27 އޮކްޓޯބަރ 2023
ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް ފައިނަލް މެޗުގައި، މޫސާ މުންސިފް އަހްމަދު ދެ ސެޓްގެ ލީޑެއް ނަގާފައި ވަނިކޮށް، ފަހަތުން އަރައި މުހައްމަދު ޝައްފާން އިސްމާއީލް ސިންގަލްސްގެ ތަށި ގެންގޮސްފި އެވެ.
ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް ފައިނަލް މެޗުގައި، މޫސާ މުންސިފް އަހްމަދު ދެ ސެޓްގެ ލީޑެއް ނަގާފައި ވަނިކޮށް، ފަހަތުން އަރައި މުހައްމަދު ޝައްފާން އިސްމާއީލް ސިންގަލްސްގެ ތަށި ގެންގޮސްފި އެވެ.
މިއީ އެސޯސިއޭޝަން ކަޕްގެ ތަށި ޝައްފާން ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އެ މުބާރާތުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ މުންސިފް ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓް ގެންޮސް އިތުބާރު ބޮޑު ކުރި ނަމަވެސް ފަހުން އޭނާ އަށް ގޯސްތަކެއް ހެދި ގިނަ ޕޮއިންޓްތަކެއް އަތުން ދޫވި އެވެ.
މުނިއުފާ ޔޫތު ސެންޓަރުގައި ހުންނަ އިންޑޯ ޓީޓީ ހޯލްގައި ކުޅުނު މެޗު ޝައްފާން ކާމިޔާބު ކުރީ 4-2 ސެޓުންނެވެ. ފުރަތަމަ ދެ ސެޓް މުންސިފް ގެންދިޔައީ 11-7 އަދި 11-4 ންނެވެ.
ޝައްފާނަށް އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކްރެޓަރީ ތަމޫހް ތައްޓާއި މެޑަލް ހަވާލުކޮށް ދެނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހަތް ސެޓަށް ކުޅެ ހަތަރު ސެޓް ހޯދާ ކުޅުންތެރިޔަކު މެޗުން މޮޅުވާ ގޮތަށް އޮތް ފައިނަލުގެ ފަހު ހަތަރު ސެޓް ޝައްފާން ކާމިޔާބު ކުރީ 11-3، 11-9، 13-11 އަދި 11-3 ންނެވެ.
ރޭގެ ފައިނަލަކީ ތަޖުރިބާކާރު މުންސިފްގެ މައްޗަށް، ޝައްފާން މޮޅުވި ދެވަނަ ފައިނަލެވެ. މިދިޔަ އަހަރުގެ ގައުމީ ތަށި ވެސް ޝައްފާން ހޯދީ މުންސިފް ބަލި ކުރުމަށް ފަހު އެވެ.
ސިންގަލްސްގެ އިތުރުން ޝައްފާން ވަނީ ޑަބަލްސް އާއި މިކްސްޑް ޑަބަލްސް ކެޓަގަރީން ވެސް ޗެމްޕިއަންކަން ހޯދައިފަ އެވެ. މިކްސްޑް ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން އޭނާ ހޯދީ ފާތިމާތު ދީމާ އަަލީއާ ހިއްސާ ވެގެންނެވެ. އަދި ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ތާބިން ޝުޖާއުއާ ހިއްސާވެ އެވެ.
ދީމާ، އެސޯސިއޭޝަން ކަޕްގެ ތަށި ދިފާއުކޮށްފި!
މުންސިފަށް ރޭންކިން އެއްވަނަ، ދީމާ މަގާމު ދިފާއުކޮށްފި
މުންސިފް ބަލިކޮށް ގައުމީ ތަށި ޝައްފާން ދިފާއުކޮށްފި
ދީމާގެ ފުރަތަމަ ޓީޓީއޭއެމް ކަޕް ހަތަރު ތަށި ހޯދައިފި
ފިރިހެން ސިންގަލްސް ރާއްޖޭގެ ފުރަތަމަ މެޑަލް ޝައްފާނަށް
ރަފާ އާއި މުންސިފްގެ ޕެއާ ދުނިޔޭގެ ޓީޓީ މުބާރާތަށް
ކާމިޔާބާ ރައްޓެހި މުންސިފަށް ތަށި ގެއްލުމުން މާޔޫސްކަން
މޮޅު ކުޅުމާއެކު ޝައްފާން ހޯދައި ދީނީ އުއްމީދެއް
ޓީޓީއޭއެމް ޗެމްޕިއަންޝިޕް ރަފާ އާއި މުންސިފް އަށް
ޝައްފާން އެއް ވަނައިގައި: ފެންނަނީ ވާދަވެރިކަން