01 ސެޕްޓެމްބަރ 2023
މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، ޓީޓީގެ ފިރިހެން ސިންގަލްސް ކެޓަގަރީން ރާއްޖޭން ކާމިޔާބު ކުރި ފުރަތަމަ މެޑަލް މުހައްމަދު ޝައްފާން އިސްމާއީލް މިއަދު ހޯދައިފި އެވެ.
މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، ޓީޓީގެ ފިރިހެން ސިންގަލްސް ކެޓަގަރީން ރާއްޖޭން ކާމިޔާބު ކުރި ފުރަތަމަ މެޑަލް މުހައްމަދު ޝައްފާން އިސްމާއީލް މިއަދު ހޯދައިފި އެވެ.
މިރޭ ފިރިހެން ސިންގަލްސް ފައިނަލުގައި، ގޭމްސް ބާއްވާ ގައުމު މަޑަގަސްކަރާގެ ނަޓިވެލް ޖޮނަތަން އަތުން ޝައްފާން ބަލިވިޔަސް އޭނާ އަކީ ބައިނަލްއަގުވާމީ މުބާރާތެއްގައި ފިރިހެން ސިންގަލްސް ފައިނަލަށް ދަތުރު ކުރި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިޔާ އެވެ.
މިރޭގެ ފައިނަލް މެޗު ހަ ސެޓަށް ކުޅެ ޖޮނަތަން ކާމިޔާބު ކުރީ 4-2 ންނެވެ. ފުރަތަމަ ތިން ސެޓް އޭނާ ކާމިޔާބު ކުރީ 11-6،11-8، 11-8 ންނެވެ.
ޝައްފާން (ވ) މެޑަލް ޕޯޑިއަމްގައި: ފައިނަލުގައި އޭނާ ބަލިވީ މަޑަގަސްކަރާގެ ޖޮނަތަން އަތުން --- ފޮރޓޯ: ސުއާދު އަބްދުސައްތާރު
ދެން ޖެހިގެން އައި ދެ ސެޓް ޝައްފާން ކާމިޔާބު ކުރި އެވެ. އެއީ 13-11 އަދި 11-9 ންނެވެ. ހަވަނަ ސެޓް 11-6 ން ކާމިޔާބުކޮށް ޖޮނަތަން ރަން މެޑަލް ހޯދި އެވެ.
މުބާރާތުގެ ފިރިހެން ޓީމު އިވެންޓްގެ ރިހި މެޑަލް ރާއްޖެ އަށް ހޯދައި ދިނުމުގައި ވެސް ޝައްފާން މުހިންމު ދައުރެއް އަދާ ކުރި އެވެ. އަދި މިކްސްޑް ޑަބަލްސްއިން ބްރޯންޒް މެޑަލް ވެސް ފާތިމަތު ދީމާ އަލީ އާއި ޕެއާ ވެގެން ކުޅެ ހޯދި އެވެ.
ފިރިހެން ސިންގަލްސް ސެމީ ފައިނަލާ ހަމައަށް ރާއްޖޭގެ މޫސާ މުންސިފް އަހުމަދު ދަތުރު ކުރި އެވެ. އަދި ކުއާޓާ ފައިނަލާ ހަމައަށް އަޚްޔާރު އަހްމަދު ކާލިދު ވެސް ދަތުރު ކުރި އެވެ.
އަންހެން ސިންގަލްސްގައި ރަނާއި ރިހި މެޑަލް ވެސް ގެންދިޔައީ ރާއްޖޭންނެވެ. ފައިނަލުގައި ދީމާ އާއި އާއިޝަތު ރަފާ ނާޒިމް ވާދަކޮށް ރަން މެޑަލް ހޯދީ ދީމާ އެވެ.
ފަހަތުން އަރައި މުންސިފް ބަލިކޮށް ޝައްފާނަށް ތަށި
އައްޔަ؛ ރަނާއި ރިހިން ކާމިޔާބު ގުނި ޓީޓީ ރައީސް
ރަން މެޑަލް ދީމާ އަށް ރަފާ އަށް ރިހި
ދީމާ އާއި ރަފާއަށް ރަނެއް، މުންސިފާއި ޝައްފާނަށް ރިހި
ގައުމީ ފިރިހެން ޓީޓީ ޓީމު ފުރަތަމަ ފަހަރަށް ފައިނަލަށް
ދެން އޮތީ ޓީޓީގެ އެންމެ ބޮޑު ޗެލެންޖް: އަލީ
ޓީޓިގެ ގައުމީ ކޯޗަކަށް ކްރޮއޭޝިއާގެ ކޮރެނިޗް
މޮޅު ކުޅުމާއެކު ޝައްފާން ހޯދައި ދީނީ އުއްމީދެއް
ޝައްފާން އެއް ވަނައިގައި: ފެންނަނީ ވާދަވެރިކަން
ދީމާ އަށް އައްޑޫ ކައުންސިލުން ހާއްސަ ޓްރޮފީއެއް