16 މެއި 2024
އެތުލީޓުންގެ ކާމިޔާބީގެ ވަގުތުގައި ބަހުސަކަށް ނުހަދައި އުފާފާޅުކުރަން ދޫކޮށްލަން އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގް ގޮވާލައްވައިފި އެވެ.
އެތުލީޓުންގެ ކާމިޔާބީގެ ވަގުތުގައި ބަހުސަކަށް ނުހަދައި އުފާފާޅުކުރަން ދޫކޮށްލަން އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގް ގޮވާލައްވައިފި އެވެ.
ރާއްޖޭގެ އެއްވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ، އޮލިމްޕިކްސް އަށް ކޮލިފައިވުމުން، އޭނާ އަކީ އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓް ނޫން ކަމަށް ބުނެ ކުޅިވަރު ކޮމިޔުނިޓީގެ މެދުގައި ވަނީ ބަހުސެއް އުފެދިފަ އެވެ.
އެއް ބަޔަކު ބުނާ ގޮތުގައި، އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓަކީ ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދެވެ. އަނެއް ބަޔަކު މިކަމާ ހިޔާލު ތަފާތެވެ. ހިޔާލު ތަފާތުވާ މީހުން އެކި މަސްދަރުތަކުން ހެކި ދައްކަމުން ބުނާ ގޮތުގައި އަޖުފާން އަށް 2012 ގެ އޮލިމްޕިކްސްއިން ޖާގަ ދިނީ ޓްރައިޕާޓައިޓް އިންވިޓޭޝަންގެ ދަށުންނެވެ. ބެޑްމިންޓަންގެ ކޮލިފައިން މުބާރާތްތަކުގައި އޭނާ އަށް ކާމިޔާބު ނުކުރެވުނަސް، އެ މުބާރާތްތަކުގައި އޭނާ ނެރުނު ޖުމުލަ ނަތީޖާ ރަނގަޅުވުމުން، ނަތީޖާ ރަނގަޅު އެތުލީޓުންގެ ތެރޭގައި ޓްރައިޕާޓައިޓް ކޯޓާގެ ތެރެއަށް އޭނާ އަށް ފުރުސަތު ދޭން އޮލިމްޕިކްސްގެ ޓްރައިޕާޓައިޓް ކޮމިޝަނުން ނިންމުމުންނެވެ.
އެ ވިސްނުމާ އިދިކޮޅު ހިޔާލުގެ މީހުން ބުނަނީ ޓްރައިޕާޓާ ކޮމިޝަނުން އަޖުފާން އާއި އަދި 2021 ގައި ބޭއްވި 2020 ގެ އޮލިމްޕިކްސްގައި ފުރުސަތު ދިން ފާތިމަތު ނަބާހާ އަބްދު ރައްޒާގް ސްކޯތަކަށް ރަނގަޅުވެގެން އޮލިމްޕިކްސްގެ ޖާގަ ހޯދާ ހިސާބަށް ދެވުމަކީ ވެސް ކޮލިފައިވުމެއް ކަމަށެވެ.
އިތުރު ބަހުސެއް ބޭނުމެއް ނުވާނެ ނުކުތާއެއް އެބައޮތެވެ. ދީމާ އަކީ އޮލިމްޕިކްސްގެ ކޮލިފައިން މުބާރާތެއްގެ ޗެމްޕިއަންކަން ހޯދައިގެން، އޮލިމްޕިކްސް ޖާގަ ހޯދި ރާއްޖޭ ފުރަތަމަ އެތުލީޓެވެ. އެ ޝަރަފު މީގެ ކުރިން ދިވެހި އެހެން އެތުލީޓަކަށް ލިބިފައެއް ނެތެވެ.
އެކަމަކު އިތުރު ބަހުސެއް ބޭނުމެއް ނުވާނެ ނުކުތާއެއް އެބައޮތެވެ. ދީމާ އަކީ އޮލިމްޕިކްސްގެ ކޮލިފައިން މުބާރާތެއްގެ ޗެމްޕިއަންކަން ހޯދައިގެން، އޮލިމްޕިކްސްގައި ވާދަ ކުރާނެ ރާއްޖޭ ފުރަތަމަ އެތުލީޓެވެ. އޮލިމްޮިކްސްގައި ދިވެހިން ވާދަކުރާތާ 36 އަހަރު ވީއރު، ވެސް މީގެ ކުރިން އެ ޝަރަފު އެހެން ދިވެއްސަކަށް ލިބިފައެއް ނެތެވެ.
އިންޑިއާ ފިޔަވައި ދެކުނު އޭޝިއާގެ އަނެއް ހަ ގައުމަށް ޓޭބަލް ޓެނިސްއިން ދޭ ހަމައެކަނި ޖާގަ ދީމާ ހޯދީ އިއްޔެ ނޭޕާލްގައި ނިމިގެން ދިޔަ މި ސަރަހައްދުގެ ކޮލިފައިން މުބާރާތް ކާމިޔާބުކޮށްގެންނެވެ. އެ މުބާރާތުގައި އަންހެން، ފިރިހެން ކޮންމެ ޖިންސަކުން، ޗެމްޕިއަންކަން ހޯދާ އެތުލީޓް އޮލިމްޕިކްސް އަށް ކޮލިފައިވީ އެވެ.
ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި، މަރޭ އާދޭހާ އެކު އެދިވަޑައިގަންނަވަނީ މި ވަގުތު އެކަން ބަހުސަކަށް ނުހެދުމަށެވެ.
"އެތުލީޓުން ހޯދާ ކާމިޔާބުގަ ވެސް ދެން ބޮޑު ބަހުސަކަށް ނުހަދާ، މި ވަގުތު އެކަން ސެލެބްރޭޓް ކުރަން އެ ކުދިންނަށް ދޫކޮށްލަން ވަރަށް އާދޭހާ އެކު ދަންނަވަން،" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި މަރޭ ވިދާޅުވި އެވެ.
"އެ ކުދިންނަށް އެ ފުރުސަތު ދީ. ޓޯކް އޮފް ދަ ޓައުން އަކަށް، ހެޑްލައިންތަކަކަށް، މީމްސްތަކަށް. ކޮފީ ޓޭބަލްތަކުގައި އެ ކުދިންގެ ވާހަކަ ދައްކާ،"
ދީމާގެ ކާމިޔާބާ އެކު މަރުޒޫގް ދެން ވިދާޅުވީ ދީމާގެ އެ މަސައްކަތާއި އެ ހޯދި ކާމިޔާބު ހައިރާން ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ވުރެ ދުރަށް ވިސްނުން ގެންގުޅެންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.
"ބޮޑުތަނުން މަރުހަބާ! ދީމާ އަށް. ވިސްނުމާއި އަމާޒާއި ފިކުރު ސަރަހައްދުން ބޭރަށް. އޮލިމްޕިކްސް އަށް!،" މަރުޒޫގް ވިދާޅުވި އެވެ.
"ހަމަ އެއްގޮތަކަށް ވެސް ހައިރާނެއް ނުވޭ. އޭޝިއަން ގޭމްސް އާއި ކޮމަންވެލްތު ގޭމްސްގެ މެޑަލް އާއި އޮލިމްޕިކްސް ކޮލިފައިންގެ ވާހަކަ ގިނައިގިނައިން ދައްކަންވީ. ވިސްނުން އައިއޯއައިޖީ އާއި އެސްއޭ ގޭމްސް އަށް ވުރެ ދުރަށް."
ރާފިއު ފާހަގަކުރެއްވީ ދީމާގެ މައިންބަފައިންގެ ގުރުބާނީ
އެއްވަނަ މަގާމާއެކު ދީމާ ކޮލިފައިންގެ ދެވަނަ ބުރަށް
ދީމާ؛ ވިދިވިދިގެން ފަސްވަނަ ފަހަރަށް ގައުމީ ޗެމްޕިއަން
ދީމާ، އެސޯސިއޭޝަން ކަޕްގެ ތަށި ދިފާއުކޮށްފި!
މުންސިފަށް ރޭންކިން އެއްވަނަ، ދީމާ މަގާމު ދިފާއުކޮށްފި
އޮލިމްޕިކްސް އަށް ފަހު ވެސް ދީމާއަށް ހުއްޓުމެއް ނެތް!
އޮލިމްޕިކްސްގައި ދީމާގެ ފެށުން ދެރަ ނަތީޖާއަކުން
ދީމާގެ ކާމިޔާބު، ސައުދީ ސަފީރު އަގުވަޒަން ކުރައްވައިފި
ދީމާއަށް ޓަކައި؛ ބަންޑުންކޮށްލީ ލޯތްބާއި އިހްތިރާމް
ދީމާގެ ހިތްވަރާއި ކާމިޔާބަށް ރައީސްގެ ތައުރީފު