27 އޮކްޓޯބަރ 2023
ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ވާދަކޮށް، ފާތިމަތު ދީމާ އަލީ، ކުޅުނު ހަތަރު އިވެންޓްގެ ޗެމްޕިއަންކަން ވެސް ހޯދައިފި އެވެ.
ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ވާދަކޮށް، ފާތިމަތު ދީމާ އަލީ، ކުޅުނު ހަތަރު އިވެންޓްގެ ޗެމްޕިއަންކަން ވެސް ހޯދައިފި އެވެ.
ރާއްޖޭން ބޭރުގައި ދިރިއުޅޭތީ އޭނާ ރާއްޖެ އަންނަނީ ގައުމީ މުބާރާތަށް ނުވަތަ ގައުމީ ޓީމު މުބާރާތަކަށް ދާން ޖެހުމުންނެވެ. މިދިޔަ ތިން އަހަރު ވެސް ގައުމީ މުބާރާތުގައި ވާދަކުރަން އޭނާ ރާއްޖެ އައިސްފައި ވަނީ މުބާރާތް ކައިރިވުމުންނެވެ.
ދީމާ ވަނީ، ސިންގަލްސް، ޑަބަލްސް، މިކްސްޑް ޑަބަލްސް އަދި 17 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
އެސޯސިއޭޝަން ކަޕްގެ މިކްސްޑް ޑަބަލްސް ކެޓަގަރީގައި ދީމާ (ވ) އާއި ޝައްފާން ކުޅެނީ: އެ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދި އެ ޕެއާ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސީނިއާ ސިންގަލްސް އިވެންޓްތައް ކުޅުނީ ލީގު އުސޫލުންނެވެ. އެ އިވެންޓްގައި އޭނާ ކުޅުނު ހުރިހާ މެޗަކުން މޮޅުވި އެވެ. މުޅި އިވެންޓްގައި ވެސް އޭނާ އަތުން ދޫވީ އެންމެ ސެޓެކެވެ. މޮޅުވި ގިނަ ސެޓްތައް ގެންދިޔައީ ތަފާތު ބޮޑުކޮށެވެ.
ސިންގަލްސް އިވެންޓްގެ ދެވަނަ ހޯދީ މިޝްކާ މުހައްމަދު އިބްރާހިމެވެ. އޭނާ އާއި ދީމާ ޕެއާވެ ވަނީ ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިކްސް ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ދީމާ ހޯދީ ފިރިހެން ސިންގްލްސް ޗެމްޕިއަން މުހައްމަދު ޝައްފާން އިސްމާއީލާ ހިއްސާ ވެގެންނެވެ.
މާދަމާ ގައުމީ މުބާރާތް ފަށާނެ އެވެ. ކުރީގެ ގައުމީ ޗެމްޕިއަން އައީޝަތު ރަފާ ނާޒިމް ދިގު މުއްދަތަކަށް ފަހު ގައުމީ މުބާރާތުން ނުފެންނާނެ އެވެ. މި ވަގުތު އޭނާ ހުރީ އެމްބީބީއެސް ކޯހުގައި ކިޔަވަން އިނގިރޭސި ވިލާތުގަ އެވެ.
ދީމާ، އެސޯސިއޭޝަން ކަޕްގެ ތަށި ދިފާއުކޮށްފި!
ދީމާ؛ ވިދިވިދިގެން ފަސްވަނަ ފަހަރަށް ގައުމީ ޗެމްޕިއަން
މުންސިފަށް ރޭންކިން އެއްވަނަ، ދީމާ މަގާމު ދިފާއުކޮށްފި
އޮލިމްޕިކްސް އަށް ފަހު ވެސް ދީމާއަށް ހުއްޓުމެއް ނެތް!
އޮލިމްޕިކްސްގައި ދީމާގެ ފެށުން ދެރަ ނަތީޖާއަކުން
ދީމާގެ ކާމިޔާބު، ސައުދީ ސަފީރު އަގުވަޒަން ކުރައްވައިފި
ރާފިއު ފާހަގަކުރެއްވީ ދީމާގެ މައިންބަފައިންގެ ގުރުބާނީ
ދީމާއަށް ޓަކައި؛ ބަންޑުންކޮށްލީ ލޯތްބާއި އިހްތިރާމް
ކާމިޔާބީގެ ވަގުތުގައި ބޮޑު ބަހުސަކަށް ނުހަދާ: މަރޭ
ދީމާގެ ހިތްވަރާއި ކާމިޔާބަށް ރައީސްގެ ތައުރީފު