02 ޖެނުއަރީ 2023
ޓީޓީގެ ގައުމީ ޗެމްޕިއަންކަން 12 ވަނަ ފަހަރަށް ހޯދަން ނުކުމެ، އެ މުބާރާތުގެ ފައިނަލުގައި އަނިޔާވެ މެޗު ހުއްޓާލަން ޖެހި ތަށި ގެއްލުމުން މާޔޫސްވާ ކަމަށް ތަޖުރިބާކާރު ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދު ބުނެފި އެވެ.
ޓީޓީގެ ގައުމީ ޗެމްޕިއަންކަން 12 ވަނަ ފަހަރަށް ހޯދަން ނުކުމެ، އެ މުބާރާތުގެ ފައިނަލުގައި އަނިޔާވެ މެޗު ހުއްޓާލަން ޖެހި ތަށި ގެއްލުމުން މާޔޫސްވާ ކަމަށް ތަޖުރިބާކާރު ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދު ބުނެފި އެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި މުހައްމަދު ޝައްފާން އިސްމާއީލާ ދެކޮޅަށް ކުޅެމުން ދަނިކޮށް މެޗުގެ ދެ ވަނަ ސެޓްގައި އަނިޔާވެ މުންސިފް އަށް އިތުރަށް ކުރިއަކަށް ނުގެންދެވުނެވެ. ފުރަތަމަ ސެޓް ގެއްލުމުން ދެވަނަ ސެޓްގައި ލީޑް ނަގައިފައި ވަނިކޮށް މުންސިފްގެ ކުޑަ ހުޅަށް އަނިޔާވީ ޕޮއިންޓް ހޯދައި ޖަމްޕް ޖަހުނު ގޮތުންނެވެ.
އަނިޔާވިއިރު 9-8 ލީޑްގައި ވެސް އޮތީ ވިދިވިދިގެން އަށް ވަނަ ފަހަރަށް ގައުމީ ފައިނަލުގައި ކުޅުނު މުންސިފެވެ. އެއާއެކު 10 ވަނަ ޕޮއިންޓް ހޯދަން ބާރު ބޯޅައެއް ފޮނުވާލުމުގެ ގޮތުން ޖަމްޕް ޖަހައި އޭނާގެ ފައި ބިމުގައި ޖެހުނު ވަގުތުން ފެށިގެން ތަދުވާން ފެށި ކަމަށް މުންސިފް ބުންޏެވެ.
"ކުޅުން އިތުރަށް ކުރިއަށް ގެންްދޭވެ ވަރެއް ނުވި،" މުންސިފް ބުންޏެވެ.
ގައުމީ މުބާރާތް 2006 ގައި ފުރަތަމަ ފަހަރަށް ކާމިޔާބު ކުރި މުންސިފް ބުނީ ގައުމީ ފައިނަލް ގެއްލުމުން މާޔޫސްވި ކަމަށެވެ. އޭގެ ފަހުން އޭނާ ވަނީ 2008 ގައި ވެސް ގައުމީ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އަލުން 2010 ގައި ޗެމްޕިއަންކަން 2012 ވަނަ އަހަރާ ހަމަ އަށް މެދުނުކެނޑި ތިން އަހަރު ގައުމީ މުބާރާތް ޗެމްޕިއަންކަން ހޯދި އެވެ. އެވެ. ޖެހިގެން އައި 2013 ގެ މުބާރާތުގައި އޭނާ އަށް ވާދަ ނުކުރެވުނީ މެލޭޝިއާގައި ކިޔަވަން ހުރުމުންނެވެ.
މުންސިފް: އޭނާ ބުނީ ގައުމީ ފައިނަލު ގެއްލުމުން މާޔޫސްވާ ކަމަށް --- ފޮޓޯ: ރައީސް އޮފީސް
"ކާމިޔާބު ކަމާއެކު އަހަރު ނިންމާލަން ގައުމީ މުބާރާތުގެ ތަށި ހޯދުމުގެ އުއްމީދުގައި ހުރީ. އެކަމަކު މިކަހަލަ ގޮތަކަށްވެގެން ތަށި ގެއްލުނީމަ ވަރަށް ބޮޑަށް މާޔޫސްވެއްޖެ. ފުރަތަމަ ސެޓް ގެއްލިފައި ދެ ވަނަ ސެޓްގައި އެނބުރި އައިތަނުން މިހެން މި ދިމާވީ،" މާޗް މަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު ޓީޓީ ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދި މުންސިފް ބުންޏެވެ.
ނޮވެމްބަރު މަހު ނޭޕާލްގައި ބޭއްވި ދެކުނު އޭޝިއާގެ ކޮލިފައިންގައި އޭޝިއާގެ މުބާރަތަށް ކޮލިފައިވި މުންސިފްގެ ކުޑަ ހުޅުގެ ފައިބާ ފްރެކްޗާ ވެފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ އޭނާ ބުންޏެވެ. އޭނާ ބުނީ އަނިޔާގެ ސަބަބުން ޕްރެކްޓިހާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ޑޮކްޓަރު ލަފާ ދީފައިވާ ކަމަށެވެ.
"އެކަމަކު އަޅުގަނޑު ބުނިން ރޭންކިން މުބާރާތުގައި ކުޅެން ބޭނުންވާ ވާހަކަ. ޑޮކްޓަރު ބުނި ޓޭޕް އަޅައިގެން ކުޅެވިދާނެ ކަމަށް،" މުންސިފް ބުންޏެވެ.
ރޭންކިން މުބާރާތް ފަށާނީ އަންނަ އާދިއްތަ ދުވަހު އެވެ.
ފެނުނީ ތަފާތު އަޚްޔާރެއް، މިހާރު އެންމެ އުހުގައި!
މުންސިފަށް ރޭންކިން އެއްވަނަ، ދީމާ މަގާމު ދިފާއުކޮށްފި
މުންސިފް ބަލިކޮށް ގައުމީ ތަށި ޝައްފާން ދިފާއުކޮށްފި
ގައުމީ މުބާރާތް ކާމިޔާބުކޮށް ދީމާ އަށް ރެކޯޑެއް
ގައުމީ ފައިނަލަށް ދީމާ، ޖުމާނާ އަދި ޝައްފާން މުންސިފް
ފަހަތުން އަރައި މުންސިފް ބަލިކޮށް ޝައްފާނަށް ތަށި
ރަފާ އާއި މުންސިފްގެ ޕެއާ ދުނިޔޭގެ ޓީޓީ މުބާރާތަށް
ޓީޓީގެ ގައުމީ ޗެމްޕިއަންކަން ޝައްފާން ހޯދައިފި
ޓީޓީގެ ގައުމީ ތަށި ދީމާ މިލްކުކޮށްފި
ސީވީޑްގެ ތިން ޖީލުގެ ކުޅުންތެރިން އެއް ޓީމެއްގައި