Roadha Mihaaru
އެއްވަނަ މަގާމާއެކު ދީމާ ކޮލިފައިންގެ ދެވަނަ ބުރަށް

ގުރޫޕްގެ އެއްވަނަ މަގާމާއެކު ދީމާ އޮލިމްޕިކް ކޮލިފައިންގެ ދެވަނަ ބުރަށް

14 މެއި 2024

ނޭޕާލްގައި މިހާރު ކުރިއަށްދާ، ދެކުނު އޭޝިއާގެ އޮލިމްޕިކް ކޮލިފައިންގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ، ގުރޫޕްގެ އެއްވަނަ މަގާމާ އެކު ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ނޭޕާލްގައި މިހާރު ކުރިއަށްދާ، ދެކުނު އޭޝިއާގެ އޮލިމްޕިކް ކޮލިފައިންގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ، ގުރޫޕްގެ އެއްވަނަ މަގާމާ އެކު ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ފުރަތަމަ ބުރުގައި ދީމާ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކުރި އެވެ. ފުރަތަމަ މެޗުގައި ޕާކިސްތާނުގެ ހޫރް ފަވާދާ ދެކޮޅަށް ކުޅުނު މެޗު ސީދާ ހަތަރު ގޭމުން ކާމިޔާބު ހޯދި އެވެ. އެ މެޗުގެ ގޭމްތައް ގެންދިޔައީ 11-6، 11-8، 15-13 އަދި 13-11 އިންނެވެ.

ދެވަނަ މެޗުގައި، ސްރީ ލަންކާގެ ބިމަންދީ ބަންޑަރާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 4-3 ން ގޭމުންނެވެ. އެ މެޗުގެ ސެޓްތައް ދިޔައީ؛ 12-10، 10-12، 11-4، 6-11، 11-9، 6-11 އަދި 11-9 ންނެވެ.

ރާއްޛޭގެ މިޝްކާ މުހައްމަދު އިބްރާހިމް ލައްވާލި ގުރޫޕްގައި ކުޅުނު ދެ މެޗުގެ ތެރެއިން މޮލޫވީ ފުރަތަމަ މެޗުންނެވެ. އެ މެޗުގައި ބަންގްލަދޭޝްގެ ސޯނަމް ސޮމާއާ ދެކޮޅަށް ކުޅެ މިޝްކާ ވަނީ ސީދާ ހަތަރު ސެޓުން ކާމިޔާބުކޮށްފަ އެވެ. ސެޓްތައް ދިޔައީ 12-10، 11-9، 11-7 އަދި 11-5 ންނެވެ.

ގުރޫޕްގެ ތިންވަނައިގައި އޮތް މިޝްކާ ދެން ކުޅުނު މެޗުގައި ޕާކިސްތާނުގެ ޕެރްނިޔާ ހާންއާ ދެކޮޅަށް ކުޅެ ބަލިވީ 4-1 ންނެވެ.

ރާއްޖޭގެ ފިރިހެން ދެ ކުޅުންތެރިން ކަމަށްވާ، މޫސާ މުންސިފް އަހްމަދު ކުޅުނު ދެ މެޗުގެ ތެރެއިން މޮޅުވީ ފުރަތަމަ މެޗުންނެވެ. ނޭޕާލްގެ ސޮންޔޮގް ކަޕާލީއާ ދެކޮޅަށް ކުޅުނު މެޗު މުންސިފް ކާމިޔާބު ކުރީ 4-3 ގޭމުންނެވެ. މުންސިފް މެޗު ކާމިޔާބު ކުރީ ސޮންޔޮގް ފުރަތަމަ ދެ ގޭމް ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރަ އެވެ.

އެކަމަކު ދެވަނަ މެޗުގައި ލަންކާގެ ޗަމީރާ ގިނެގެއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ގޭމް، މުންސިފް ކާމިޔާބުކޮށްފައި ވަނިކޮށް ޗަމީރާ ކުރިއަރައި 4-3 ން ކާމިޔާބު ކުރި އެވެ.

ރާއްޖޭގެ އަނެއް ފިރިހެން ކުޅުންތެރިޔާ، އަޚްޔާރު އަހްމަދު ހާލިދު ކުޅުނު ދެ މެޗުން އާނަ އަށް ކުރިމަތިވީ ދެ ރަ ނަތީޖާ އެކެވެ.