނީ ޓީޓީ ބޯޅަޔާ ރެކެޓާޔޯ!"
ރަނާއި ރިހިން ޖަރީވެ އަންހެން ޓީޓީ ތާރީހުގެ ތެރެއަށް
އައިއޯއައިޖީ: ޓީޓީގެ އަންހެން ދެ ޕެއާ ވެސް ކުއާޓާއަށް
ރަން މެޑަލް ދީމާ އަށް ރަފާ އަށް ރިހި
ދީމާ އާއި ރަފާއަށް ރަނެއް، މުންސިފާއި ޝައްފާނަށް ރިހި
ސިންގަލްސް ބައިން ރަފާ އާއި ދީމާ ސެމީ އަށް
ދީމާ: މަންމަ އާއި ބައްޕަގެ ގުރުބާނީގެ އަގު ރަނުން!
ރަފާ: ޕްރެޝަރުގައި ކުޅެން މިވަރެއް ނެތް!