27 އޯގަސްޓް 2023
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 44އަހަރަށް ފަހު ގައުމީ ފިރިހެން ޓީޓީ ޓީމުން މެޑަލް ކަށަވަރުކޮށް، އެ މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރުކޮށްފި އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 44އަހަރަށް ފަހު ގައުމީ ފިރިހެން ޓީޓީ ޓީމުން މެޑަލް ކަށަވަރުކޮށް، އެ މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރުކޮށްފި އެވެ.
މީގެ ކުރިން ރާއްޖޭގެ ފިރިހެން ޓީމު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލްއެއް ހޯދީ 1979 ގެ ގޭމްސްގައި ހޯދި ލޯ މެޑަލް އެވެ. އޭގެ ފަހުން މިދިޔަ 44 އަހަރު ތެރޭ މެޑައްޔަކާ ހަމައަށް ވެސް ފިރިހެން ޓީމަށް މި ނޫނީ މެޑަލް އަކާ ހަމައަށް ދެވިފައެއް ނެތެވެ.
ފައިނަލުގެ ޖާގަ ކަށަވަރު ކުރުމަށް ފަހު ގައުމީ ފިރިހެން ޓީޓީ ޓީމަށް ވަނީ ރިހި ނުވަތަ ރަން މެޑަލް ކަށަވަރުވެފަ އެވެ.
ރީޔޫނިއަންގެ މައްޗަށް ދިވެހި ޓީމު ކަމިޔާބު ހޯދީ 3-2 ގޭމުންނެވެ.
ފުރަތަމަ ގާމްގައި ތަޖުރިބާކާރު ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދު ނުކުތީ ލީ ބްރެޓަން ތޯމަސްއާ ދެކޮޅަށެވެ. އެ ގޭމް 3-1 ސެޓުން ތޯމަސް ކާމިޔާބު ކުރި އެވެ. ފުރަތަމަ ސެޓް ތޯމަސް 11-9 ން ކާމިޔާބު ކުރިއަސް މުންސިފް ދެވަނަ ސެޓް 11-7 ން ކާމިޔާބުކޮށް އެއްވަރު ކުރި އެވެ.
އެކަމަކު ދެން އައި ތިން ތޯމަސް ކާމިޔާބުކޮށް ފުރަތަމަ ގޭމް ރީޔޫނިއަން އަށް ހޯދައި ދިެނެވެ. އެ ތިން ސެޓް ތޯމަސް ކާމިޔާބު ކުރީ އަނެއް ދެ ސެޓް މުންސިފް ހޯދީ 11-8 އަދި 11-6 ންނެވެ.
ދެވަނަ ގޭމަށް ރާއްޖޭން ނުކުތީ މުހައްމަދު ޝައްފާން އިސްމާއީލް އާއި ވެޑަޕޮޑަގޮމް ކުއިންޓެން އެވެ. ވަރަށް ވާދަވެރިކޮށް ދިޔަ އެ ގޭމް ޝައްފާން ހޯދީ 3-2 ސެޓުންނެވެ. ފުރަތަމަ ސެޓް ޝައްފާން ކާމިޔާބު ކުރީ 13-11 އިންނެވެ. އަނެއް ދެ ސެޓް ކުއިންޓެން ހޯދި އެވެ. އޭނާ ސެޓްތައް ގެންދިޔައީ 12-10،12-10 ންނެވެ. އެކަމަކު ޝައްފާން އަނެއް ދެ ސެޓް ކާމިޔާބު ކުރީ 11-8 އަދި 12-10 ންނެވެ.
ތިންވަނަ ގޭމަށް ޒުވާން ކުޅުންތެރިޔާ އަޚްޔާރު އަހުމަދު ހާލިދާ ދެކޮޅަށް ނުކުތީ ޕޮތިން ޖީން ސަބެސްޓިއަން އެވެ. އެ ގޭމް އަހްޔާރު ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.
ފުރަތަމަ ދެ ސެޓް އަޚްޔާރު ފަސޭހަ ކަމާ އެކު ހޯދި އެވެ. އޭނާ އެ ދެ ސެޓް ގެންދިޔައީ 11-6، 11-5 ންނެވެ. އަނެއް ސެޓްގައި 11-9 ން ސަބެސްޓިއަން ހޯދިޔަސް އަޚްޔާރު ވަނީ 11-9 ން ފަހު ސެޓް ކާމިޔާބުކޮށް އެ ގޭމް ރާއްޖެ އަށް ހޯދައި ދީފަ އެވެ.
ހަތަރުވަނަ ގޭމުން މޮޅުވެގެން ރާއްޖެ އަށް މެޗު ހޯދެން އޮތް ނަމަވެސް އިންތިޒާރު ދިގުވީ ތޯމަސް އަތުން ސީދާ ތިން ސެޓުން ޝައްފާން ބަލިވުމުންނެވެ. އެ ގޭމްގެ ސެޓްތައް ތޯމަސް ގެންދިޔައީ 14-12، 11-9 އަދި 11-6 ންނެވެ.
ރާއްޖެ އަށް މެޗު ކާމިޔާބު ކުރީ ފަހު ގޭމް 3-0 ކުއިންޓެން ބަލިކޮށް މޫންސިފް ކުރި ހޯދުމުންނެވެ. އެ ގޭމްގެ ސެޓްތައް މުންސިފް ގެންދިޔައީ 11-7، 11-6 އަދި 11-6 ންނެވެ.
ފައިނަލުގައި މިއަދު ފިރިހެން ޓީމު ނުކުންނާނީ މަޑަގަސްކަރައާ ދެކޮޅަށެވެ.
ރަން މެޑަލް ދީމާ އަށް ރަފާ އަށް ރިހި
ދީމާ އާއި ރަފާއަށް ރަނެއް، މުންސިފާއި ޝައްފާނަށް ރިހި
އެތުލީޓުންގެ ކާމިޔާބު ފާހަގަކުރަން އިވެންޓެއް ބާއްވަނީ
އަންހެނުންގެ 4 ގުނަ 400 މީޓަރު ރިލޭއިން ބްރޯންޒް
ނަބާ، ނަބީއަށް ރަން، ސިންގަލްސްއިން ނަބީއަށް ރިހި
އައްޔަ؛ ރަނާއި ރިހިން ކާމިޔާބު ގުނި ޓީޓީ ރައީސް
އަންހެން ރިލޭ ޓީމަށް ވެސް ތާރީހީ ލޯ މެޑަލް އެއް
ފިރިހެން ސިންގަލްސް ރާއްޖޭގެ ފުރަތަމަ މެޑަލް ޝައްފާނަށް
ފާތުންއަށް ތާރީހީ މެޑަލްއެއް ރައްޒާގަށް ވެސް ބްރޯންޒް
ސީޝެލްސް ބަލިކޮށް އަންހެން ބާސްކެޓް ޓީމު ސެމީ އަށް